އެސްއޯއީތަކުން 14،000 އަށްވުރެ ގިނަ މުވައްޒަފުން ކަނޑާނެ، އޭގެ އަސަރު 50،000 މީހުންނަށް ކުރާނެ: ފައްޔާޒު

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: އެސްއޯއީތަކުން މުވައްޒަފުން ކަނޑާލުމުން އޭގެ އަސަރު 50،000 އަށްވުރެ ގިނަ މީހުންނަށް ކުރާނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އާދަމް ޒަރީރު / އަދަދު

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: އެސްއޯއީތަކުން މުވައްޒަފުން ކަނޑާލުމުން އޭގެ އަސަރު 50،000 އަށްވުރެ ގިނަ މީހުންނަށް ކުރާނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އާދަމް ޒަރީރު / އަދަދު

ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ތަކުން 14،733 މުވައްޒަފުން ކަނޑާލަން ނިންމާފައިވާ ކަމަށާއި، އޭގެ އަސަރު 50،000 އަށްވުރެ ގިނަ މީހުންނަށް ކުރާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީ އެސްއޯއީތަކުން ވަކިކުރާ 14،733 މީހުންގެ އާމްދަނީ 50،000 އަށްވުރެ ގިނަ މީހުންނާ ގުޅުން އޮތް ކަމަށާއި އޭގެ ސަބަބުން އެ އެންމެންނަށް އޭގެ އަސަރުކުރާނެ ކަމަށެވެ. 

"އެނގިވަޑައިގަންނަވާނެ ޕީސީބީގެ ފަރާތުން ރައިޓްސައިޒް ކުރަންށޭ ކިޔާފައި 33 ޕަސަންޓް އެސްއޯއީތަކުން މަދުކުރަން ކުއްލިއަކަށް އިއުލާން މިކުރީ.  33 ޕަސަންޓޭ ބުނީމާ އެއީ ގާތްގަނޑަކަށް 14،733 މީހުން. ނަންބަރަށް ބަލަންޠާމުން. އެނގޭތޯ،" ފައްޔާޒް ވިދާޅުވި އެވެ. 

"14،733 މީހުންވީމަ އެމީހުންތައް ކަނޑާ ނަގާ މަގުމައްޗަށް މި އެއްލާލަނީ. އެއްލާލާއިރުގައި ބައްލަވާ އެއީ ކިތައް މީހުންނަށް ބަރޯސާވާ އާމްދަނީ ހޯދާ ބައެއްތޯ. 14،000 މީހުންގެ އާމްދަނީ މަދުވެގެން 50،000 މީހުންގެ ދިރިއުޅުމާ ގުޅުންއެބަހުރި." 

އެސްއޯއީތަކުން 14،733 ވަކިކުރުމުން އެސްއޯއީތަކުގައި ތިބި މުވައްޒަފުން މަދުވާނީ އެމްޑީޕީ ސަރުކާރުގައި ތިބި މުވައްޒަފުންނާ އެއް އަދަދަށްކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ އޭގެ ސަބަބުން އެސްއޯއީތައް "ރައިޓް ސައިޒް" ވާނަމަ އެއީ ސަރުކާރުން ކަންކަން އޮޅުވާލާފައިވާވަރު ހާމަވާ ކަމެއް ކަމަށެވެ. 

އެސްއޯއީތަކުން މިހާ ގިނަ މުވައްޒަފުން އެއްފަހަރާ ކަނޑާލުމަކީ ކުޑަކަމެއް ނޫން ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެސްއޯއީތައް "ރޯންގް ސައިޒް" ވީ ގޮތެއްވެސް ޕީސީބީން ހޯދަން ޖެހޭ ކަމަށާއި އިހުމާލުވި މީހުންނާ ދޭތެރޭގައި ފިޔަވަޅުވެސް އަޅަން ޖެހޭ ކަމަށެވެ. 

ފައްޔާޒް ވިދާޅުވީ ކޮވިޑުގެ ތެރޭގައި އެމްޑީޕީގެ ސަރުކާރުން ވަޒީފާ ގެއްލުނު 22،000 އަށް ގިނަ މުވައްޒަފުން ބަލަހައްޓައި، 419 މިލިއަން ރުފިޔާ އެކަމަށް ހިންގި ޕްރޮގްރާމަށް ހަރަދުކުރި ކަމަށެވެ. އޭގެ ސަބަބުން އެތައް އާއިލާތަކެއް އަދި އެތައް ވިޔަފާރިއެއް ސަލާމަތްވި ކަމަށް އޭނާ ވިދާޅުވި އެވެ. 

ޕީސީބީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ 33 ޕަސެންޓު މުވައްޒަފުން މަދުކުރަނީ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ކުންފުންޏާ އެކަށީގެންވާ މިންވަރަކަށް ކަނޑައެޅުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ. 

ޕީސީބީން މިދިޔަ އެޕްރީލް 18 ގައި ނެރެފައިވާ ސާކިއުލާއަކާ ހަވާލާދީ، މި ހިނގާ ޖުލައި 13، ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މި ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަށް މިހާރު ވަނީ އަންގާފަ އެވެ.

މި ނިންމުމާ އެއްގޮތަށް ކުންފުނިތަކުން އަމަލުކުރަމުންދާ ގޮތް ވަރަށް ގާތުން މޮނިޓަ ކުރުމަށް ޕީސީބީން ވަނީ ނިންމާފަ އެވެ. އެގޮތުން، ކުންފުނިތަކުގެ ސައިޒަށް އަންނަ ބަދަލުތައް ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު ފޮނުވަމަށް ވެސް ޕީސީބީގެ ސާކިއުލަގައި ބުނެފައިވެ އެވެ. 

މި ފިޔަވަޅަކީ ސަރުކާރު ކުންފުނިތަކުގެ ހަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެ އެވެ. 

ބައެއް ކުންފުނިތަކުން މުވައްޒަފުން މަދުކުރަން މިހާރު ވަނީ ފަށައިފަ އެވެ. އެކަމަކު އަމިއްލައަށް ވަކިވުމުގެ ފުރުސަތު ދިން ނަމަވަސް އެ ފުރުސަތު ހޯދުމަށް ހުށަހަޅާފައިވަނީ މަދު ބަޔެއްކަން އެނގިފައިވެ އެވެ.  

ވަޒީފާއިން ވަކިކުރާ މީހުންގެ ތެރޭގައި ގިނައީ އެމްޑީޕިއަށް ނިސްބަތްވާ މީހުންނާއި އަދި އެ ޕާޓީއަށް ތާއީދުކުރާ މީހުން ހިމެނޭ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox