ފީފާ ފުޓްސަލް ރޭންކިންގައި ރާއްޖެ 110 ވަނައިގައި: ސާފް ސަރަހައްދުން އެއް ވަނަ!

ފީފާ ފުޓްސަލް ރޭންކިންގައި ރާއްޖެ 110 ވަނައިގައި: ސާފް ސަރަހައްދުން އެއް ވަނަ!

ފީފާ އިން ފުރަތަމަ ފަހަރަށް ނެރުނު ފުޓްސަލް ރޭންކިންގައި ރާއްޖޭގެ ފިރިހެން ގައުމީ ޓީމު، 110 ވަނައިގައި ހިމެނިފައިވާއިރު، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ތިން ގައުމެއް ރޭންކްކޮށްފައިވެ އެވެ. އޭގެ ތެރެއިން، އެއް ވަނައިގައި އޮތީ ރާއްޖެ އެވެ.

ރާއްޖޭގެ ގައުމީ އަންހެން ފުޓްސަލް ޓީމެއް މެޗެއް ވެސް ނުކުޅޭތީ ރޭންކިންގައި ނެެތެވެ.

އިއްޔެ، ފީފާ ރަސްމީ ވެބްސައިޓުގައިވަނީ މުޅިން އަލަށް ފުޓްސަލް އިން ގައުމުތަށް ރޭންކްކޮށްފަ އެވެ. އެ ގޮތުން، ޖުމްލަ އެކު، 139 ގައުމެއް ވަނީ ރޭންކްކޮށްފަ އެވެ.

މި ރޭންކިންގައި ރާއްޖޭގެ ފިރިހެން ގައުމީ ފުޓްސަލް ޓީމު، ހިމެނެނީ 110 ގަ އެވެ. އެއީ އޭޝިއާ އަށް ބަލާއިރު، 27 ވަނައިގަ އެވެ.

ރޭންކިންގައި، ދެކުނު އޭޝިއާ (ސާފް)ގެ ގައުމުތަކަށް ބަލާއިރު، ރާއްޖެ ފަހަތުން، ނޭޕާލް، 121 ވަނައިގައި އޮތްއިރު، އިންޑިއާ އޮތީ 135 ވަަނައިގަ އެވެ. މި ސަރަހައްދުން އިތުރު ގައުމެއް ރޭންކްކޮށްފައިނުވެ އެވެ.

ރާއްޖެ ރޭންކިންގައި ސަރަހައްދުގެ ކުރީގައި އޮތީ ވޭދުވެދިޔަ ދެތިން އަހަރު އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ނެރެފައިވާ ނަތީޖާތަކާ އެކު އެވެ.

ރާއްޖޭން އޭޝިއާގެ ކޮލިފައިން މެޗުތަކުގައި ސްކޯ އިން ހޯދި ކުރިއެރުމާއި އެހެނިހެން ކަންކަމަށް ބަލާފައި، ނެގި ކޯއެފިޝެންޓް ރޭންކިން ޕޮއިންޓްސް އަށް ބަލާއިރު ތަފާތު ދައްކާފައިވެ އެެވެ. ޖުމްލަ ޕޮއިންޓްގެ ގޮތުގައި، ރާއްޖެ އަށް ވަނީ 905.56 ޕޮއިންޓް ލިބިފަ އެވެ.

ރޭންކިން ކަނޑައެޅިފައި އޮތްގޮތަށް ބަލާއިރު،މ ދުނިޔޭގެ ފުޓްސަލް އެއް ވަނައިގައި އޮތީ ބްރެޒިލް އެވެ. ދެ ވަނައިގައި ޕޯޗުގަލް އޮތްއިރު، ތިން ވަނައިގައި އޮތީ ސްޕެއިން އެވެ، ހަތަރެއްގައި އޭޝިއާގެ ގަދަބާރު އިރާން އޮތްއިރު، ފަސް ވަނައިގައި އޮތީ އާޖެންޓީނާ އެވެ. ގަދަ ދިހައެއްގައި ހިމެނޭ ބާކީ ފަސް ގައުމަކީ، މޮރޮކޯ، ރަޝިއާ، ކަޒަކްސްތާން، ތައިލެންޑް އަދި ފްރާންސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox