ކުށުގެ ފައިސާ ރާއްޖޭން ބޭރަށް ފަސޭހައިން ނުގެންދެވޭ ގޮތަށް އުސޫލު ހަރުކަށިކޮށްފި

ޯހޯމް މިނިސްޓަރު އިހުސާން: ރާއްޖޭން ބޭރަށް ޑޮލަރު ހިފައިގެން ގެންދެވޭ އުސޫލު ހަރުކަށިކޮށްފި - ފޮޓޯ: ރައީސް އޮފީސް

ޯހޯމް މިނިސްޓަރު އިހުސާން: ރާއްޖޭން ބޭރަށް ޑޮލަރު ހިފައިގެން ގެންދެވޭ އުސޫލު ހަރުކަށިކޮށްފި - ފޮޓޯ: ރައީސް އޮފީސް

ކުށުގެ ފައިސާ ހޯދުމަށް ފަހު ރާއްޖެއިން ބޭރަށް ގެންދާ ކަން ފާހަގަ ކުރެވޭ ކަމަށާއި އެ ކަން ހައްލުކުރަން ޑޮލަރު ގެންދެވޭ އުސޫލު ހަރުކަށިކޮށްފައިވާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި އުސޫލަށް ގެނައި ބަދަލަކީ 10،000 ޑޮލަރަށް ވުރެ އިތުރަށް ފައިސާ ބޭރަށް ގެންދާ ނަމަ އެ ފައިސާގެ މަސްދަރު ނުވަތަ ހޯދި ގޮތް ބުނެދޭން ޖެހުމެވެ. ފައިސާ ބޭރު ކުރަން ބޭނުންވާ ފަރާތުން ފައިސާ ހޯދި ގޮތުގެ ތަފުސީލު ވެސް ދޭންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުރީގައި 10،000 ޑޮލަރު ހިފައިގެންދާ މީހާ، ތިމަންނަ މި ދަނީ އެ ވަރަށް ޑޮލަރު ހިފައިގެންނޭ ބުނެފައި ދާންވީ، އޭނާއާ ސުވާލެއް ވެސް ނުކުރޭ، ބައިނަލްއަގުވާމީ ގޮތުން ވެސް ހަމަތަކެއް އޮންނަ ކަމެއް އެއީ. އޭގެ ސޯސް އޮފް ފަންޑްސް، ކިހިނެއް ހޯދި ފައިސާ ކަން ބުނެދޭން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

Advertisement

ރާއްޖޭގައި ސޭލްސް އެސިސްޓަންޓް، ކެފޭ/ރެސްޓޯރަންޓް ވެއިޓަރުން، ކައްކާއިން، ނުވަތަ ލޭބަރުންގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީން ވެސް ރާއްޖޭގައި މަސައްކަތްކުރާތާ މަދު ދުވަސްތަކެއްގެ ތެރޭގައި ރާއްޖޭން ބޭރަށް ލައްކައަށް ވުރެ ގިނަ ޑޮލަރު ގެންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"ދިވެއްސަކު ވިޔަސް، ބޭރު މީހަކު ވިޔަސް، ރާއްޖޭން ބޭރަށް، 10،000 ޑޮލަރަށް ވުރެ މަތިން، ދިވެހި ފައިސާ ވިޔަސް، ބޭރު ފައިސާ ވިޔަސް، ކިހިނެއް ލިބުނު ފައިސާއެއް ކަން، ރަނގަޅަށް ބުނު ނުދެވޭހާ ހިނދަކު، އެ ފައިސާ އަޅުގަނޑުމެން ދުލެއް ނުކުރާނަން،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox