ބާރުތައް އަތުލުމަށް ފަހު، ކައުންސިލްތައް ބާކީކުރަން ބޭނުން ނުވާ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ޕީއެންސީން އިއްޔެ ބޭއްވި ސައިކަލް ބުރު ނިންމާލުމުގެ ގޮތުން ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްއެމްޓީވީ

ޕީއެންސީން އިއްޔެ ބޭއްވި ސައިކަލް ބުރު ނިންމާލުމުގެ ގޮތުން ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްއެމްޓީވީ

އަތޮޅު ކައުންސިލްތައް އުވާލައި، އަދި އެހެން ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ފަހު، އެފަދަ ކަންކަމަކީ އެ މަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީން އިއްޔެ މާލޭގައި ބޭއްވި ސައިކަލް ބުރު ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ "ކައުންސިލްތައް ބާކީކޮށް، ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން" ކަމަށެވެ.

އޭޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި އޮއްވައި މުއިއްޒުގެ ރާގު ބަދަލު ކުރުމަށް، ޕީއެންސީގެ ކެންޑިޑޭޓުން ހޮވަންވީ އެއް ސަބަބެއްގެ ގޮތުގައި ދެއްކެވީ ކައުންސިލްތައް ބާކީ ކުރުމަކީ އެ މަނިކުފާނު ގެންގުޅުއްވާ ހަމައެއް ކަމަށް ނުވުމެވެ.

ނަމަވެސް މުއިއްޒު އެހެން ވިދާޅުވިއިރު، އަތޮޅު ކައުންސިލްތައް އުވާލައި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް އެހެން ކައުންސިލްތަކުގެ މަސައްކަތް ހުއްޓުވުމުގެ ބޭނުމުގައި ލާމަރުކަޒީ ގާނޫނު ވަނީ ބަދަލުކޮށްފަ އެވެ.

އެ ބިލުގެ މަސައްކަތް މަޖިލީހުގައި ދިޔަ ދުވަސްވަރު އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވަނީ، އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް މުއިއްޒު ކުރެއްވި ކަމެއް ކަމަށެވެ.

އިއްޔެ މުއިއްޒު ފާހަގަކުރެއްވި އަނެއް ކަމަކީ، ރަށްރަށާއި ސިޓީތަކުގައި ކުރަން ހުރި ކޮންމެ ކަމަކީ ލާމަރުކަޒީ އުސޫލުގެ ތެރެއިން، ނިޒާމުގެ ތެރެއިން ކުރިއަށް ގެންދެވިއްޖެ ނަމަ، އޭގެ އެންމެ ހެވާއި ލާބަ ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.

"އެހެންވީމާ ކައުންސިލްތަކުގައި މިކަމަށް އެއްބާރުލުން ދޭނެ ބޭފުޅުން ތިއްބެވުން މުހިއްމު ވަނީ. އެހެންވެ ކައުންސިލް އިންތިހަބުގައި ޕީއެންސީގެ ކެންޑިޑޭޓުން ހޮއްވައިދިނުމަށް އެދެނީ،" މުއިއްޒު ވިދާޅުވިއެވެ.

"މިކަމުގެ ނަތީޖާ ފޮނިވާނެ."

މުއިއްޒު މިހެން ވިދާޅުވިއިރު، އެ މަނިކުފާނު ވަނީ ކައުންސިލްތަކުގެ ބަހެއް ނެތިވެސް ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތް ހައްދަވައިފައެވެ. މިހާރު ލާމަރުކަޒީ ގާނޫނު އޮތް ގޮތުން، ކައުންސިލަކުން ހުއްދައެއް ނުދިނަސް ސަރުކާރުން ބޭނުންވާ މަޝްރޫއެއް ކުރިއަށް ގެންދިޔުމަކަށް ހުރަހެއް ނެތެވެ.

ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި އޮތީ އިދިކޮޅު ކައުންސިލްތަކުގެ މެޖޯރިޓީ އޮވެގެންނެއް ނޫނެވެ. ރާއްޖޭގެ ގިނަ ރަށްތަކެއްގައި ތަރައްގީގެ މަޝްރޫއުތައް ގާތްގަނޑަކަށް ހުއްޓިފައިވާއިރު، ފެށުނީއްސުރެވެސް ޕީޕީއެމް/ޕީއެންސީގެ މެޖޯރިޓީ އޮންނަ ރަށްރަށުގައި ވެސް މަޝްރޫއުތައް ވަނީ ހުއްޓިފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox