ހޭންޑްބޯޅަ މުބާރާތަށް ވިއްސާރައިގެ އަސަރު: ވަގުތީ ހައްލެއް ހޯދޭތޯ މަސައްކަތް ކުރަނީ

May 19, 2024, 9:29 AM
މިހާރު ކުރިއަށްދާ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

މިހާރު ކުރިއަށްދާ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

މިހާރު ކުރިއަށްދާ ހޭންޑްބޯލް ޗެމްޕިއަންޝިޕްގެ މެޗުތައް ވިއްސާރައިގެ ސަބަބުން ފަސްކޮށް، ޝެޑިއުލަށް ބަދަލު ގެންނަން ޖެހުމުން އަނެއްކާ ވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، އެ ކަމަށް ވަގުތީ ހައްލެއް ގެނެވޭތޯ ސަރުކާރާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހޭންޑްބޯލް އެސޯސިއޭޝަނުން ބުނެފި އެވެ.

އައުޓް ޑޯ ކޯޓެއްގައި ހޭންޑްބޯޅަ ކުޅެން ޖެހުމުން، ވިއްސާރަ ވެހޭ ކޮންމެ ފަހަރަކު ކަހަލަ ގޮތަކަށް މެޗުތައް ފަސްކުރަން ޖެހުމުގެ ތަކުލީފު މިދިޔަ އަހަރުތަކުގައި ވެސް ހޭންޑްބޯޅަ ކުޅުންތެރިންނަށް ވަނީ ކުރިމަތިވެފަ އެވެ. އެ ވާހަކަތައް އަބަދުމެ، ކުޅުންތެރިން އަންނަނީ އެކި ޕްލެޓްފޯމްތަކުގައި ދައްކަމުންނެވެ.

މާލޭގައި މި ވަގުތު ހޭންޑްބޯޅަ ކުޅެމުން އަންނަ އައުޓް ޑޯ ކޯޓު، 2021 ވަނަ އަހަރު އެޅި ފަހުން، އެ ތަން ހިޔާ ކުރުމުގެ ވާހަކަ އާއި އެ ތަން، އިންޑޯ އަކަށް ބަދަލުކުރުމުގެ ވާހަކަ އަންނަނީ ދެކެވެމުންނެވެ. އެކަމަށްޓަކައި، އެސޯސިއޭޝަނުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެކަމަކު، މިހާތަނަށް އެކަމެއް އަދި ނުވެ އެވެ.

މިދިޔަ އަހަރުގެ، ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ފައިނަލް މެޗުތައް ވިއްސާރައިގެ ސަބަބުން މަހެއްހާ ދުވަހަށް ފަސްކުރަން ޖެހުނެވެ.

މި ފަހަރުގެ ހޭންޑްބޯލް ޗެމްޕިއަންޝިޕްގެ މެޗުތައް ވެސް މި ވަނީ މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން އެކި ފަހަރު މަތިން ފަސްކުރަން ޖެހެމުންނެވެ.

މެޗުތައް ޝެޑިއުލާ އެއްގޮތަށް ނުދާތީ އެކަމާ ކުޅުންތެރިންގެ ކަންބޮޑުވުންތައް އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. އަދި ހޭންޑްބޯޅަ މުބާރާތުގައި ކުޅެން ދުރާލާ ވަގުތު ހޯދައިގެން އައި ކުޅުންތެރިންނަށް މީގެ ގެއްލުން ނުހަނު ބޮޑެވެ.

ހޭންޑްބޯޅަ އަކީ ދެ ޖިންސަށް ބަލާއިރު، މި ވަގުތު ރާއްޖޭގައި އެންމެ ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ ކުޅިވަރެވެ. އެކަން ހޭންޑްބޯލް މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކުގެ ނިސްބަތުން ވެސް އެނގެ އެވެ. އަދި ރަށްރަށުން މުބާރާތް ކުޅެން އަންނަ ޓީމުތަކުގެ އަދަދުން ވެސް އެކަން ސާފެވެ.

ވިއްސާރައިގައި ޖެހި، ހޭންޑްބޯޅަ މުބާރާތެއްގެ މެޗުތައް ފަސްކުރަން ޖެހުމުގެ މައްސަލަ އަނެއްކާ ވެސް ކުރިމަތިވެފައިވާއިރު، "އަދަދު" އިން ކުރި ސުވާލެއްގެ ޖަވާބުގައި ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް، އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ، ދާއިމީ ހައްލަކީ އިންޑޯ ކަމަށާއި އެކަމަކު، މި ވަގުތަށް މި ކަމުގައި ކުރެވޭނެ ކަމަކީ ކޮބައިތޯ، ވަގުތީ ހައްލަކީ ކޮބައިތޯ ބަލައި، އެކަމެއް ކުރެވޭތޯ ސްޕޯޓްސް މިނިސްޓްރީއާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ދައްކާ ވާހަަކަ ދެއްތޯ މިއީ، ވިއްސާރަ އައިސްފިއްޔާ، މިހާލަތު ކުރިމަތިވެޔޭ، ދެން، ހައްލަކީ ހިޔާކޮށް، އިންޑޯ އަކަށް މި ތަން ބަދަލުކުރުން،" މުޖޭ ވިދާޅުވި އެވެ.

"އެކަމަކު، މި ވަގުތަށް ކުރެވޭނެ ކަމަކަށް އިސްކަންދީގެން މިހާރު ވެސް، އަޅުގަނޑުމެން މި އަންނަނީ މިނިސްޓްރީއާ ވާހަކަ ދައްކަމުން، ދެން، ރާއްޖޭގައި އިންޖިނިއަރުންނަށް ބަލާއިރު، އެންމެ ރަނގަޅު ކަމަށް މި ފެންނަނީ، ސިފައިންގެ ކުންފުނި، ސިވެކް، އެ މީހުންނާ ވެސް މަޝްވަރާކޮށް، މި ވަގުތަަށް ހިޔާކުރެވޭނެ ގޮތެއް ވެސް ވޭތޯ މަސައްކަތް ކުރަމުން މި އަންނަނީ،"

މުޖޭ ވިދާޅުވީ، ޗައިނާގެ ކުންފުންޏަކާ ވާހަަކަ ދައްކައިގެން ވެސް މި ކަމުގެ ހައްލެއް ލިބޭތޯ ބަލަމުން އަންނަ ކަމަށެެވެ.

ވިއްސާރަ މުސޫމެއްގައި ވެސް، ހޭންޑްބޯޅަ އަށް މުބާރާތުގެ ޝެޑިއުލް ބަދަލުކޮށްގެން ކުރިއަށް ދިއުން ނޫން ގޮތެއް މި ވަގުތަށް ބަލާއިރު ނެތެވެ. އަނެއްކޮޅުން، ރާއްޖޭގައި މުބާރާތް ކުޅެވޭނެ އިންޑޯ ފެސިިލިޓީ އަކަށް މި ވަގުތު އޮތީ، ސޯޝަލް ސެންޓަރު އިންޑޯ ކަމަށްވާއިރު، އެ ތަނުގައި މިހާރު ވެސް ވޮލީބޯޅަ، ބާސްކެޓްބޯޅަ އަަދި ނެޓްބޯޅަ މުބާރާތް ކުޅެ އެވެ.

އެ ތިން އެސޯސިއޭޝަނެއް މި ވަގުތު ވެސް އެ ފެސިލިޓީއަށް ބަރޯސާވެފައި އޮއްވައި، އަނެއްކާ ހޭންޑްބޯޅަ އެ ތަނަށް ގެންދިއުމަކީ، އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ކުޅުންތެރިން ވެސް ގަބޫލުކުރެ އެވެ. ދެމެހެއްޓެނިވި ހައްލެއް ލިބެން އޮތީ، ހޭންޑްބޯޅަ ކުޅެން ދީފައި އޮތް ތަނުގައި ވެސް ހުރިހާ މޫސުމެއްގައި ޝެޑިއުލާ އެއްގޮތަށް މުބާރާތް ކުރިއަށް ގެންދެވޭ ގޮތް ވެގެންނެވެ. އެއީ ކުޅުންތެރިންނަށް ވެސް އަދި ހޭންޑްބޯޅައިގެ ޑިވެލޮޕްމަންޓަށް ވެސް އެންމެ ފައިދާ ބޮޑު ގޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox