ގޯސް މަގުން ކަންކަން ކުރެއްވެނީ ރައީސް މުއިއްޒުގެ ތަޖުރިބާ މަދުވުމުން: އަސްލަމް

މަޖިލީހުގެ ރައީސް އަސްލަމް; ރައީސް މުއިއްޒުގެ ސިޔާސީ ތަޖުރިބާ މަދުކަމަށް ވިދާޅުވި -- ފޮޓޯ: މިރާން/ އަދަދު

މަޖިލީހުގެ ރައީސް އަސްލަމް; ރައީސް މުއިއްޒުގެ ސިޔާސީ ތަޖުރިބާ މަދުކަމަށް ވިދާޅުވި -- ފޮޓޯ: މިރާން/ އަދަދު

މި ވެރިކަމުގައި ވޭތުވެދިޔަ ހަތަރު މަހު ފެނިގެން ދިޔައީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ތަޖުރިބާ މަދުކަން ކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހުން ރޯދަ މަހު ގެނެސްދޭ 'ކުޅިކޮށް' ޕްރޮގްރާމުގެ ރޭގެ އެޕިސޯޑުގައި އަސްލަމް ވިދާޅުވީ ރައީސް މުއިއްޒުގެ ސިޔާސީ ތަޖުރިބާ ތަންކޮޅެއް މަދުވުމުން, ބައެއް ކަންކަން ކުރައްވަންޖެހޭ ގޮތް ނޫން އެހެން ގޮތްގޮތަށް ކުރެއްވޭ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް ސިފަ ކުރެވެނީ ސިޔާސީ ތަޖުރިބާ ރައީސް މުއިއްޒުގެ ތަންކޮޅެއް މަދުކަމަށް. އެ ތަޖުރިބާ ދެން ލިބެން ފަށާނެ. ލިބެން ފެށީމަ މިއަށްވުރެ ރަނގަޅު ވެދާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަނީ. އެހެން ނަމަވެސް ސިޔާސީ ތަޖުރިބާ ތަންކޮޅެއް މަދުވީމަ ބައެއް ކަންކަން އަސްލުގައި ކުރަން ވާގޮތް ނޫން ގޮތްގޮތަށް އެބަ ކުރެވޭ," މެދުނުކެނޑި 20 އަހަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި އަސްލަމް ވިދާޅުވި އެވެ.

ސިޔާސީ ތަޖުރިބާ މަދުވުމުން ގޯސްކޮށް ކުރެއްވިފައިވާ ކަންކަމުގެ ތެރެއިން މިސާލެއްގެ ގޮތުގައި އަސްލަމް ފާހަގަ ކުރެއްވީ ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުންނަށް ޓިކެޓި ދިނުމާއި, ޓިކެޓު އަތުލުން އަދި ޓިކެޓި ދީފައި ހުންނަ ކެންޑިޑޭޓު ނޫން އެހެން ކެންޑިޑޭޓަކަށް ރައީސް މުއިއްޒު ތާއިދު ކުރެއްވުމެވެ.

"މިސާލަކަށް ޕާޓީގެ ތެރޭގައި ވެސް ކަންކަން ހިނގަމުންދާ ގޮތާއި, ޓިކެޓު ދެވިފައި, ޓިކެޓު އަތުލާފައި, އަދި ޓިކެޓު ދެވިފައި ހުންނަ މީހާ ނޫން މީހާއަށް ތާއިދު ކުރުމާ. މިކަހަލަ ބައިވަރު ކަންކަން," އަސްލަމް ވިދާޅުވި އެވެ.

ބައެއް މުއައްސަސާތަކަށް މީހުން އައްޔަނު ކުރައްވަމުން ގެންދަވަނީ ވެސް ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ނޫން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަހުން ފެށިގެން، ޔާމީނާ ގުޅުން ކަނޑައިލި އެވެ. މުއިއްޒަށް ސިޔާސީ ގޮތުން އެންމެ ބޮޑު ޕްރެޝަރަކަށް ވެގެން ދިޔައީ، ޕާޓީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުން އެއްގޮތް ނުކުރެވި، ޔާމީން ވެސް ދުރުވެ އެހެން ޕާޓީއެއް އުފައްދަން މަސައްކަތް ކުރުމެވެ.

އެ މައްސަލަ ހައްލު ނުކުރެވި އެންމެ ފަހުން، ރައީސް މުއިއްޒު ވަނީ، ޔާމީން މަސައްކަތް ކުރެއްވީ "ހިޔަޅު" ވިސްނުމުގައި ކަމަށް ބުނެފައިވާ ޕޯސްޓެއް ރިޕޯސްޓު ވެސް ކުރެއްވި އެވެ. ނަމަވެސް، ރިޕޯސްޓު ފަހުން އަންޑޫ ކުރެއްވި އެވެ.

ރައީސް މުއިއްޒުގެ ސިޔާސީ ހަޔާތް ފެއްޓެވީ 2005 ވަނަ އަހަރު އަދާލަތު ޕާޓީންނެވެ. އެ ޕާޓީގައި އިދާރީ މުވައްޒަފަކަށް އުޅުއްވަމުން ގެންދަވަނިކޮށް، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސަރުކާރުގެ ހައުސިން މިނިސްޓަރުގެ މަގާމު ލިބިވަޑައިގަތެވެ. އެއަށްފަހު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑީއޭގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ހައުސިން މިނިސްޓަރުކަން އަދާކުރެއްވި އެވެ. ނަމަވެސް ވެރިކަމުގެ ދައުރު ނިމުގެ ކުރިން އެމްޑީއޭއިން ވަކިވެ ޕީޕީއެމްއާ ގުޅިވަޑައިގަތެވެ.

ޖުމްލަ ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވުމަށްފަހު, ދެން އެމަނިކުފާނު ވަޑައިގެންނެވީ 2021ގައި މާލެ ސިޓީގެ މޭޔަރު ކަމަށެވެ. މޭޔަރު ކަމުގައި ދެ އަހަރު ހުންނެވުމަށްފަހު ނިމިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް, ޕީއެންސީއަށް ބަދަލުވެ ވަޑައިގެން, މިހާރު ރާއްޖޭގެ ވެރިކަން ކުރައްވަމުން ގެންދަވަނީ ޕީއެންސީގެ ވެސް ރައީސްގެ މަގާމުގައި ހުންނަވައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox