ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ފަށައިފި

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުން -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުން -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ދޮޅުމަހުގެ ޗުއްޓީއަކަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަދަދު އަށް ވިދާޅުވީ ދިރާސީ އައު އަހަރު ކިޔަވަން ފަށާއިރު ކިޔަވައިދިނުމަށް ތައްޔާރުވެ، ސްކޫލްތަކުގެ ހުރިހާ މަސައްކަތްތަކެއް ފުރިހަމަކޮށްފައިވާ ކަމަށެވެ.

އެގޮތުން، ކިޔެވުން މިއަދު ފަށަނީ ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ފޮނުވައި، ޓީޗަރުން ވެސް ބޭނުންވާ ވަރަށް ހަމަކުރުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން 219 ސްކޫލެއްގައި ފެށީ 77،000 އަށްވުރެ ގިނަ ދަރިވަރުންނާއި 9،000 އަށްވުރެ ގިނަ ޓީޗަރުންނާއެކުގަ އެވެ.

މި އަހަރު ސަރުކާރު ސްކޫލްތަކުގައި ގްރޭޑް އެކެއްގައި ކިޔަވަން 4،000 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވިއިރު، އޭގެ ތެރޭގައި މާލެ ސަރަހައްދުން ގްރޭޑް އެކެއްގައި ކިޔަވާނެ 1،700 އަށް ގިނަ ދަރިވަރުން ހިމެނެ އެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުން -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުން -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުން -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

މީގެއިތުރުން އަތޮޅުތެރެއިން މާލެއަށް 1،500 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވިއިރު، އޭގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ބަދަލުވީ ހުޅުމާލެއަށެވެ. އެއީ 800 އަށްވުރެ ގިނަ ދަރިވަރުންނެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށިއިރު، މާޗު 8، ގެ ނިޔަލަށް ކިޔެވުން ކުރިއަށް ގެންދިޔުމަށްފަހު ސްކޫލްތައް އަނެއްކާވެސް ބަންދުވާނެ އެވެ. އެއަށްފަހު ސްކޫލްތައް އަލުން ހުޅުވޭނީ އަންނަ މާޗު 23، ގަ އެވެ. އެހެންކަމުން ރޯދަ މަހު ސްކޫލްތައް ހުޅުވިފައި ހުންނާނީ އެއް ހަފްތާއަށެވެ.

މީގެއިތުރުން ދިރާސީ އައު އަހަރުގެ ފުރަތަމަ ޓާމްގެ މިޑްޓާމް ބްރޭކަށް މެއި 24، އިން ފެށިގެން 30، ގެ ނިޔަލަށް ސްކޫލްތައް ބަންދުވާނެ އެވެ. އެއަށްފަހު ފުރަތަމަ ޓާމްގެ ކިޔެވުން ނިމި ޖުލައި 17، އިން ފެށިގެން އޮގަސްޓް 1، ގެ ނިޔަލަށް ބަންދުވާނެ އެވެ.

ދިރާސީ އައު އަހަރުގެ ދެވަނަ ޓާމު ނިމި ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ މި އަހަރުގެ ޑިސެމްބަރު 18، އިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 12، ގެ ނިޔަލަށެވެ. އެހެންކަމުން ދެވަނަ ޓާމްގެ ކިޔެވުން ކުރިއަށްދާނީ އޯގަސްޓް 2، އިން ފެށިގެން ޑިސެމްބަރު 17، ގެ ނިޔަލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox