ހޭންޑްބޯލް ކުޅުންތެރިންގެ ބަސް: ހައްލަކީ އިންޑޯ އެއް!

މިދިޔަ އަހަރުގެ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު

މިދިޔަ އަހަރުގެ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު

ފާއިތުވި އަހަރުތަކެކޭ އެއްގޮތަށް މި ފަހަރު ވެސް ހޭންޑްބޯޅަ މުބާރާތެއް މި ވަނީ ވިއްސާރައިގެ އަސަރުކޮށް، މެޗުތައް ފަސްކުރަން ޖެހިފަ އެވެ. މިހާރު ކުރިއަށްދާ ހޭންޑްބޯލް ޗެމްޕިއަންޝިޕްގެ މެޗުތައް ވިއްސާރައިގެ ސަބަބުން ފަސްކޮށް، މުބާރާތް ދިގުލައިފި އެވެ. ހޭންޑްބޯލް އެސޯސިއޭޝަނާއި ސަރުކާރުން، މި ވަގުތަށް، ވަގުތީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ކުޅުންތެރިން ދެކޭ ގޮތުގައި މި ކަމަށް އޮތް ދާއިމީ ހައްލަކަށް މަސައްކަތްކޮށް، ހޭންޑްބޯލް އިންޑޯއެއް އެޅުމަކީ އެންމެ ރަނގަޅު ނިންމުމެވެ.

މާލޭގައި މި ވަގުތު ހޭންޑްބޯޅަ ކުޅެމުން އަންނަ އައުޓް ޑޯ ކޯޓު، ގައުމީ ހޭންޑްބޯޅަ ކޯޓު، 2021 ވަނަ އަހަރު އެޅި ފަހުން، އެ ތަން ހިޔާ ކުރުމުގެ ވާހަކަ އާއި އެ ތަން، އިންޑޯ އަކަށް ބަދަލުކުރުމުގެ ވާހަކަ އަންނަނީ ދެކެވެމުންނެވެ. އެ ވިސްނުމުގައި ކުރިއަށްދެވޭތޯ، އެސޯސިއޭޝަނުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސަރުކާރާ އެކު ވެސް ގިނަ ވާހަކަތަކެއް ދެކެވުނެވެ.

ވިއްސާރައިގައި ޖެހި، ހޭންޑްބޯޅަ މުބާރާތެއްގެ މެޗުތައް ފަސްކުރަން ޖެހުމުގެ މައްސަލަ އަނެއްކާ ވެސް ކުރިމަތިވެފައިވާއިރު، "އަދަދު" އިން ކުރި ސުވާލެއްގެ ޖަވާބުގައި ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް، އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ، ދާއިމީ ހައްލަކީ އިންޑޯ ކަމަށެވެ. އެކަމަކު، މި ވަގުތަށް މި ކަމުގައި ކުރެވޭނެ ކަމަކީ ކޮބައިތޯ، ވަގުތީ ހައްލަކީ ކޮބައިތޯ ބަލައި، އެކަމެއް ކުރެވޭތޯ ސްޕޯޓްސް މިނިސްޓްރީއާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

ވަގުތީ ހައްލަކަށް މަސައްކަތް ކުރަމުން އަންނަ ކަމުގެ ހަބަރަށް، ގިނަ ކުޅުންތެރިންތަކެއް ވަނީ ޝުއޫރުފާޅުކޮށްފަ އެވެ.

"ވަގުތީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން ދާއިރު، ދާއިމީ ހައްލެއް ހޯދޭތޯ ކިހާ މަސައްކަތެއް ކުރެވިއްޖެބާ؟ މިހެން ބުނެ ނުނިމޭނެ ބުނާނެ ލާރިއެއް ނެތޭ. މިހާރު އޮތް ކޯޓު ދޭހާ އައްވަކާ ވެހޭހާ ވާރެއެއްގަ ހާމައައް އޮވެއޮވެ އަހަރު ނުވަނީސް ހަލާކު ވަމުން ދިޔަތަން ފެނުން. މިވެސް ހަމަލިބޭ ގެއްލުން. މި ކޯޓް ހިޔާ ކޮށްލަން ދާނެ ހަރަދައް ވުރެ މިހާރު ލިބިފަ ހުރިގެއްލުން ފޫބައްދަން މެއިންޓެނަންސް އަށްދާނެ ހަރަދު ޱަބަލްވާނެކަން ހަމަ ޔަގީން. މިވާހަކަ ދެއްކީމަ ދައްކާ މީހާ ވާނީ ބްލެކްލިސްޓް. ކުޅިވަރު ކުރިއަރުވަން ފާޑުކިޔާނީވެސް އެކުޅިވަރު ކުޅެއުޅޭ އެކުޅިވަރުދެކެ ލޯބިވާ މީހުން،" ހޭންޑްބޯޅަ ކުޅުމުގެ އިތުރުން ކޯޗިންގައި ވެސް މަސައްކަތް ކުރަމުން އަންނަ، ފައިރޫޒާ އާދަމް (ފައިރޫ)، އޭނާގެ ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.

ގައުމީ ހޭންޑްބޯޅަ ޓީމުގެ، މުހައްމަދު ފިރުނާޝް، ލިޔެފައިވާ ގޮތުގައި، "ވަގުތީ ހައްލު ހޯދައިގެން ދުވަހަކު ވެސް ދާއިމީ ހައްލެއް ނުފެންނާނެ" އެވެ.

ރިޒްނާ މުހައްމަދު ލިޔެފައިވާ ގޮތުގައި، މިހާރު މެޗުތައް ކުރިއަށްދާ ގޮތުން، ދުވާލަކު މެޗެއްގެ ހާފެއް ކުޅެން ޖެހޭއިރު، ދެ ވަނަ ހާފް ކުޅެވޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށެވެ. އަދި މިހާރު އެއް މަހުގެ މުބާރާތެއް ނިންމާލަން ދޭއް ނޫނީ ތިން މަސް ނަގާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

މީގެ އިތުރުން، ގިނަ ކުޅުންތެރިންތަކެއް ވަނީ، މި ވަގުތު ރާއްޖޭގައި އެންމެ މަގުބޫލުކަން ހޯދަމުން އަންނަ އެއް ކުޅިވަރު ކަމަށްވާ ހޭންޑްބޯލް އަށް އިންޑޯއެއް އަޅައިދިނުމަކީ، ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ދެ ޖިންސަށް ބަލާއިރު، މި ވަގުތު ރާއްޖޭގައި އެންމެ ވާދަވެރިކޮށް ކުޅޭ ކުޅިވަރަކީ، ހޭންޑްބޯލް ކަމަށެެވެ.

މި ސަރުކާރުން، ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި، ކުޅިވަރު ކުރިއަރުވަން 500 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި ކަމަށް ހާމަކޮށްފައިވާއިރު، މިދިޔަ ތިން އަހަރު ވެސް ދިމާވެފައިވާ ހޭންޑްބޯލް ކޯޓުގެ ހިޔާނުކުރެވި އޮތް މައްސަލަ އާއި ހޭންޑްބޯޅަ އަށް އިންޑޯއެއް އެޅުން ލަސްވާ ސަބަބުތަކާ ހުރެ، ގިނަ ހޭންޑްބޯޅަ ކުޅުންތެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox