މެލޭޝިއާގެ ޓިޝާ މަރުކާގެ ރޯޓީ ޕަރާޓާ އަދި ރޯޓީ ޕޫރީ، ހެޕީ މާކެޓުން ރާއްޖޭގެ ބާޒާރަށް މިދިޔަ އަހަރު ތައާރަފު ކޮށްފައި ވާއިރު، މެލޭޝިއާގައި ވެސް މަގުބޫލު މި އުފެއްދުމުގެ ރަހަ ދިވެހިންނަށް ވެސް ވަނީ ކަމުގޮސްފަ އެވެ.
ކްރިސްޕީ އެކްސްޓީރިއާއެއް ހުންނަ، މެދުތެރެ މަޑުކޮށް ހުންނަ މި ޕަރާޓާ އުފައްދާފައި ވަނީ ފުށާއި، މާޖިރީން، ހިކި ކިރު، ހަކުރު އަދި ލޮނު ބޭނުން ކޮށްގެންނެވެ. ކޮންމެ ޕެކެޓެއްގައި ވެސް ފަސް ޕަރާޓާ އޮވެ އެވެ. ކާޓަންއެއްގައި 24 ޕަރާޓާ ހުންނައިރު، މީގެ ޖަމްބޯ އަދި ރެގިއުލާ ޕެކްވެސް ލިބެން އެބަ ހުއްޓެވެ.
ޕަރާޓާ ތައްޔާރު ކުރާގޮތް:
- ފްރިޖުން ޕަރާޓާ ނެގުމަށްފަހު މީޑިއަމް ހީޓުގައި ފިހުން (ތެޔޮ ނާޅައި)
- ދެ ފަޅިވެސް ގޮލްޑެން ބްރައުން ކުލަ އަރަންދެން ރަނގަޅަށް ފިހުން
ރޯޓީ ޕޫރީއަކީ ހޯލް މީޓް ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ ޑީޕް ފްރައި ބަންއެކެވެ. މި ބޮޑަށް ކަމުދާނީ ރިހަފަދަ ތަކެއްޗާއު ޖައްސައިގެން ކެއުމަށެވެ.
ހެޕީ މާކެޓުން ވިއްކާ މި ޕޫރީއަކީ ހެނދުނުގެ ނާސްތާއަށް ނުވަތަ ސްނެކްއަކަށް މީހުން ވަރަށް ގިނައިން ބޭނުން ކުރާ އެއްޗަކަށް ވާއިރު، ޕޫރީ ޕެކެޓެއްގައި ހިމެނެނީ 8 އައިޓަމެވެ. ކާޓަންއެއްގައި ހުންނަނީ 16 ޕެކެޓެވެ.
ޕޫރީ އުފައްދާފައި ވަނީ ފުށާއި، ކާށި ތެޔޮ، ހަކުރު އަދި ލޮނު ބޭނުން ކޮށްގެންނެވެ.
ރޯޓީ ޕޫރީ ތައްޔާރު ކުރާ ގޮތް:
- ދެ މިނެޓާއި ތިން މިނެޓާ ދެމެދު ޕޫރީ ޑީފްރޮސްޓް ކުރުން
- ތެޔޮ އަޅައިގެން ޕޫރީ ޑީޕްރައި ކުރުން
- ޕޫރީ ރަނގަޅަށް ހެދެންދެން ބެހެއްޓުން
- ރަނގަޅަށް ޕޫރީތައް އެއް ނުވާނެ ގޮތަށް ހެލުވުން
ޓިޝާ ބްރޭންޑުން އަންނަނީ ޕަރާޓާ ވިތު ގާލިކް، ރޯޓީ ވިތު ކަނައި، ޕަރާޓާ އިން ކަރީ ފްލޭވާ އަދި ވެޖިޓަބަލް ސަމޯސާ ވެސް އުފައްދަމުންނެވެ.











