އިސްލާމް މާއްދާ މިބުނާ ގޮތަށް ކިޔަވައިދޭން ކެރޭނެތަ؟

ކްލާސް ރޫމެއްގެ މަންޒަރު ޗެޓްޖީޕީޓީން ކުރަހާފައި.

ކްލާސް ރޫމެއްގެ މަންޒަރު ޗެޓްޖީޕީޓީން ކުރަހާފައި.

އިސްލާމް މާއްދާ ކިޔަވައިދޭންވީ ކޮން ބަހަކުންތޯ މިއީ މާ ބޮޑު ބަހުސެއް ކުރަންޖެހޭ ކަމެއް ނޫނެވެ. ގަބޫލުކުރިޔަސް ނުކުރިޔަސް ދިވެހިންގެ އެއްބަޔަކަށް ކުޑަކުދިން ހިމެނޭހެން ބޮޑަށް ނަގައިގެނެވެނީ އިނގިރޭސި ބަހުންނެވެ. އަނެއް ބަޔަކަށް ބޮޑަށް ނަގައިގަނެވެނީ ދިވެހި ބަހުންނެވެ. އެކަން އޮތީ ދިވެހިރާއްޖޭގެ އެކި ހިސާބުގައި އެކި ފަންތީގައި އެކި އާއިލާތަކުގައި އެކި ގޮތަށް އެކި މިންވަރަށެވެ. އެހެންވީމާ ދިވެހިރާއްޖޭގައި އިސްލާމް ކިޔަވައިދޭންވީ ވަކި އެއް ބަހަކުން ކަމަށް ވަކާލާތުކުރުމަކީ ގައުމުގެ ހާލަތާ ރަށްޓެހި ވިސްނުމެއް ނޫނެވެ. ރާއްޖޭގެ ކުދިންގެ މާދަރީ ބަސް ހުރި ގޮތަށާއި އެކި ކުދިން އެކި ބަހަށް ފަރިތަ މިންވަރަށް ބަލާއިރު، ރާއްޖޭގައި ދިވެހި ބަހުންނާއި އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައިދޭންޖެހެއެވެ. ބަސް ހިޔާރުކުރާނީ އެކުއްޖެކެވެ.

ކޮންމެ މުސްލިމަކީ ބޮޑު ދީނީ އިލްމުވެރިއަކަށް ވާންޖެހޭ މީހެއް ނޫނެވެ. ދުނިޔަވީ އެހެނިހެން އިލްމުތަކުން ބޮޑެތި މަތީ ދަރަޖަތަކަށް ވާސިލުވުމަށްޓަކައި އެކަންކަމަށް ވަގުތު ހޭދަކުރުމަށާއި، ދުނިޔަވީ ތަރައްގީގެ ރޮނގުގައި ކުރަންޖެހޭ އެހެން ކަންކަމަށް މުޅި އިންސާނިއްޔަތަށްޓަކައި ކުރަންޖެހޭ ކަންކަމަށްޓަކައި، މުސްލިމުންގެ ތެރޭގައި ދީނީ އިލްމުވެރިން ތިބުން ވާޖިބުވާ ފަދައިން އެހެން ހުރިހާ ރޮނގެއްގެ ބޮޑެތި މޮޅެތި މީހުން ތިބުމަކީ އަދި އުފެއްދުމަށް މަސައްކަތްކުރުމަކީ ހަމަ ދީނީ ވާޖިބެކެވެ.

އެހެންވީމާ، އާންމު މަދަރުސީ ތައުލީމުގައި މާއްދާއެއްގެ ގޮތުގައި އިސްލާމް މާއްދާ އެންމެހާ ދަރިވަރުންނަށް އަމާޒުވާ ގޮތުން ކިޔަވައިދިނުމުގެ އާންމު މަގުސަދުކަމުގައި ވާންވާނީ، މުސްލިމަކަށް ބޭނުންވާނެ އާންމު މައުލޫމާތު ނުވަތަ ދީނަށް އުޅުމަށްޓަކައި ބޭނުންވާނެ އެކަށީގެންވާ މިންވަރެއްގެ މައުލޫމާތު ދަސްކޮށްދީ ފަރިތަކޮށްދިނުމެވެ.

Advertisement

މުސްލިމަކަށް ބޭނުންވާނެ އަޅުކަމާބެހޭ އާންމު މައުލޫމާތުތަކާއި ހަރާން ހަލާލާއި ބެހޭ ބައިގެ މުހިންމު ބައިތައް މިހާރުގެ އިސްލާމް މާއްދާގައި ހިމެނިފައިވެއެވެ. އަދި ހަމަ އެހެންމެ ދެންމެ މި ދަންނަވާލި މަގުސަދަށް ކިޔަވައިދޭއިރު ކޮންމެހެން ހުންނަން ނުޖެހޭނެ ތަފުސީލުތަކެއް އިސްލާމް މާއްދާގެ މިހާރުގެ ފޮތްތަކުގައި ހިމެނިފައިވެއެވެ. އަދި ވަރަށް މުހިންމު ބައިތަކެއް އިސްލާމް މާއްދާގައި މަދުވެއެވެ.

ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެތުރެމުންދާ ދިއުމަކީ ހަގީގަތެކެވެ. އޭގެ ފަރުވާއާއި ހައްލު ހޯދޭނީ އިސްލާމް މާއްދާ ކިޔަވައިދިނުމުގެ ތެރެއިންނެވެ. އެކަމަށް ހައްލެއް ނުފެނި މިއޮތީ، އިސްލާމް މާއްދާ ކިޔަވައިދިނުމުގައި ބަޔެއް މަދުވާތީއެވެ. ދީނީ ގޮތުން ހިޔާލު ތަފާތު މައްސަލަތަކުގައި އަނެކާ ދެކޭ ގޮތް އިހުތިރާމާއެކު ބަލައިގަތުމުގެ ސަގާފަތް ރާއްޖޭގައި އޮތީ ވަރަށް ކުޑަ މިންވަރަކަށެވެ. އެކަން އެހެންވެފައިވަނީ އިސްލާމް މާއްދާގައި ބައެއް މަދުވާތީއެވެ. އިސްލާމްދީނުގައި ވަކި ކަމެއް އޮތް ގޮތުގެ ހުކުމް ދެނެގަތުމުގައި އިލްމުވެރިންގެ ބަސް ހޯދަންވީ ކިހިނެއްކަން އަދި އިތުބާރުކުރަންވީ ކޮންކޮން އިލްމުވެރިންނަކަށްކަމެއް އެނގޭ ގޮތެއް ނެތެވެ. އެކަން އެހެންވަނީ އިސްލާމް ކިޔަވައިދިނުމުގައި ބައެއް މަދުވާތީއެވެ. ރާއްޖޭގެ ދީނީ އާދަކާދަތަކާއި ސަގާފަތާއި ދީނީ ވިސްނުން ބިނާކުރުމުގައި އިންތިހާއަށް ހަނި ވިސްނުންތަކެއް އާންމުންވަމުންދާ ދިއުމަކީ ވެސް އިސްލާމް މާއްދާގެ ތެރެއިން ނޫނީ ރަނގަޅުކުރެވެން ނެތް ކަމެކެވެ.

އާންމުކޮށް ރާއްޖޭގައި އިސްލާމް މުގައްރަރު ނުވަތަ އިސްލާމް މާއްދާ ކިޔަވައިދިނުމަށް ފޮތް ތައްޔާރުކުރުމުގައި އަމަލުކޮށްފައި ހުރީކީ މިދެންނެވުނު ސަބަބުތަކާއި މަގުސަދުތަކަށް އެހާ ބޮޑަށް އަމާޒުކުރެވިގެންނެއް ވެސް ނޫނެވެ. އަދި އެކަންކަމަށް ހައްލުލިބޭނެ ގޮތެއް ބަލައިގެންނެއް ނޫނެވެ. އެކި ޗެޕްޓަރު އެކި އިލްމުވެރިންނާ ހަވާލުކޮށްގެން ބޭފުޅަކު ޗެޕްޓަރެއް ލިޔުއްވީއެވެ. އެއްބޭފުޅަކު އޭނާގެ ޗެޕްޓަރު މާ ތަފުސީލުކޮށް ލިޔުއްވަފާނެއެވެ. އަނެއް ބޭފުޅަކު އެހެން ގޮތަކަށެވެ. ގްރޭޑްތަކުގައި ކިޔަވައިދެވޭ އިސްލާމް މާއްދާގެ ފޮތްތައް ބައްލަވާލެއްވީމާ މިކިޔާ އެއްޗެއް ނިކަން ރީތިކޮށް ފެންނާން ހުންނާނެއެވެ.

މާޒީގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އަޅުގަނޑު މިދަންނަވާ ހުރިހާ ކަމެއް ފުރިހަމައަށް ޝާމިލު، މޮޅު މުގައްރަރެއް އެކުލަވާލުމަކީ ފޮތެއްގެ ސިފައިގައި ކުރަން ދިމާކޮށްފިނަމަ އެހާ އަވަހަށް ކުރެވިދާނެ ކަމެއް ނޫނެވެ. ނަމަވެސް އެކަން ކުރެވޭނެ ގޮތެއް އަޅުގަނޑު ދަންނަވާފާނަމެވެ.

އެއް ކަމަކީ ތައުލީމީ ކޮންމެ މަރުހަލާއަކާ ގުޅޭ މިންވަރަކަށް އަދި ކުދިންގެ ސިކުނޑި ބޮޑުވަމުންދާ މިންވަރަކަށް ރިއާޔަތްކޮށްގެން ކޮންމެ މަރުހަލާއެއްގައި އިސްލާމީ އިލްމުގެ ޓާމިނޮލޮޖީ ދިވެހި އަދި އިނގިރޭސި އަދި އަރަބި ބަހުން އުގަންނައިދިނުމެވެ. އެއީ ވަރަށް ކަވި ބުރަ މަސައްކަތެއް ނޫނެވެ. ދެވަނަ ކަމަކީ، ކޮންމެހެން ކުރަންޖެހޭ އަޅުކަންތަކާއި އަޅުކަމުގައި ބޭނުންކުރެވޭ ދުއާތަކާއި ކިޔެވުންތައް ޅަފަތުގެ މަރުހަލާގައި ދަސްކޮށްދިނުމެވެ. މިއީ މިހާރުވެސް ވަރަށް ފުރިހަމައަށް ހިނގަމުންދާ ކަމެކެވެ.

ތިންވަނަ ކަމަކީ، އެކަންކަމުގެ ބޭރުން ދެން އިސްލާމް މާއްދާގައި ބާކީ ހުރި ބައި އުގަންނައިދިނުމަށް ފުންނާބު އުސް ޒަމާނީ ބޮޑެތި އިލްމުވެރިން ލިޔުއްވާފައި ހުރި ވަރަށް މުހިންމު ބައެއް ފޮތްތައް ކިޔަވައިދިނުމެވެ. މިދަންނަވާ މުހިންމު ގިނަ ފޮތުގެ އިނގިރޭސި ތަރުޖަމާ މިހާރުވެސް އެބަހުއްޓެވެ. ދިވެހި ބަހުން ތަރުޖަމާކުރުމަކީ ވެސް އުނދަގޫ ކަމެއް ނޫނެވެ.

މިގޮތުން ކިޔަވައިދޭންޖެހޭ މުހިންމު ފޮތްތައް ކަމަށް އަޅުގަނޑަށް ފެންނަ ބައެއް ފޮތްތައް ދަންނަވާނަމެވެ. މިދަންނަވާ ފޮތްތަކަކީ، ފަސޭހަކޮށް ކިޔައިދީފައި ހުންނަ އަދި އިސްލާމްދީނުގެ ފުޅާ ވިސްނުން ލިބިގަތުމަށް މަގުކޮށާފައި ހުންނަ، ފޮތްފޮތެވެ. އަދި އަމިއްލައަށް އުފައްދާ މުގައްރަރަކަށްވުރެ މި ފޮތްތަކުގެ މުސައްނިފުން އެފޮތްތައް އެކުލަވާފައި ހުންނަ ގޮތް މާ ޝައުޤުވެރިވެސްވާނެއެވެ.

އެއްފޮތަކީ، ޝައިޚް ޢަލިއްޔުއްޠަންޠާވީގެ އިސްލާމްދީނުގެ ކުރު ތައާރަފެއް މިފޮތެވެ. ޖެނެރަލް އިންޓްރޮޑަކްޝަން ޓު އިސްލާމް ގެ ނަމުގައި މިފޮތް މިހާރުވެސް އިނގިރޭސި ބަހުން އެބަ އޮތެވެ. ދެން ޑރ ޔޫސުފުލް ޤަރަޟާވީގެ އަލްޙަލާލް ވަލް ޙަރާމް އޭ ކިޔުނު ފޮތެވެ. މިއީ ވެސް އިނގިރޭސި ބަހުން ތަރުޖަމާ އޮތް ފޮތެކެވެ. މިދެ ފޮތް ވެސް އަޅުގަނޑުގެ އަޚް އައްޝައިޚް އިސްމާޢީލް ނާޖީ ދިވެހި ބަހަށް ތަރުޖަމާކުރައްވާފައިވެއެވެ.

ތިންވަނަ ފޮތަކަށް އަޅުގަނޑު ދައްކާނީ، ފިޤުހުވެރިންނާއި ހަދީސް އިލްމުވެރިން މާތް ނަބިއްޔާގެ ސުންނަތް މާނަކުރެއްވުމުގައި ހިޔާލު ތަފާތުވި މައިގަނޑު ސަބަބުތައް ވިސްނައިގަތުމަށް ނުހަނު މުހިންމު ފޮތެއް ކަމަށްވާ އައްޝައިޚް މުޙައްމަދުލްޣަޒާލީގެ އައްސުންނަތު ބައިނަ އަހްލިލްފިޤްހި ވަ އަހްލިލްޙަދީސް (ފިޤުހުވެރިންނާއި ހަދީސްވެރިންގެ އަރިހުގައި ސުންނަތް) އެވެ. ހަތަރުވަނަ ފޮތަކަށް ޑރ ޠާހާ ޖާބިރުލްޢަލްވާނީގެ ދަ އެތިކްސް އޮފް ޑިސްއެގްރީމަންޓް އިން އިސްލާމް ރަނގަޅުވާނެއެވެ.

އިތުރަށް ކިޔަވައިދޭންޖެހޭ އެއްޗަކީ ބޮޑެތި އިލްމުވެރިންނަކީ ކޮބައިކަމާއި، އާންމުކޮށް ކަމެއްގެ ހުކުމް ހޯދުމަށް ބެލުން އެންމެ އެދެވޭ ދީނީ ރިސޯސްތަކަކީ މިޒަމާނުގައި އަމުދުން ކޮބައިކަމެވެ.

މިޒަމާނުގައި އިސްލާމް މާއްދާ ކިޔަވައިދޭންވާނީ، ދީނުގެ ނަމުގައި ވާހަކަދައްކައިގެން އޭނާގެ ބޯ އެހެން މީހަކަށް ކައިނުލެވޭނެ ގޮތަކަށެވެ. އިސްލާމް އަކީ ކޯޗެއްކަން އެނގޭނެ ގޮތަކަށެވެ. އެދީނުގެ އިލްމުގެ ފުޅާކަމާއި މުއްސަނދިކަމާއި ފިޤުހުގެ ސްކޫލްތަކުގެ ގިނަކަމާއި މޭރުންވާނެ ގޮތަކަށެވެ. އެކަމަކު މައުލޫމާތު ފުންޏެއް ދީގެން ކުދިން ފޫހިވެގެން ނުދާނެވެސް ގޮތަކަށެވެ. އަދި އިސްލާމީ ވެށިތަކުގައި ހުރި ޒަމާނީ ދީނީ އޮޅުންބޮޅުންތަކާއި ހައިޖާނުތަކުގެ ކުރިމަތީގައި ދެބަންދިހާރަވެގެން ނުދާނެ ބިނާތަކެއްގެ މަތީގައިވެސްމެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox