އަމިއްލަ ފަރާތަކަށް 157 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކައިގެން ބަޖެޓަށް ފައިސާ ހޯދައިފި

ފިނޭންސް މިނިސްޓްރީ -- ފޮޓޯ: އަދަދު

ފިނޭންސް މިނިސްޓްރީ -- ފޮޓޯ: އަދަދު

މި އަހަރަށް ފާސްކޮށްފައިވާ ދަރަނި ބޮޑު ބަޖެޓަށް ފައިސާ ހޯދަން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އަމިއްލަ ފަރާތަކަށް 157 މިލިއަން ދިވެހި ރުފިޔާގައި އަގުކުރެވިފައިވާ ޑޮލަރު ޓްރެޝަރީ ބޮންޑެއް ވިއްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި ބޮންޑު ވިއްކީ މި މަހުގެ ނުވަ ވަނަ ދުވަހާއި 16 ވަނަ ދުވަހާ ދޭތެރޭގަ އެވެ.

ސަރުކާރުން މި ޕްރައިވެޓް ޓްރަޝަރީ ބޮންޑު ވިއްކީ އެއް އަހަރާއި ދެ އަހަރާއި ދެމެދުގެ މުއްދަތަކަށެވެ. މިއީ ރާއްޖޭގެ ޕްރައިވެޓް ސެކްޓާއަށް (އަމިއްލަ ފަރާތަކަށް) ބޮންޑެއް ވިއްކައިގެން ބަޖެޓަށް ފައިސާ ހޯދި ފުރަތަމަ ފަހަރު ކަމަށް "އަދަދު" އަށް މައުލޫމާތު ލިބިފަ އެވެ.

މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގައި ސުވާލުކުރުމުން ބޮންޑު ވިއްކައިގެން ފައިސާ ހޯދިކަން ކަށަވަރުކޮށް ދިން ނަމަވެސް އެ ވިއްކި ފަރާތެއް ހާމައެއް ނުކުރެ އެވެ.

"އިންވެސްޓާ ކޮންފިޑެންޝާލިޓީ ހިފެހެއްޓުމުގެ ގޮތުން ސަރުކާރުގެ ސެކިއުރިޓީތަކަށް އިންވެސްޓުކުރާ ވަކިވަކި ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރެވޭކަށް ނެތް" ފިނޭންސުގެ އޮފިޝަލަކު ބުންޏެވެ.

މި އަހަރަށް ފާސްކުރި ބަޖެޓަކީ 15 ބިލިއަން ރުފިޔާއިން ޑެފިސިޓު ބަޖެޓެކެވެ. މި ފައިސާގެ ތެރެއިން 8.4 ބިލިއަން ރުފިޔާ ހޯދަން މީގެ ހަތަރު މަސް ކުރިން ފިނޭންސުން އިއުލާނެއް ކޮށްފައިވެ އެވެ. ބެލެވެނީ މި ފައިސާ ވެސް ހޯދީ އެ އިއުލާނާ ގުޅިގެން ޝައުގުވެރިކަން ފާޅުކުރި އިންވެސްޓަރެއްގެ އަތުންނެވެ.

ފިނޭންސުގެ އެ އިއުލާނުގައި ވަނީ ސަރުކާރުން އާންމުކޮށްފައިވާ ދަރަނި ނެގުމުގެ ޕްލޭނާ އެއްގޮތަށް ލޯނާއި ޓްރެޝަރީ ސެކިއުރިޓީގެ ގޮތުގައި ފައިސާ ދޭނެ ފާރާތްތަކުގެ ހުށަހެޅުންތަކަށް ހުޅުވާލާފަ އެވެ. މި ފައިސާ ހަރަދުކުރަނީ ސަރުކާރުން އިސްކަންދޭ ޕްރޮޖެކްޓުތަކަށެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުން ވިއްކާފައިވާ ސެކުއިރިޓީސްއަށް ދައްކަން ޖެހޭ ފައިސާގެ އަދަދު އެންމެ ފަހުން ހުރީ 83.3 ބިލިއަން ރުފިޔާގަ އެވެ. މި އަހަރު ފެށުނުއިރު މި އަދަދު ހުރީ 81.5 ބިލިއަން ރުފިޔާގަ އެވެ. މިއީ 1.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox