ރެޑް ބުލް ވިންޑް ރައިޑާސްގައި ބައިވެރިވުމަށް ހުޅުވާލައިފި

ގޮއިދޫގައި މިދިޔަ އަހަރު ކުރިއަށްދިޔަ ރެޑްބުލް ވިންޑް ރައިޑާސް މުބާރާތުގެ ތެރެއިން - ފޮޓޯ: މުހައްމަދު އަހުސަން / ރެޑްބުލް ކޮންޓެންޓް ޕޫލް

ގޮއިދޫގައި މިދިޔަ އަހަރު ކުރިއަށްދިޔަ ރެޑްބުލް ވިންޑް ރައިޑާސް މުބާރާތުގެ ތެރެއިން - ފޮޓޯ: މުހައްމަދު އަހުސަން / ރެޑްބުލް ކޮންޓެންޓް ޕޫލް

ރާއްޖޭގައި ބާއްވާ ކައިޓް ސާފިންގްގެ އެންމެ ބޮޑު މުބާރާތް "ރެޑްބުލް ވިންޑް ރައިޑާސް" އަންނަ މަހު ބ. ގޮއިދޫ ގައި ބާއްވަން ނިންމާ, މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި މުބާރާތް ކުރިއަށްދާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ ޓްވިން - ޓިޕް ރޭސިން އަދި ފްރީސްޓައިލް ބަޔެވެ.

މި މުބާރާތުގައި ރެޑްބުލް އެތުލީޓެއް ކަމަށްވާ ލުކާ ޕިޓާލް ވެސް ބައިވެރިވާނެ އެވެ. އަދި ލުކާ ޕިޓާލް އާއެކު ވިންޑް ސާފް ކުރުމުގެ ފުރުސަތު އެތުލީޓުންނަށް ލިބިގެންދާނެ އެވެ.

ރެޑްބުލް ވިންޑް ރައިޑާސް އެންމެ ފުރަތަމަ ބޭއްވީ 2022 ވަނަ އަހަރު ބ. ގޮއިދޫ ގަ އެވެ. މިއީ ރާއްޖޭގެ ކައިޓް ސާފަރުންނަށް އެ އެތުލީޓުންގެ ހުނަރު ދައްކާލުމަށް ލިބޭ ފަހި ފުރުސަތެކެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބ. ގޮއިދޫގެ ހުނަރުވެރި ކައިޓް ސާފާ, ހަސަން މާހިރު, 18, އެވެ.

ރެޑް ބުލް އިން ވަނީ މި އަހަރު ފޯ ޓު ސްކޯ ނަމުގައި މުބާރާތެއް ބާއްވާފަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދި ފުޓްސަލް ޓައުން (ޓީއެފްޓީ) އެވެ. އެއާއެކު, ޓީއެފްޓީ އަށް މި އަހަރު ޖަރުމަނުގައި ކުރިއަށްދާ މުބާރާތުން ފުރުސަތު ވަނީ ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox