ރަސްމާލޭގެ ފުރަތަމަ ޕްލޭން ފެއިލް؛ އެކަން ކުރެވޭނެ އިތުރު ގޮތެއް އޮތްތޯ ބަލަނީ

ފުށިދިއްގަރު ފަޅުގެ ހިއްކާފައިވާ ހަމައެކަނި ތަންކޮޅު -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ފުށިދިއްގަރު ފަޅުގެ ހިއްކާފައިވާ ހަމައެކަނި ތަންކޮޅު -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއުގެ ގޮތުގައި މިދިޔަ ޑިސެމްބަރު 18، ގައި ފެށި ރަސްމާލެ ހިއްކުމުގެ ޕްރޮޖެކްޓު ނިންމަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅި ތާރީހަށް އެ މަޝްރޫއު ނުނިންމޭނެ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އެތަން ހިއްކުމުގެ މަސައްކަތް ނިންމައިލެވޭން އެހެން ގޮތެއް އޮތްތޯ ބަލަމުންދާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ކޮންމެ މަހަކު އެއްފަހަރު އިންފްރަސްޓްރަކްޗާ މިނިސްޓަރީން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުންތަކުގެ ތެރެއިން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި "އަދަދު" ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުއްތަލިބު ވިދާޅުވީ، ރަސްމާލެ މަޝްރޫއު ހުއްޓިފައި އޮތީ އެ މަޝްރޫއު ހަވާލު ކުރި ސީއެމްސީސީ ކުންފުނިން އެ މަޝްރޫއު ކުރިއަށް ގެންދަން ޕްރޮޕޯޒް ކުރި ގޮތަށް އެތަނުގެ މަސައްކަތްތައް ކުރިއަށް ނުގެންދާތީ ކަމަށެވެ.

"އެ ބޭފުޅުންނަށް އެ ބޭފުޅުން ޕްރޮޕޯސް ކުރި ގޮތަށް ފައިނޭންސް ރެއިޒް ނުކުރެވިގެން މަޝްރޫއު ކުރިއަށް ނުގެންދެވިފައި އޮތީ،" މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ދެކުނުން 10 ކިލޯމީޓަރު ދުރުގައި އޮތް 1280 ހެކްޓަރުގެ ފުށިދިއްގަރު ފަޅުން 1153 ހެކްޓަރު ހިއްކަން ފެށީ މިދިޔަ ޑިސެމްބަރު 18، 2023 ގަ އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަން ރައީސް މުއިއްޒު ނިންމެވީ އެ މަޝްރޫއު ހިންގުމަށް ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ މަޖިލީހުން އުނިކޮށްފައި އޮއްވައި އެކަމަށް ޗެލެންޖު ކުރުމަށްފަހު އެވެ. އެ މަޝްރޫއު ފެށީ ހާމަކަމެއް ނެތި ކުއްލިއަކަށެވެ. އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ތެރެއިން ވެސް ވަރަށް ގިނަ ބަޔަކު އެކަމާ މެދު އޭރު ކަންބޮޑުވުން ފާޅުކުރި އެވެ.

ފުށިދިއްގަރު ފަޅު ހިއްކަން ފެށީ އެތަން ހިއްކާ ކުންފުންޏަށް ހުޅުމާލެއިން 10 ހެކްޓަރު އަދި ރަސްމާލެއިން 60 ހެކްޓަރު ލިބޭ ގޮތަށެވެ.

ނަމަވެސް މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސް އަށް މަސްދުވަހުގެ ތެރޭގައި ނިންމައިލާނެ ކަމަށް ސީދާ ރައީސް މުއިއްޒު ވިދާޅުވެ ފެށްޓެވި މަޝްރޫއު ކުރިއަށް ދިޔައީ ކުޑަ ކުވަސްކޮޅެއް ވަންދެނެވެ. ފެބްރުއަރީ މަހުން ފެށިގެން ފުށިދިއްގަރު ފަޅު ހިއްކުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާކަން "އަދަދު" އަށް ވަނީ ކަށަވަރު ކުރެވިފަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ސީއެމްސީސީ ކުންފުންޏާ ސަރުކާރުން އޭރު ހަވާލު ކުރީ އެ ކުންފުނިން އެ މަސައްކަތް ކުރަން ހުށަހެޅި ޕްރޮޕޯޒަލްއަށް ބެލުމަށްފަހުގައި ކަމަށެވެ.

"އެހެންވީމާ އޭރުގައި އެ ބޭފުޅުން ހުށަހަޅާފައި އޮތް ގޮތަށް މަސައްކަތް ފަށަން، އެ ބޭފުޅުންގެ ގުޅިފައި އޮތް ބޮސްކާލިސް މިކޮޅުގައި އޮތް، ބޮސްކާލިސްގެ ދެ ޑުރެޖަރު އޮތް އޭރުގައި އެހެންވީމާ އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ އޭރު ސީދާ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާނެ ކަމަށް، އެގޮތަށް އެ ބޭފުޅުން ހުށަހެޅީ ވެސް، އެހެންނަމަވެސް އެގޮތަށް އެ ބޭފުޅުން މަސައްކަތް ކުރިއަށް ނުގެންދިޔައީމާ މިހާރު ސަރުކާރުން އެހެން ގޮތްތަކެއް ހޯދަނީ،" މުއްތަލިބު ވިދާޅުވި އެވެ.

އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލައި ފުށިދިއްގަރު ފަޅު ހިއްކޭނެ އެހެން ގޮތެއް އޮތްތޯ ސަރުކާރުން މިހާރު ބަލަމުންދާކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ. ނަމަވެސް އެކަން ކުރަމުންދަނީ ދެން ވެސް އެންމެ އަވަހަށް އެތަނުގެ މަސައްކަތް ނިންމައިލެވޭނެ ގޮތެއް ހޯދުމުގެ ވިސްނުން ބަހައްޓައިގެން ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

ފުށިދިއްގަރު ފަޅު ހިއްކައި އެތަނުގައި މީހުން އާބާދުވުމުގެ ކުރިން ކުރަންޖެހޭ، މަގުހެދުމާއި ފެނާއި ނަރުދަމާ އެޅުމުގެ އިތުރުން އެހެނިހެން މަސައްކަތްތައް ވެސް އެތަން ހިއްކާ ނިމުނުހައި އަވަަކަށް ފަށާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. ފުށިދިއްގަރު ފަޅު ހިއްކައި ނިންމޭނެ ތާރީހެއް ކަމަށް އަންދާޒާ ކުރަނީ މިއަހަރުގެ ނިޔަލަށް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ އޭރުގައި ވިދާޅުވީ އޭރުގައި މަސައްކަތް ފަށާތާ އަށްމަސްދުވަސް ތެރޭގައި ނިންމާނެ ކަމަށް އެހެންނަމަވެސް ކޮންމެގޮތެއްވިޔަސް އަޅުގަނޑުމެންނަކަށް މިހާރު ފަށައިގެންނެއް އަށް މަސްދުވަހުގެ ތެރޭގައެއް ނުއެއް ނިންމޭނެ، އެހެންނަމަވެސް މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ މިއަހަރު ނިމެންވާއިރަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި އަޅުގަނޑުމެންނަށް ހައުސިންއާ އެކަންތައްތައް ފެށުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ފެށިގެން ދާނޭ، އެތަނުގެ މަގު ހެދުމާއި ފެނާއި ކަރަންޓާއި، ނަރުދަމާގެ މަސައްކަތް ވެސް ފެށިގެންދާނެ [ކަމަށް]،" މުއްތަލިބު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox