ކްރޫސްގެ ކްލަބް ކެރިއަރު ނިންމާލީ ބޭނުންވި ގޮތަށް

Jun 3, 2024, 5:23 AM
ކްރޫސްގެ ކްލަބް ކެރިއަރު ނިންމާލީ ބޭނުންވި ގޮތަށް

މެޑްރިޑް (ޖޫން 3) - ރެއާލް މެޑްރިޑްގެ ޖަރުމަނު ތަރި، ޓޯނީ ކްރޫސްގެ ކްލަބް ފުޓްބޯޅަ ކެރިއަރު ނިންމާލީ އެންމެ ބޭނުންވި ގޮތަށް ކަމަށް ބުނެފި އެވެ.

އުމުރުން 34 އަހަރުގެ ކްރޫސް، ކްލަބް ކެރިއަރުގައި ކުޅުނު ފަހު މެޗަކީ، މިދިޔަ ހޮނިހިރު ދުވަހުގެރޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލުން 2-0 އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކުރި މެޗުގަ އެވެ. މި މެޗުން މޮޅުވެ، ރެއާލުން 15 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، މިއީ ކްރޫސްގެ ހަ ވަނަ ޗެމްޕިއަންސް ލީގު ތަށްޓެވެ. ކްރޫސް ވަނީ ކުރިން ބަޔާން މިއުނިކަށް ކުޅުނުއިރު އެއް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

"އަހަރެން އަބަދުވެސް ބުނަމުން އައީ އެންމެ މަތީ ފަންތީގައި ހުރެފައޭ ކުޅުން ހުއްޓާލަން ބޭނުންވަނީ. އަހަރެން ބޭނުމެއް ނޫން ކްލަބެއްގެ ބެންޗުގައި ދުވަސްތަކެއް ގުނާފައި ރިޓަޔާކުރަން. އޭގެ ބަދަލުގައި އަހަރެން މި ނިންމާލީ، ޔޫރަޕްގެ އެންމެ ބޮޑު ތަށި ހޯދައިގެން،" ކްރޫސް ބުންޏެވެ.

ރެއާލަށް 2014 ވަނަ އަހަރު ބަދަލުވި، ކްރޫސް އެ ކްލަބްގައި ހޭދަކުރި 10 އަހަރު ތެރޭ 465 މެޗު ކުޅެ، 23 ތަށި ހޯދި އެވެ. އެ މުއްދަތުގައި ކްރޫސް ޖެހީ 28 ގޯލެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލަކީ، ރެއާލާ އެކު ކްރޫސް މޮޅުވި 300 ވަނަ މެޗެވެ.

ކްރޫސް އަށް ފުޓްބޯޅަ ކެރިއަރުގައި އޮތް ފަހު މުބާރާތަކީ، މި މަހު 14 ގައި އަމިއްލަ ގައުމުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތެވެ. ކްރޫސް އަކީ ޖަރުމަނު ޓީމުގެ އެއް ވައިސް ކެޕްޓަން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox