ކުޅިވަރާއި ކެއުމުގެ ގޮއިދޫ؛ ކައިޓް ރައިޑަރުންގެ ހަބެއް!

ކުޅިވަރާއި ކެއުމުގެ ގޮއިދޫ؛ ކައިޓް ރައިޑަރުންގެ ހަބެއް!

ޒަމާނުއްސުރެ ބ. ގޮއިދޫ މަޝްހޫރުވެފައި އޮންނަނީ, ކުޅިވަރުގެ ރަށެއްގެ ގޮތުގަ އެވެ. ރޯމާ ދުވާލު މިރަށުގެ ކޮންމެ ހިސާބަކުން ވެސް ފެންނާނީ, ކުޅިވަރުތައް ކުޅޭ މަންޒަރެވެ. މިއީ, ކުރިން ވޮލީބޯޅައިގެ ގަދަ ބާރެކެވެ. ވޮލީގެ ގިނަ ކުޅުންތެރިންތަކެއް މި ރަށުން ނެރެދިނެވެ. އެކަމަކު, މިދިޔަ 10 ވަރަކަށް އަހަރު މި ރަށް ބޮޑަށް ފާހަގަވެގެން އައީ މޫދު ކުޅިވަރުގެ ރަށެއްގެ ގޮތުގަ އެވެ.

ހާއްސަކޮށް ކައިޓްބޯޑިންގެ ރަށެއްގެ ގޮތުގައި މި ރަށް ވަރަށް ބޮޑަށް ފާހަގަވި އެވެ.

ކުޑަ ކުދިން އިން ފެށިގެން, ޒުވާނުން އަދި ބޮޑެތި މީހުން ވެސް މިހާރު އެންމެ ބޮޑަށް ޝާމިލުވެ އުޅޭ އެއް ކުޅިވަރަކީ, ކައިޓް ކުރުމެވެ. އަދި މިއީ، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކައިޓް ރައިޑަރު ހަސަން މާހިރު (ހަންޓޭ)ގެ އުފަން ރަށް ވެސް މެ އެވެ.

ރެޑް ބުލް ވިންޑް ރައިޑާސްގެ ޗެމްޕިއަން ހަސަން މާހިރު (ހަންޓޭ)

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކައިޓް ފެސްޓިވަލް ވެސް ކުރިއަށް ދަނީ މި ރަށުގަ އެވެ. ރެޑް ބުލް ވިންޑް ރައިޑާސް މުބާރާތާ އެކު, މި ރަށުގައި ކައިޓް ސާފިން ފޯރި އިތުރަށް ވަނީ ގަދަވެފަ އެވެ.

މި ރަށަށް ކައިޓް ސާފިން ތައާރަފުކުރުމުގައި އެންމެ އިސްކޮށް އުޅުނު އެކަކަކީ ހަސަން ނިޒާމް (ކައްޑެ) އެވެ.

"އަދަދު" އާ ވާހަކަ ދައްކަމުން ކައްޑެ ބުނީ ކައިޓް ސާފިން އިކުއިޕްމަންޓް އަގު ބޮޑުވުން އެއީ އޮތް ގޮންޖެހުމެއް ކަމަށެވެ. އެކަމަކު، ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތް ޑިވެލޮޕްމެންޓް ސޮސައިޓީ, ޖަމިއްޔާއިން ކައިޓް ސާފިން އެ ރަށުގައި ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ކައްޑެ ބުންޏެވެ.

"އެންމެ ފުރަތަމަ އަޅުގަނޑުމެން މިކަން ފެށީ އަމިއްލަ އަށް, އޭރު މިކަން ފަށަން ސްޕޮންސާ ހޯދަން ދިޔާމަ އަޅާވެސް ނުލާ އެބަހުރި. އެކަމަކު އަޅުގަނޑުމެން ހިތްވަރު އެލުވައެއް ނުލަން. އޭރު ކުރި މަސައްކަތުން ހޯދި ކައިޓްތަކާ އެކު, މި ކުޅިވަރު އިތުރަށް މި ރަށުގައި ފުޅާވެގެން ދިޔައީ. މިހާރު މިތާ (ގޮއިދޫ ކައިޓް ބީޗް) ގައި ހުރި ކައިޓްތަކަކީ އެންމެންގެ ވެސް އެއްޗެހި." ކައްޑެ ބުންޏެވެ.

ރެޑް ބުލް ވިންޑް ރައިޑާސްގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު
ރެޑް ބުލް ވިންޑް ރައިޑާސްގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު

ރެޑް ބުލް ވިންޑް ރައިޑާސްގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު

ގޮއިދޫ ސްޕޯތްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ޖަމިއްޔާ އިން އަންނަނީ, ކުޑަ ކުދިން ކައިޓް ސާފިން އަށް ޝައުގުވެރިކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

އެ ގޮތުން، ކުޑަކުދިންނަށް ކައިޓް ސާފް ކުރަން ދަސްކޮށްދިނުމުގެ ގޮތުން ކްލިނިކްތައް އެ ރަށުގައި ހިންގަ އެވެ. އަދި ބައެއް ފަހަރު, ރާއްޖެއިން ބޭރަށް ވެސް ކުދިން ގޮވައިގެން ކޭމްޕްތަކަށް ދެ އެވެ.

މީގެ އިތުރުން ރެޑް ބުލް ވިންޑް ރައިޑާސް ނިމުމުން ކުޑަ ކުދިންނަށް އަމާޒުކޮށް ކައިޓް ސާފިން މުބާރާތް ބާއްވަ އެވެ. މި މުބާރާތުގައި ގިނަ ޒުވާން ކައިޓް ސާފަރުން އުފެދެމުން އަންނައިރު, މިއީ މުސްތަގުބަލުގައި ރާއްޖޭގައި ނަން ހިނގާ ކައިޓް ސާފަރުންތަކަކަށް ވާނެ ކަމަށް އެ ޖަމިއްޔާއިން ގަބޫލުކުރެ އެވެ.

"އަސްލު ކުޑަ ކުދިން މި ކަމަށް ޝައުގުވެރިކުރަން ބޮޑު މަސައްކަތެއް ކުރަން މިހާރު ނުޖެހޭ. މި ރަށުގެ 80 އިންސައްތަ ކުދިންނަށް ކައިޓް ކުރަން އެނގޭނެ. އެ ކުދިން މިތާ ބީޗްގައި އަޅުގަނޑުމެންނާއެކު ކޮންމެ ދުވަހަކުވެސް އާ ކަމެއް އެބަ ދަސްކުރޭ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އަޅުގަނޑުމެންނާއެކު, އެ ކުދިން ކައިޓްގެ ހަރަކާތްތައް ކުރުމަށް ކުދިންގެ މައިންބަފައިން ދޭ އެއްބާރުލުން އަދި އެ ކުރާ އިތުބާރަށް ޝުކުރުއަދާ ކުރަން ބޭނުން" ޖަމިއްޔާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކައްޑެ ބުންޏެވެ.

ރެޑް ބުލް ވިންޑް ރައިޑާސްގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު
ރެޑް ބުލް ވިންޑް ރައިޑާސްގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު

ރެޑް ބުލް ވިންޑް ރައިޑާސްގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު

ގޮއިދޫގެ ސްލޯގަން "ކެއުމާއި ކުޅިވަރު" އެ ރަށަށް ކިޔުނީ, މިއީ ކުޅިވަރުގެ ރަށަކަށް ވުމުންނެވެ. އަދި ކުޅިވަރު ނިމުމާއެކު, ކޭން ހިފާގެން ރަށުގެ ރައްޔިތުން ނުކުންނާތީ އެވެ.

ހަމަ ޔަގީނުންވެސް ޒަމާންވީ މި އާދަ އަދިވެސް އެ ރަށުގައި ބަދަލެއް ނުވެ އެވެ. ވޮލީގައި ނަން ފަނޑުވިޔަސް, މިހާރު ވޯޓާ ސްޕޯޓްސްގެ އެންމެ ބޮޑު ހަބަކީ ގޮއިދޫ އެވެ.

މޫދު ކުޅިވަރުގެ ބައިނަލްއަގުވާމީ މުބާރާތެއް ރާއްޖޭގައި ބާއްވަން ބެލިޔަސް ގޮއިދޫ އަކީ އެކަން ހޯސްޓް ކުރަން އެ ފަދަ ދެ ވަނަ އެއް ނެތް ފަދަ ގާބިލު ރަށެކެވެ. އެ ރަށުގެ ރައްޔިތުންގެ ފަރާތުން އެ ކަމަށް ހުންނަ ޖޯޝާއި ފޯރި އަށް ބެލިޔަސް އެކަން ސާބިތުވެ އެވެ. އަމުދުން، ރާއްޖެ ފަހުރުވެރިކޮށްދޭ ވަނައެއް ހޯދޭނެ ކައިޓް ސާފިން ފަދަ، މޫދު ކުޅިވަރުތަކުގެ އެތުލީޓުންނަށް ބަލާއިރު ވެސް ގޮއިދޫން ބައިނަލްއަގުވާމީ މައިދާނަށް ނެރެވޭނެ އެތައް އެތުލީޓުން އެބަތިބި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox