ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް: ޗެމްޕިއަން އޮރިކްސް ކަޓައިފި! ފައިނަލުގައި ކީންސް އާއި ރެޑްހޯކްސް

Jun 9, 2023, 8:58 AM
ރެޑް ހޯކްސް އާއި އޮރީކްސް ބައްދަލުކުރި ސެމީ ފައިނަލް މެޗުގެ ތެރެއިން/--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރެޑް ހޯކްސް އާއި އޮރީކްސް ބައްދަލުކުރި ސެމީ ފައިނަލް މެޗުގެ ތެރެއިން/--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ އަންހެން ބައިގެ ފައިނަލުން ރެޑްހޯކްސް ސްޕޯޓްސް ކުލަބާއި ކީންސް ސްޕޯޓްސް ކުލަބު ޖާގަ ހޯދައިފި އެވެ.

ޖުމްލަ އެކު، 27 ޓީމައިއެކު މިދިޔަ މަހުގެ 20 ވަނަ ދުވަހު ފެށި މުބާރާތުގެ އަންހެން ބައިގެ ފައިނަލުން ރެޑްހޯކްސް ޖާގަ ހޯދީ މިދިޔަ އަހަރުގެ ޗެމްޕިއަން އޮރިކްސް ހޭންޑްބޯޅަ ކުލަބު ބަލިކޮށްގެންނެވެ. ކީންސް ފައިނަލުން ޖާގަ ހޯދީ ތުޅާދޫ ޔަންގް އީގަަލްސް ސްޕޯޓްސް ބަލިކޮށްގެންނެވެ.

އަންހެން ބައިގެ ދެ ސެމީ ފައިނަލު މެޗުވެސް ފެނުނީ ވަރަށް ފޯރިގަދަކޮށެވެ. ފުރަތަމަ ފައިނަލުގައި އޮރިކްސް އަތުން ރެޑްހޯކްސް ކުރި ހޯދީ 22-20 އިންނެވެ. މެޗު ފަށައިގެން ހަމަހަމަކޮށް ފެނުނުއިރު އޮރިކްސް އިން ތިން ފަހަރަކަށް ދެ ގޯލުގެ ލީޑެއްވެސް ނެގި އެވެ. ނަމަވެސް ދެވަނަ ހާފުގައި ރެޑްހޯކްސް ޑިފެންސް ވަރުގަދަކޮށް ނަތީޖާ އަނބުރާލި އެވެ. މެޗުގެ އެންމެ ދޮޅު މިނެޓާ ހަމައަށް އެއްވަރުވެފައި އޮއްވާ ރެޑްހޯކްސް އިން ދެ ގޯލުގެ ލީޑެއް ނަގައި އެ ލީޑު ހިފެހެއްޓި އެވެ.

މިއީ މިދިޔަ ދެ އަހަރުވެސް ގައުމީ މުބާރާތުގެ ތަށި ހޯދި އޮރިކްސް އުފެދުނީސުރެ ސީނިއާ މުބާރާތެއްގެ ފައިނަލުން ފުރުސަތު ނުލިބުނު ފުރަތަމަ ފަހަރެވެ.

އަންހެން ބައިގެ ފައިނަލުން ކީންސް ޖާގަ ހޯދީވެސް ވާދަވެރި އަދި ފޯރިގަދަ ސެމީ ފައިނަލަކަށްފަހުގަ އެވެ. މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުން އައި ތުޅާދޫ ޓީމް އަތުން ކީންސް މޮޅުވީ 31-30 އިންނެވެ. މި މެޗުވެސް ހަމަހަމަކޮށް ގޮސް ނަތީޖާ ކަނޑައެޅުނީ މެޗު ނިމެން 30 ސިކުންތު އިންދައި ކީންސް އިން ޖެހި ގޯލުންނެވެ.

އެއް މެނޭޖްމަންޓެއްގެ ދަށުން މަސައްކަތްކުރަމުން އަންނަ ކީންސް އާއި ރެޑްހޯކްސް ވާދަކުރާ ފައިނަލް މެޗު ކުޅޭނީ މަދާމާ ރޭގަނޑު އެވެ.

ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފިރިހެން ބައިގެ ފައިނަލްވެސް މާދަމާރޭ ކުޅޭނެ އެވެ. ފައިނަލުގައި ވާދަކުރާނީ ދިވެހި ސިފައިންގެ ކުލަބާއި ކުލަބު ޒެފްރޯލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox