ހުލާސާކޮށް އިއްޔެ: ނާޒިމް އެ ދައްކަވަނީ މުހިއްމު ވާހަކަތަކެއް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް - އަދަދު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް - އަދަދު

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް 20 ވަނަ މަޖިލީހުން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ސިޔާސީ މުވައްޒަފުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކޮށް، ކެޕް ކުރުމުގެ މަސައްކަތް ހިމެނޭނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވި ވާހަކަ އިއްޔެ ރިޕޯޓު ކުރި އެވެ.

"އަދަދު" އިން ގެނެސްދޭ "އެތެރެފުށް" ޕްރޮގްރާމުގައި ނާޒިމް ވިދާޅުވީ ހަރަދުކުޑަކުރުމުގެ ވާހަކަދައްކާ ކަމުގައި ވަންޏާ ފަށަން ޖެހެނީވެސް މަޖިލިސް މެންބަރުންގެ އަދަދަށް ގެންނަ އިސްލާހުން ކަމަށެވެ. ރާއްޖޭގައި ލޯކަލް ކައުންސިލްތައް މިހާރު ހިންގާ މޮޑެލްއާ މެދުގައި ވެސް އޭނާ ސުވާލުއުފެއްދެވި އެެވެ.

"ކައުންސިލްތައް މިއޮތް މޮޑަލް އަކީވެސް އިގުތިސާދީ ގޮތުން އެންމެ ރަނގަޅު، [ނުވަތަ] ފަސް ލައްކަ މީހުންގެ އާބާދީއެއް މެނޭޖުކުރުމަށްޓަކާ މި ނިޒާމަކީ އެންމެ ބޭނުންވާ ނިޒާމުތޯ އެބަޖެހޭ ސުވާލުކުރަން، ކޮންމެ ރަށެއްގަ އެބަތިވޭ ފަސް ކައުންސިލަރުން، އެމީހުންނަށް މަސައްކަތް ނޯންނަ ދުވަސް ގިނައީ،" ނާޒިމް ވިދާޅުވި އެވެ.

ކުރިން ޕީއޭއާއި ޕީޕީއެމްގައި ވެސް އުޅުއްވި ނާޒިމަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ނައިބުރައީސްކަން ކުރެއްވި ބޭފުޅެކެެވެ. އޭނާގެ ވިސްނުމަކީ ހަރަދުކުޑަކުރުމުގެ މަސައްކަތް އެންމެ މަތިން ފެށުމެވެ. ވިދާޅުވީ ކައުންސިލްތަކުގެ ހަރަދުބޮޑު ވާހަކަ ދައްކާނަމަ މަޖިލީހުގެ ހަރަދުވެސް ކުޑަކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ އެ ވިސްނުން އެބަހުރި އިރާދަކުރެއްވިއްޔާ މި މަޖިލީހުން ކުރިއަށް އޮތް މަޖިލިސްތަކުގެ އަދަދު ކެޕް ކުރުމާ ބެހޭ ގޮތުން ކޮންމެސް ގޮތެއް ނިންމާނަން، އަދި ވަރަށް އަވަހަށްވެސް ނިންމާނަން، އޭގެ ފަހުގަ، އަޅުގަނޑުމެން ބޭނުން ލާމަރުކަޒީ ނިޒާމުގަ ހުރި މައްސަލަތައްވެސް ދެނެގަނެ އެޔަށްވެސް ހައްލެއް ހޯދަދޭން،" ނާޒިމް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގައި ފަސް މެންބަރުން ތިބުމާމެދު ދެވަނަ ވިސްނުމަކަށް ދާންވެސް ބޭނުންވާ ކަމަށާއި އެއީ އުފެއްދުންތެރިކަން އިތުރުކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމާ ގުޅޭގޮތުން ސިޓީސް އެންޑް ލޯކަލް ގަވަމަންޓު މިނިސްޓްރީއާ މަޝްވަރާ ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

ސިޔާސީ މީހުންނަށް މަގާމުތައް ދިނުން ރާއްޖޭގައި ސަގާފަތަކަށް ވެފައިވާކަން ފާހަގަކުރައްވާ ނާޒިމް ވަނީ އޭގެ އެއް ސަބަބަކީ އިގުތިސާދު ބަލިކަށިވެ ޕްރައިވެޓް ސެކްޓާއިން އެކަށޭނެ ވަޒީފާތައް ނުލިބުން ކަމަށެވެ.

"ކޮންމެ ގޮތެއްވިޔަސް ސަރުކާރަކަށް ހުރިހާ އެންމެނެއް ޖޮއިނެއް ނުކުރެވޭނެ، އެހެންވީމަ ދެއްތޯ އަޅުގަނޑުމެން ސިވިލް ސާވިސްވެސް ވަކިގޮތަކަށް ބައްޓަން ކޮށްފަ މިއޮތީވެސް، އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ބަދަލުތައް ގެންނާނެ، ގެންނަން ބޭނުންވާ ވިސްނުމާ ފިކުރާ ހިޔާލާ މި ސަރުކާރުގަ ހުންނާނެ،"

ނާޒިމް ވިދާޅުވީ މިވަގުތު ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަ ނަމަވެސް ކުރިއަށް އޮތް ތަނުގައި ކުރިމަތިވާނެ އިގުތިސާދީ ގޮންޖެހުންތަކާއެކު އެ ނަމްބަރުތައް ދަށްވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އައީ ސިޔާސި މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމަށް ވައުދުވެވަޑައިގަންނަވަމުންނެވެ. އެކި މަސްދަރުތަކުން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި މި އަަދަދު މިހާރު 2,000 އާ ގާތްކުރާނެ އެވެ.

މަޖިލީހަށް ބަލާއިރު ގާނޫނުގައި އޮންނަ ގޮތުން މަޖިލިސް މެންބަރުންގެ އަދަދު ކަނޑައަޅަނީ އާބާދީއަށް ބަލާ ކޮންމެ 5،000 ރައްޔިތަކަށް މެންބަރެެއްގެ މަގުންނެވެ. މިކަމާ ދެކޮޅަށް ސިޔާސީ އެކި ފިކުރުގެ މީހުން ވާހަކަ ދެއްކި ނަމަވެސް ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުރެވިފައެއް ނުވެ އެވެ.

މުހިއްމު ބައެއް ލިޔުންތައް

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox