ސްޕެޝިއަލް އޮލިމްޕިކްސް ފުޓްބޯޅައިގައި ރާއްޖޭން އިންޑިއާ ބަލިކޮށްފި

Apr 19, 2024, 9:17 AM
ސްޕެޝިއަލް އޮލިމްޕިކްސް ފުޓްބޯޅައިގައި ރާއްޖޭން އިންޑިއާ ބަލިކޮށްފި

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސްޕެޝިއަލް އޮލިމްޕިކްސް، ސައުތު އޭޝިއާ ކަޕް، ޔުނިފައިޑް ފުޓްބޯލްގައި ރާއްޖޭން 4-2 އިން އިންޑިއާ ބަލިކޮށްފި އެވެ.

ބަޝުންދަރާ އެރީނާގައި ކުރިއަށްދާ މި ސެވަން އަ ސައިޑް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމުން ކުުޅުނު ފުރަތަމަ ތިން މެޗުން ވަނީ ބަލިވެފަ އެވެ. އެ ގޮތުން ބަންގްލަދޭޝް އޭ ޓީމު އަތުން ފުރަތަމަ މެޗުގައި ވަނީ 6-0 އިން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި ބަންގްލަދޭޝްގެ ބީ ޓީމު އަތުން ބަލިވީ 3-0 އިންނެވެ.

ރާއްޖޭން ތިން ވަނަ މެޗުގައި ބައްދަލުކުރީ އިންޑޮނީޝިއާއާ އެވެ. އެ ޓީމު އަތުން ރާއްޖެ ބަލިވީ 4-2 އިންނެވެ.

Advertisement

މުބާރާތުގައި ރާއްޖޭން ހޯދި ފުރަތަމަ މޮޅަކީ، މިއަދު އިންޑިއާ އަތުން 4-2 އިން ހޯދި ކާމިޔާބެވެ. މި މެޗުގައި ރާއްޖޭގެ ޓީމުގެ، ހުމައިދު ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ލަނޑު ޖެހީ، އަޝަމް އެވެ.

ޔުނިފައިޑް ފުޓްބޯލްގައި، ހާއްސަ އެހީއަށް ބޭނުންވާ ހަތަރު ކުޅުންތެރިންނާއި ހާއްސަ އެހީއަށް ބޭނުންވާ ތިން ކުޅުންތެރިންނަށް އެއް ފަހަރާ ޓީމަށް އަރައި ކުޅެވޭނެ އެވެ.

ބަންގްލަދޭޝްގެ ސްޕެޝިއަލް އޮލިމްޕިކްސް ކޮމިޓީން އިންތިޒާމްކުރި މި މުބާރާތުގައި ރާއްޖޭގެ ޓީމަށް އިރުޝާދުދިނީ، ތަޖުރިބާކާރު ފުޓްބޯޅަ ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ. ގައުމީ އެކި އުމުރުފުރާ ޓީމުތަކުގެ ކޯޗުކަން ކުރި ނާދު އަކީ ފުރަތަމަ ޑިވިޝަނުގައި ވެސް ގިނަ ކްލަބްތަކެއްގައި މަސައްކަތްކޮށްފައިވާ ކޯޗެކެވެ.

މުބާރާތަށް ޓީމު ފުރުމުގެ ކުރިން، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވަނީ ޓީމާ ބައްދަލުކޮށް ހިތްވަރުދެއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox