ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ޖާގަ ތަނަވަސް ޝަހީދު އަލީ ސްކޫލް ހުޅުވައިފި

ޝަހީދު އަލީ ސްކޫލް ހުޅުވުން: އެ ސްކޫލަކީ 2،500 ޖާގައިގެ ސްކޫލެއް -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ޝަހީދު އަލީ ސްކޫލް ހުޅުވުން: އެ ސްކޫލަކީ 2،500 ޖާގައިގެ ސްކޫލެއް -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރި ޖާގަ ތަނަވަސް ޝަހީދު އަލީ ސްކޫލް މިއަދު ހުޅުވައިފި އެވެ.

ޖުމްލަ 2،500 އެއްހާ ދަރިވަރުންގެ ޖާގަ ހިމެނޭ ޝަހީދު އަލީ ސްކޫލުގައި 54 ކްލާސްރޫމާއި، ތިން ސައިންސް ލެބާއި، ފެންވަރު ރަނގަޅު އޮޑިޓޯރިއަމެއްގެ އިތުރުން މާލެ ސަރަހައްދުގައި އެންމެ ފެންވަރު ރަނގަޅު ސްޕޯޓްސް ހޯލެއް ހިމެނިފައިވެ އެވެ.

ސްކޫލް ހުޅުވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ 2،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ކިޔަވަމުންދާ ޝަހީދު އަލީ ސްކޫލުން މުދަރިސުންގެ ބުރަ މަސައްކަތާއެކު ފެންވަރު ރަނގަޅު ތައުލީމެއް ދެވޭނެ ކަމަށެވެ.

ޝަހީދު އަލީ ސްކޫލަށް ބަދަލުވި 2،000 އަށްވުރެ ގިނަ ދަރިވަރުންގެ ތެރެއިން 77 ޕަސަންޓު ދަރިވަރުންނަކީ އަތޮޅުތެރޭގެ ރަށްތަކަށް ނިސްބަތްވާ ދަރިވަރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީދު އަލީ ސްކޫލް ހުޅުވުން: އެ ސްކޫލްގައި 54 ކްލާސްރޫމް ވަނީ ގާއިމުކޮށްފައި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު
ޝަހީދު އަލީ ސްކޫލް ހުޅުވުން: އެ ސްކޫލްގައި 54 ކްލާސްރޫމް ވަނީ ގާއިމުކޮށްފައި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ޝަހީދު އަލީ ސްކޫލް ހުޅުވުން: އެ ސްކޫލްގައި 54 ކްލާސްރޫމް ވަނީ ގާއިމުކޮށްފައި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

މިނިސްޓަރު ވިދާޅުވީ އެ ސްކޫލް ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރެވިފައި ވިޔަސް، އެ ސްކޫލް ވެގެންދާނީ މުޅި ރާއްޖެ ޝާމިލުވާ ސްކޫލަކަށް ކަމަށެވެ.

"77 އިންސައްތަ އަތޮޅުތެރެއަށް ނިސްބަތްވާ ދަރިވަރުންނަކީ އެއީ ވަރަށް ބޮޑު އަދަދެއް. އެހެންވީމާ މި ސްކޫލް ވެގެންދާނީ ހުރިހާ ރަށްތަކެއް، ހުރިހާ އަތޮޅުތަކެއް މި ސްކޫލްގެ ތެރެއިން ޝަމިލުވެގެންދާ ސްކޫލެއް ގޮތުގައި މި ސްކޫލް އޮންނާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީދު އަލި ރަސްގެފާނުގެ ނަމުން ނަން ދެވިފައިވާ ޝަހީދު އަލީ ސްކޫލްގެ އަމަލީ މަސައްކަތް ފެށީ ޑިސެމްބަރު 25، 2023 ގަ އެވެ. އެހެންކަމުން އެ ސްކޫލް ހުޅުވައި ކިޔަވައިދޭން ފަށާފައި މިވަނީ ދެ އަހަރު ދުވަހުގެ މަސައްކަތަށް ފަހު އެވެ.

ޝަފީއު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހުޅުމާލޭގައި އިތުރު ސްކޫލްތައް އެޅުމަށް ޕްލޭންކޮށްފައި އެބަހުރި ކަމަށެވެ. އެގޮތުން އެއް ސްކޫލެއްގެ ކޮންސެޕްޓް ފައިނަލްކޮށް، ޑައިޒައިން މަރުހަލާ ވެސް ނިމިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox