ޕެންޝަން ފަންޑު މެދުވެރިކޮށް "ފައިސާ ޗާޕުކުރީ" މުސާރަ ދެވޭނެ ގޮތެއް ނެތިގެން!

Jul 24, 2026, 8:30 AM
ރައީސް މުހައްމަދު މުއިއްޒު

ރައީސް މުހައްމަދު މުއިއްޒު

ޕެންޝަން ފަންޑު މެދުވެރިކޮށް 2.4 ބިލިއަން ރުފިޔާގެ "ފައިސާ ޗާޕުކުރުމުގެ" މުއާމަލާތް ސަރުކާރުން ކުރިއަށް ގެންދިޔައީ މި މަހުގެ މުސާރަ ދެވޭނެ ގޮތެއް ނެތިގެން ކަމަށް ސަރުކާރުގެ ބައެއް އޮފިޝަލުން ނަން ނުޖެހުމަށް ޝަރުތުކޮށް 'އަދަދު' އަށް މައުލޫމާތު ދީފި އެވެ.

ޕެންޝަން ފަންޑުގައި ކުރިން ތިބި ބޯޑު މެންބަރުންނާއި އިސް މުވައްޒަފުން، ފަންނީ މާހިރުން، އިދިކޮޅު ސިޔާސީ ފަރާތްތައް އަދި އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ޕެންޝަން ފަންޑުން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ޓީބިލު ދިގުމުއްދަތުގެ ބޮންޑަކަށް ބަދަލުކުރުމުގެ މުއާމަލާތް ނިންމައި، އެ ފައިސާ އިއްޔެ ވަނީ ސަރުކާރަށް ލިބިފަ އެވެ.

މި މުއާމަލާތް ފުރިހަމަކުރި ކަމަށް ފިނޭންސް މިނިސްޓްރީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި ޕެންޝަން އޮފީހުން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުވާ ގޮތުގައި އިއްޔެ ހަވީރުވުމުގެ ކުރިން އެ ފައިސާ ވަނީ ސަރުކާރުގެ އެކައުންޓަށް ޖަމާވެފަ އެވެ.

Advertisement

ގާނޫނީ ބާގަނޑަކުން ފައިސާ ޗާޕުކުރުން

އިގުތިސޯދީ މާހިރުން ސިފަކުރައްވާ ގޮތުގައި، ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް އެމްއެމްއޭއިން ސީދާ ދަރަންޏަށް ފައިސާ ނުނެގޭތީ ޕެންޝަން އޮފީސް މެދުވެރިކޮށް ކުރި މި އިންވެސްޓްމަންޓަކީ ގާނޫނުގައި ހުރި ބާގަނޑުތަކުގެ ބޭނުންކޮށްގެން ހިންގި ފައިސާ ޗާޕުކުރުމުގެ މުއާމަލާތެކެވެ.

ސަބަބަކީ އެމްއެމްއޭއިން ސީދާ ފައިސާ ނެގުމާއި، އެމްއެމްއޭއިން ޕެންޝަން އޮފީހަށް ފައިސާ ދިނުމަށްފަހު އެ ފައިސާ ސަރުކާރުން ބޭނުންކުރުމުގެ އިގުތިސޯދީ ނަތީޖާ މުޅިން އެއްގޮތްވުމެވެ.

މި މުއާމަލާތުގެ މައުލޫމާތު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ތިލަވީއްސުރެ ސަރުކާރާއި ޕެންޝަން އޮފީހުން ދިފާއުގައި ބުނަމުންދަނީ މިއީ ފައިސާ ޗާޕުކުރުން ނޫން ކަމަށާއި، ފަންޑަށް ފައިދާހުރި އިންވެސްޓްމަންޓެއް ކަމަށެވެ. ޕެންޝަން އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީގެ ސަބަބުން ފަންޑުގެ ޕޯޓުފޯލިއޯ ޑައިވާސިފައިވެ، ފަންޑަށް ޑޮލަރު ލިބެން މަގުފަހިވާނެ ކަމަށެވެ.

ބޯޑު މެންބަރުންގެ އިސްތިއުފާއާއި މުއާމަލާތުގެ ޓައިމްލައިން

މި މުއާމަލާތާ ދެކޮޅުހައްދަވައި ޕެންޝަން އޮފީހުގެ ބޯޑުގެ ގިނަ މެންބަރުންތަކަކާއި އިސް މުވައްޒަފުން ވަނީ މަގާމުތަކުން އިސްތިއުފާ ދެއްވާފަ އެވެ.

ތާރީހުހާދިސާ
16 އޮކްޓޫބަރު 2025ބޮންޑު މުއާމަލާތް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ތިލަވުން
20 އޮކްޓޫބަރު 2025މިއީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ސަރުކާރުން ބުނުން
22 އޮކްޓޫބަރު 2025ޕެންޝަން އޮފީހުގެ ބޯޑުން ސަރުވަޝް އިސްތިއުފާ ދެއްވުން
04 ނޮވެމްބަރު 2025ޕެންޝަން އޮފީހުގެ ސީއެފްއޯ ފަޖުވާ އިސްތިއުފާ ދެއްވުން
11 ނޮވެމްބަރު 2025ޕެންޝަން އޮފީހުގެ ޓީބިލުތައް ސެކަންޑްރީ މާކެޓުގައި ލިސްޓުކުރުން
10 ޑިސެމްބަރު 2025ޕެންޝަން އޮފީހުގެ ބޯޑުން އަޝްރަފް އިސްތިއުފާ ދެއްވުން
01 ފެބްރުއަރީ 2026ޕެންޝަން އޮފީހުގެ ޗެއާމަން އިނާޒް އިސްތިއުފާ ދެއްވުން
03 ފެބްރުއަރީ 2026ބޮންޑު މުއާމަލާތް ކުރިއަށްގެންދަން ޕެންޝަން ބޯޑުން ފާސްކުރުން
04 ފެބްރުއަރީ 2026ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ އިސްތިއުފާ ދެއްވުން
05 ފެބްރުއަރީ 2026ޕެންޝަން އޮފީހުގެ ބޯޑުން މާދިން އިސްތިއުފާ ދެއްވުން
23 މެއި 2026ޕެންޝަން އޮފީހުގެ ޗެއާމަނަކަށް މަޖީދު އައްޔަންކުރެއްވުން
23 ޖުލައި 2026ބޮންޑަށް އިންވެސްޓުކޮށް ފައިސާ ޗާޕުކޮށް ނިންމާލުން

ކަންބޮޑުވުންތަކަށް އިޖާބަ ދިނުމެއް ނެތި ބޮންޑު މުއާމަލާތް ހިންގައި، 2.4 ބިލިއަން ރުފިޔާ "ޗާޕުކޮށްފި"

ޕެންޝަން ފަންޑުގެ 2.4 ބިލިއަން ރުފިޔާގެ ޓީބިލު ދިގުމުއްދަތުގެ ބޮންޑަކަށް ބަދަލުކޮށް، ގިނަ ބައެއްގެ ކަންބޮޑުވުންތަކާއެކު ސަރުކާރުގެ ހަރަދުތަކަށް އެ ފައިސާ މިއަދު ވަނީ ނަގާފަ. އިގުތިސޯދީ މާހިރުން މިއީ ފައިސާ ޗާޕުކުރުން ކަމަށް ސިފަކުރި ނަމަވެސް، ސަރުކާރާއި ޕެންޝަން އޮފީހުން ބުނަނީ މިއީ ފަންޑަށް ފައިދާހުރި އިންވެސްޓްމަންޓެއް ކަމަށް.

އިގުތިސޯދަށް އޮތް ނުރައްކާ

މި މުއާމަލާތާ ދެކޮޅު ހައްދަވާ ފަންނީ މާހިރުންނާއި އިސްތިއުފާ ދެއްވި ބޯޑު މެންބަރުން ފާހަގަކުރައްވާ ގޮތުގައި މިއީ ލިބޭނެ ފައިދާއަށްވުރެ ގެއްލުން ބޮޑު ނިންމުމެކެވެ.

"މި މުއާމަލާތުން ލިބޭ ފައިސާއިން ސަރުކާރުން މުސާރަތައްދީ ބިލުތައް ދެއްކުމުން އިގުތިސޯދުގައި ރުފިޔާ އިތުރުވެ، ޑޮލަރަށް އޮންނަ ޕްރެޝަރު އުފުލި، ތަކެތީގެ އަގު ބޮޑުވެގެންދާނެ. މީގެ އެންމެ ގޯސް ނަތީޖާއަކަށް ވާނީ ތަކެތީގެ އަގު އުފުލި، މި އިންވެސްޓްމަންޓުން ފަންޑަށް ލިބޭނެ ކަމަށް އަންދާޒާކުރާ ފައިދާ އެއްކޮށް ފުހެވިގެން ދިއުން،" އިގުތިސާދީ މާހިރަކު ވިދާޅުވި އެވެ. 

މި ނިންމުމާއެކު އިންފްލޭޝަން މަތިވެ، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް އިތުރަށް އުފުލިގެންދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox