ހުޅުމާލެ ހޮޓަލެއްގައި ބިދޭސީއަކާއި ދިވެއްސަކާ ދެމެދު މާރާމާރީއެއް ހިނގައިފި އެވެ.
ފުލުހުން ބުނީ ދިވެއްސަކާއި ބިދޭސީއަކާ ދެމެދު މާރާމާރީއެއް ހިނގި ކަމުގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 12 ޖާހަކަށް ހާއިރު ކަމަށެވެ.
މި މާރާމާރީ ހިންގީ ދިވެހި މީހާ ކަމަށާއި އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މާރާމާރީގައި އަނިޔާވި ބިދޭސީ މީހާއަށް ލިބުނު އަނިޔާތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ.














