ރަސްމާލެ ޕްރޮޖެކްޓަކީ 70 ބިލިއަން ރުފިޔާގެ ކޮރަޕްޝަނެއް، އޭސީސީން މައްސަލަ ނުބަލާތީ ހައިރާންވޭ: އެމްޑީޕީ

އެމްޑީޕީ ތަރުޖަމާނު އީސާ: ވިދާޅުވީ މައްސަލަ ހުށަނޭޅި ނަމަވެސް އޭސީސީން ކޮރަޕްޝަންތައް ބަލަންޖެހޭނެ ކަމަށް -- ފޮޓޯ: ފައިލް

އެމްޑީޕީ ތަރުޖަމާނު އީސާ: ވިދާޅުވީ މައްސަލަ ހުށަނޭޅި ނަމަވެސް އޭސީސީން ކޮރަޕްޝަންތައް ބަލަންޖެހޭނެ ކަމަށް -- ފޮޓޯ: ފައިލް

ރަސްމާލެ ހިއްކުމުގެ ޕްރޮޖެކްޓަކީ 70 ބިލިއަން ރުފިޔާގެ ކޮރަޕްޝަނެއް ކަމަށާއި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ނުބަލާތީ ހައިރާންވާ ކަމަށް އިދިކޮޅު ޕާޓީ އެމްޑީޕީން މިރޭ ބުނެފި އެވެ.

އެމްޑީޕީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕާޓީގެ ތަރުޖަމާނު އަހުމަދު އީސާ ވިދާޅުވީ، ރަސްމާލެ ހިއްކާ ބޭރުގެ ކުންފުންޏަށް ހުޅުމާލެއިން ވިއްކަން ދިން ބިންތަކުގެ އަގު ޕްރޮޖެކްޓުގެ އަގާ ނުބައްދަލު ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ކުޑަ ރޭޓަށް ބެލީމާ ވެސް އެ ވިއްކާ ބިންތަކުގެ އަގު 70 ބިލިއަން ރުފިޔާ އާއި 100 ބިލިއަން ރުފިޔާ ދޭތެރޭގެ އަދަދަކަށް އަރައިގެން ދޭ. އަޅުގަނޑު ދައްކާ ވާހަކައެއް ނޫން. ތިބޭފުޅުން އަމިއްލައަށް ހިސާބުތައް ހައްދަވާ ބިން ވިއްކާފައި ހުރި ރޭޓުތަކާއި ބިމުގެ ސައިޒާ ބަލާފައި. އެ އަދަދުތަކަށް ބެއްލެވީމަ 70 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދިވެހި ދައުލަތަށް ގެއްލޭ. މިއީ 70 ބިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަނެއް،" އީސާ ވިދާޅުވި އެވެ.

އީސާ ވިދާޅުވީ އޭސީސީ ފަދަ މިނިވަން މުއައްސަސާތަކުން ރަސްމާލޭގެ މައްސަލަ ނުބަލާތީ "އަޖައިބުވެ، ހައިރާންވާ" ކަމަށެވެ.

"މިއީ ސިއްސައިގެންދާވަރުގެ ކޮރަޕްޝަން އެކުލެވޭ ޕްރޮޖެކްޓެއްކަން އަޅުގަނޑުމެން ތަކުރާރުކޮށް ތުހުމަތު ކުރަމުން މި އަންނަނީ. އަޅުގަނޑު ހަމަ އަޖައިބުވަން، ހައިރާންވަން އޭސީސީ ފަދަ ދައުލަތުގެ މިނިވަން މުއައްސަސާއަކުން، މިވަރަށް މުޅި ރާއްޖޭގެ ރައްޔިތުން އެކަމާ ކަންބޮޑުވާއިރު އެކަންކަން ބައްލަވަމުން ނުގެންދަވާތީ،" އީސާ ވިދާޅުވި އެވެ.

އެ މައްސަލަ ބަލަން އެއްވެސް ފަރުދަކު ހުށަނޭޅި ނަމަވެސް އަމިއްލަ އިސްނެގުމުން ވެސް ބަލަންޖެހޭ ކަމަށް އީސާ މިރޭ ވިދާޅުވި އެވެ.

"ވަކި ފަރުދަކުން ޝަކުވާ ހުށަނޭޅި ކަމުގައި ވިޔަސް ދައުލަތުގެ މުއައްސަސާތަކަށް ގާނޫނުތަކުން ދީފައި ހުރި ބާރުތައް ހުރީ ވަރަށް ސާފުކޮށް ފެންނަން. އެބޭފުޅުން އަމިއްލައަށް އިސް ނަގައިގެން ވެސް މިފަދަ ކަންކަން ބަލަންޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ރަސްމާލޭގެ ނަމުގައި ސަރުކާރުން ހިއްކަނީ ފުށިދިއްގަރުފަޅެވެ. އެތަނުގެ 1153 ހެކްޓަރު ހިއްކާއިރު ބިން ހިއްކަނީ ހުޅުމާލެ އާއި ފުށިދިއްގަރު ފަޅުން ބިން ވިއްކަން ކޮންޓްރެކްޓަރަށް ފުރުސަތު ދޭ ގޮތަށެވެ.

ފުށިދިއްގަރުފަޅު ހިއްކަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑު ކޮންސްޓަރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އެވެ. ރަސްމާލެ ހިއްކާ މަތިން އެ ކުންފުންޏަށް 70 ހެކްޓަރުގެ ބިން ސަރުކާރުން ދެ އެވެ. އެއީ ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން ހިއްކާ 60 ހެކްޓަރުގެ ބިމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox