ހުޅުމާލެ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގެ މަސައްކަތް ކުރަނިކޮށް އަނިޔާވި މީހަކު މަރުވެއްޖެ އެވެ.
މިއަދު ހެނދުނު ހުޅުމާލެ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގެ މަސައްކަތް ކުރަނިކޮށް އަނިޔާވީ, ބިދޭސީއަކަށެވެ. އޭނާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހެނދުނު 10:38 ހާއިރު އެވެ.
ފުލުހުން ބުނީ, އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށެވެ.
މި ހާދިސާގައި އަނިޔާވެ, މަރުވީ އުމުރުން 30 އަހަރުގެ އިންޑިއާ ފިރިހެނަކަށެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.













