މެއި މަހު ވެސް އެންމެ ގިނައިން ރިޕޯޓުކުރީ ވައްކަމުގެ މައްސަލަތައް

ފުލުހުންގެ ހެޑްކުއާޓާސް -- ފޮޓޯ: އަދަދު

ފުލުހުންގެ ހެޑްކުއާޓާސް -- ފޮޓޯ: އަދަދު

ނިމިދިޔަ މެއި މަހު ވެސް އެންމެ ގިނައިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.

ކޮންްމެ މަހެއް ނިމުމުން ފުލުހުންް އާންމުކުރާ ތާފާސްހިސާބުގެ މެއި މަހުގެ ނަންބަރުތަކަށް ބަލާއިރު ޖުމްލަ 795 މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި ވައްކަމުގެ 244 މައްސަލައެއް ހިމެނެ އެވެ. އޭޕްރީލް މަހު ރިޕޯޓުކުރީ ވައްކަމުގެ 285 މައްސަލަ އެވެ.

އޭގެ އިތުރުން އެންމެ ގިނައިން މެއި މަހު ރިޕޯޓު ކުރީ މަގުމަތީގެ އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. މިދިޔަ މަހު 169 މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ. އޭޕްރީލް މަހުގެ ތެރޭގައި އެކްސިޑެންޓުގެ 219 މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ.

މިދިޔަ މަހު މަސްތުވާތަކެތީގެ 88 މައްސަލައެއް ހުށަހެޅި އިރު އޭޕްރީލް މަހު މަސްތުވާތަކެތީގެ 116 މައްސަލައެއް ބަލައިފައި ވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މެއި މަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ އެހެން މައްސަލަތަކުގެ ތެރޭގައި ގެއްލޭތަކެތީގެ 78 މައްސަލަ، މުދަލަށް ގެއްލުން ދިނުމުގެ 45 މައްސަލަ، ފޭރުމުގެ 36 މައްސަލަ، މާރާމާރީގެ 30 މައްސަލަ އަދި މަކަރާއި ހީލަތުގެ 25 މައްސަލައިގެ އިތުރުން ގެވެށި އަނިޔާގެ 18 މައްސަލަ ހިމެނެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބަދުއަހުލާގީ އަމަލުގެ 13 މައްސަލައަކާއި، ފޯޖަރީގެ 12 މައްސަލަ އަދި ޗެކް ބައުންސްވުމުގެ އެއް މައްސަލަ މިދިޔަ މަހު ފުލުހުންނަށް ރިޕޯޓުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox