ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިއިރު ސްކޫލުތައް އޭސީ ކުރުމުގެ މަޝްރޫއު ނުނިމުނު

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިއިރު ސްކޫލުތައް އޭސީ ކުރުމުގެ މަޝްރޫއު ނުނިމުނު

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުނުއިރު ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމަށް ހިންގާ "ކޫލް ސްކޫލް" މަޝްރޫއު ނުނިންމުނެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ސްކޫލްތައް އޭސީ ކުރުމަށް ބޭނުންވާ އޭސީތައް ބައެއް ރަށްރަށަށް ފޮނުވާ ނުނިމޭއިރު، ގިނަ ރަށްތަކުގެ ސްކޫލްތައް އޭސީކުރުމުގެ މަސައްކަތް މިހާތަނަށް ނިމިފައެއް ނުވެ އެވެ.

ސްކޫލްތައް އޭސީ ކުރުމުގެ މަޝްރޫއު މިދިޔަ އަހަރުގެ ޖޫން 12، ގައި ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރީ 55 މިލިއަން ރުފިޔާއަށެވެ.

ނަމަވެސް ބީލަމަށް ނުލައި ސަރުކާރުން ނޮވެމްބަރު 6، ގައި ބަހާލި 206 މަޝްރޫއުތަކުގެ ތެރޭގައި ސްކޫލްތައް އޭސީކުރުމުގެ މަޝްރޫއު އެސްޓާސްއާ ހަވާލުކުރި އެވެ. އެ މަޝްރޫއު އެސްޓާސްއާ ހަވާލުކުރީ 58.4 މިލިއަން ރުފިޔާއަށް ކަމަށްވާއިރު، އެއީ ފެނަކައާ ހަވާލުކުރި އަގަށްވުރެ 3.4 މިލިއަން ރުފިޔާ ބޮޑު އަގެކެވެ.

ކޫލް ސްކޫލް މަޝްރޫއުގެ މަސައްކަތް ދިރާސީ އައު އަހަރު ފެށިއިރު ނުނިމުނު ސަބަބެއް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދަދު އިން ހޯދަން މަސައްކަތް ކުރި ނަމަވެސް މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ޖެނުއަރީ 22، 2025 ގައި މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލެއް އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އެ އަހަރުގެ ސެޕްޓެމްބަރަށް އޭސީކޮށް ނިންމާނެ ކަމަށެވެ.

ނަމަވެސް ފަހުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެފައި ވަނީ އޭސީކުރުމުގެ މަޝްރޫއު ނިމޭނީ މި އަހަރުގެ ދިރާސީ އަހަރު ފެށެންވާއިރަށް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކްލާސްރޫމްތަކުގައި ހަރުކުރާނީ 24،000 ބީޓީޔޫގެ 1500 އޭސީ އާއި 18،000 ބީޓީޔޫގެ 6500 އޭސީ ކަމަށް، އަދަދު ނޫހަށް ލިބިފައިވާ ބަހާލި ޕްރޮޖެކްޓުތަކުގައި މައުލޫމާތު ކަރުދާހެއްގައި ބުނެފައިވެ އެވެ.

ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސް ރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަޝްރޫއު ފެށީ ޖޫން 2، 2024 ގަ އެވެ. އެ މަޝްރޫއުގެ މަސައްކަތް ފެނަކައާ ހަވާލުކުރީ އަހަރުގެ ޖޫން 12، 2025 ގަ އެވެ.

މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލްތަކުން ޖުމްލަ 3،704 ކްލާސްރޫމް އޭސީ ކުރާނެ ކަމަށް މިނިސްޓަރު ޝަފީއު ކުރިން ވިދާޅުވި އެވެ.

މަޝްރޫއުގެ ދަށުން މިދިޔަ އަހަރުގެ މެއި މަހުގެ ނިޔަލަށް ޖުމްލަ 401 ކްލާސް ރޫމެއްގައި 802 އޭސީ ހަރުކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox