ޔާމީން މަސައްކަތް ކުރެއްވީ "ހިޔަޅު" ވިސްނުމުގައި ކަމަށް ބުނުމުން ރައީސް ރިޕޯސްޓު ކުރައްވައިފި

ރައީސް މުއިއްޒު: ޕީއެންސީ އާއި ކުރީގެ ރައީސް ޔާމީންއާ ދެމެދު ބަހުގެ ހަމަލާތަކެއް މިވަގުތު ދަނީ ބަދަލު ކުރަމުން -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު: ޕީއެންސީ އާއި ކުރީގެ ރައީސް ޔާމީންއާ ދެމެދު ބަހުގެ ހަމަލާތަކެއް މިވަގުތު ދަނީ ބަދަލު ކުރަމުން -- ފޮޓޯ: ރައީސް އޮފީސް

ނިމިދިޔަ ރިޔާސީ އިންތިހާބަށް ޕީއެންސީގެ ކެންޑިޑޭޓަކު ނެރެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުރުސަތު ދެއްވީ "ހިޔަޅު ވިސްނުމުގައި" ކަމަށް ވިދާޅުވެ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ އެކްސްގައި ޕޯސްޓެއް ކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ވާހަކަ އިއްޔެ ރިޕޯސްޓު ކުރައްވައިފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތް ކުރި މައްސަލައިގައި ސަސްޕެންޑުކޮށްފައި ހުރި ޝިއުނާ އެކްސްގައި ވިދާޅުވެފައި އޮތީ "ހުކުމުގެ ކުރިން ކެންޑިޑޭޓް ނެރެން ފުރުސަތު ދީފައި ކަންކުރަން އުޅުނީ ވަރަަށް ހިޔަޅު ވިސްނުމުގަ" ކަމަށެވެ.

"އަސްލު އުޅުނީ ރައީސް މުއިއްޒު ޕީޕީއެމުން ވަކިކޮށް، ޕްރައިމަރީއިން ބަލިކުރަން. ހޭވި ހުރިހާ ހަޑިއެއް ގާތުން ދެކުނިން. ﷲ ގެ ވާގިފުޅާއިއެކު ޑރ. މުއިއްޒު ޕްރައިމަރީ ކާމިޔާބު ކުރީމަ ވެސް ޖަމީލު ނުކުމެ ބުނީ އެއީ ޕްލޭން ސީ އޭ! ރޭވިހާ ނުބައި ރޭވުންތައް ނާކާމިޔާބުވެ ގޮތްހުސްވީ. ވެެރިކަމަކީ ﷲ ދެއްވާ އެއްޗެއް!،" ޝިއުނާ ވިދާޅުވެފައިވެ އެވެ.

Advertisement
ރައީސް މި ޕޯސްޓް ރީޕޯސްޓް ކުރެއްވީ ރޭގެ ވަގުތެއްގައި
ރައީސް މި ޕޯސްޓް ރީޕޯސްޓް ކުރެއްވީ ރޭގެ ވަގުތެއްގައި

ރައީސް މި ޕޯސްޓް ރީޕޯސްޓް ކުރެއްވީ ރޭގެ ވަގުތެއްގައި

ޔާމީންއަށް ފާޑުކިޔާފައިވާ ޕޯސްޓެއް ރައީސް މުއިއްޒު ރިޕޯސްޓު ކުރައްވާފައި މި ވަނީ، ޔާމީން އާއި ޕީއެންސީގެ ލީޑާޝިޕާ ދެމެދު ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެކަން ފެށުނީ، ރައީސް މުއިއްޒާއި ސަރުކާރުގެ ވެރިން މަސައްކަތް ކުރަނީ ޕީޕީއެމް ނައްތާލަން ކަމަށް ޔާމީން ވިދާޅުވުމުންނެވެ.

"ރައީސް މުއިއްޒު އާއި ކައިރިގައި ތިބި އާރުކާޓީއިން ގެންދަނީ ޕީޕިއެމް ނައްތާލުމަށް މަސައްކަތްކުރަމުން. އެމިހުން ބޭނުމެއް ނުވޭ ޕީޕީއެމްއަށް އެއްވެސް ދިރުމެއް ދޭކަށް،" ޔާމީން މިދިޔަ ހަފުތާގައި ވިދާޅުވި އެވެ.

ޔާމީން އެހެން ވިދާޅުވުމުން ޕީއެންސީގެ ލީޑާޝިޕުގެ ބައެއް މެންބަރުން ބުނީ ޔާމީން މަސައްކަތް ކުރީ ރިޔާސީ އިންތިހާބު ބޮއިކޮޓްކޮށް ޕީޕީއެމް މަގުމަތި ކުރަން ކަމަށެވެ. ނަމަވެސް ޔާމީން ވިދާޅުވީ ޕާޓީ މަގުމަތިނުވާނެ މަގު އެމަނިކުފާނު އޮންނާނީ ދައްކާފައި ކަމަށެވެ.

"އަޅުގަނޑުގެ މައްސަލަ އަޅުގަނޑަށް ކުރިމަތި ނުލެވޭ ގޮތަށް ސްޕްރީމް ކޯޓުން ނިންމުމުގެ ކުރިން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކު ހުންނާނީ ދައްކާފައި. އެހެންވީމާ ކޮން ވާހަކައެއް މިދައްކަނީ މަގުމަތިވާ ވާހަކަ. އެ އުޅެނީ ކޮން ހަނދާނެއް ބަލިވެގެން، ކޯއްޗެއް އޮޅުވާލަންތޯ އެ އުޅެނީ," ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox