"ކޫލް ސްކޫލް" އާއެކު ދަރިވަރުންގެ އުޅުން ރަނގަޅުވެ ބުލީއެއް ނުކުރާނެ: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު -- ފޮޓޯ: އެޑިއުކެޝަން މިނިސްޓްރީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު -- ފޮޓޯ: އެޑިއުކެޝަން މިނިސްޓްރީ

ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސް ރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަޝްރޫއު "ކޫލް ސްކޫލް" އާއިއެކު ދަރިވަރުންގެ އުޅުމަށް ބަދަލު އައިސް، ބުލީ ކުރުން ފަދަ ވިޔާނުދާ އަމަލުތަކާއި ދުރުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މާފުށީ ސްކޫލްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި "ކޫލް ސްކޫލް" މަޝްރޫއު އިފުތިތާހު ކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ، މި މަޝްރޫއުއާއެކު ކޫލް ވެށްޓަކީ އުފާވެރި ހިތްހަމަޖެހޭ ވެށްޓަކަށް ބަދަލުވެ، ދަރިވަރުންގެ ސުލޫކާއި އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ. އަދި ކޫލް ސްކޫލެއްގައި ބުލީ ކުރުން ނޯންނާނެ ކަން ފާހަގަކުރެއްވި އެވެ.

"ކޫލް ސްކޫލެއްގަ ހިތަށް ފިނިކަން އަންނާނެ، އުފާވެރިކަން އިހުސާސްވާނެ، ފިނިކަމާއެކުގަ ދަރިވަރުންގެ ސުލޫކާ އުޅުމަށް ހެޔތޮ ބަދަލުތަކެއް އަންނާނެ. ވިޔާނުދާ ކަންތައްތަކުން ދަރިވަރުން ދުރުހެލިވާނެ، ބުލީއެއް ނުކުރާނެ، ރުޅިވެރިކަމެއް މިފަދަ މާހައުލެއްގަ ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ސްކޫލްތަކުގައި އޭސީ ހަރުކުރުމުގެ މަޝްރޫއުއެއް ފެށުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކާމިޔާބު ދަރިވަރެއް އުފެއްދުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ދަރިވަރުންނަށް ފަހި ކޮށްދިނުން ކަމަށް ވެސް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

"ކާމިޔާބު އިންސާނެއް އުފެއްދުމަށް ލިބެންޖެހޭ ހުރިހާ ތަޢުލީމަކާއި ތަރުބަވީ ކަންތައްތަކެއް ފުރިހަމަވެފައިވާ ވެށްޓަކަށް ސްކޫލް ވެށި ވެގެންދިޔުމަކީ އަޅުގަނޑުމެންގެ އަމާޒު. އަދި މިފަދަ ޕްރޮޖެކްޓެއް ފެށުމުގެ ބޭނުމަކީވެސް އެއީ،" މިނިސްޓަރު ވިދާޅުވި އެވެ.

މަޝްރޫއުގެ ހަރަދާއި ގުޅެގޮތުން މިނިސްޓަރު ވިދާޅުވީ، ތައު؛ީމަށް ކުރާ ހޭދައަކީ ގެއްލިގެންދާނެ އެއްޗެއްކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ތައުލީމަށް ވުރެ މުހިއްމުކަމެއް އެމަނިކުފާނަށް ނެތް ކަމަށެވެ.

ސަރުކާރުން ހިންގާ މި މަޝްރޫއުގެ ދަށުން އޭސީތަކަށް ދޭ ކަރަންޓުގެ 30 ޕަސެންޓު ކަރަންޓަކީ ސޯލާ ޕެނަލް ފަދަ ރިނިއުބަލް އެނާޖީ ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ރައީސް މުއިއްޒު އިރުޝާދުދެއްވާފައިވާ ކަމަށް މިއަދުވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި، އެ މަޝްރޫއު ދަށުން ކުރިއަށް މިއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލުތަކެއް އޭސީ ކުރެވޭނެ ކަމަށްވެސް މިއަދު ވަޒީރު ވިދާޅުވި އެވެ.

ހޫނު ގަދަ ކްލާސްތައް އޭސީ ކުރުމަށް އެންމެ ފުރަތަމަ ރައީސް އެންގެވީ ފެބްރުއަރީ 27، ގައި ހދ. މަކުނުދޫއަށް ވަޑައިގަނެ ވާހަކަދައްކަވަމުންނެވެ.

އޭގެ ފަހުން ޖަމާލުއްދީން ސްކޫލުގެ ކްލާސް ރޫމްތަކަށް ހޫނުގަދަވާތީ ފަންކާ ބަހައްޓަން ބެލެނިވެރިންގެ އެހީއަށް އެދުނު މައްސަލަ ބޮޑުވެ، ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސް ރޫމްތަކުގައި "ކޮމިއުނިޓީގެ އެހީތެރިކަމާއެކު" އޭސީ ހަރުކުރަން އެޑިއުކޭޝަން މިނިސްޓްރީއިން ނިންމީ މިމަހު 13 ގަ އެވެ.

މި މަޝްރޫއުގެ ދަށުން އޭސީ ހަރުކުރުމަށް 600 މިލިއަން ރުފިޔާ އަދި އެއަށްފަހު އޭސީތައް ބެލެހެއްޓުމާއި ބިލުތަކަށް އަހަރެއްގެ މައްޗަށް 178.5 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ޗާންސެލަރު އަދި ފަންނީ ތަޖުރިބާކާރު ޑރ. ހަސަން ހަމީދު ލަފާކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox