ހުލާސާކޮށް އިއްޔެ: ރައީސް މުއިއްޒުގެ ހުވަފެނީ މަޝްރޫއު ހުއްޓުނު ސަބަބު!

ރަސްމާލެ ހިއްކިފައިވާ މިންވަރު. -- ފޮޓޯ: އަދަދު

ރަސްމާލެ ހިއްކިފައިވާ މިންވަރު. -- ފޮޓޯ: އަދަދު

މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ އެކަމަށް އެކަށީގެންވާ ވެލި ނުހޯދައި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބު އިއްޔެ ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ, ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ ވެލި ނަގަން މާބޮޑު ސަރަހައްދެއް ދިރާސާ ނުކޮށް ކަމަށެވެ. އަދި ޕްލޭންކޮށްފައި އޮތީ ހިއްކަން ފެށުމަށް ފަހު ވެލި ހޯދާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް މިހާރު އެބޭފުޅުން ދެއްވާ މައުލޫމާތަކީ ވެލި ނެގިތަނުގައި, [ހިއްކުމުގެ މަސައްކަތް] ކުރިއަށް ގެންދާވަރަށް ވެލި ނެތީމައި އެ ބޭފުޅުން ބޭނުންވޭ ތަންކޮޅެއް އެކްސްޓެންޝަލްކޮށް ސޭންޑް ސާޗް ކެމްޕޭނެއް ކުރިއަށް ގެންދަން," މިނިސްޓަރު ވިދާޅުވި އެވެ.

Advertisement

މިނިސްޓަރު ވިދާޅުވީ ރަސްމާލެ ހިއްކުމުގެ އަމަލީ މަސައްކަތް މިވަގުތު ކުރިއަށް ނުދިޔަ ނަމަވެސް, އެ މަސައްކަތް ހުއްޓިފައޭ ބުނުން ރަނގަޅު ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރަސްމާލެ ހިއްކަން ފެށުމަށްފަހު ބަންޑްވޯލް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވެލި ނެތުމުގެ އިތުރުން، ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރާ ބޮސްކާލިސްއިން މިވަގުތު ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދާތީ އާއި އެ މަސައްކަތަށް ރާއްޖެ ގެނެސްފައި ވަނީ އެންމެ ޑްރެޖަރަކަށްވާތީ, ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރެވެން ވަނީ ގުޅީފަޅު ހިއްކުމަށްފަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ބޮސްކާލިސްއިން މިވަގުތު ގުޅީފަޅު ހިއްކަން ބޭނުންކުރާ ޑްރެޖަރު, އެއީ އެންމެ ޑްރެޖަރެއް. އެ ޑްރެޖަރުން ގުޅީފަޅު ހިއްކާފައި އެ މޫވް ކުރުމުގެ ވިސްނުމެއް އެބޭފުޅުން ގެންގުޅުއްވަނީ. އެއީ ދައުލަތުން ހަރަދު ކުރާ ޕްރޮޖެކްޓަކަށް ނުވެފައި އާ ޑްރެޖަރެއް ގެނައުމަކީ ހަރަދު ބޮޑުވާނެ ކަމަކަށް ވާތީ," މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ, ވީހާވެސް އަވަހަކަށް ރަސްމާލެ މަޝްރޫއު ފެށުމަށްޓަކައި ކުރި މަސައްކަތުގެ ކޮންޓްރެކްޓަރާއެކު ސޮއިކުރީ އެއްވެސް ފައިސާއެއް ކުރިއާލާ ދައްކަން ނުޖެހޭ ގޮތަށް ކަމަށެވެ. އެހެންކަމުން, މަޝްރޫއަށް ފަންޑުކުރަނީ ކޮންޓްރެކްޓަރަށް ދީފައިވާ ބިންތައް ވިއްކާލައިގެން ލިބޭ ފައިސާއިންކަން އޭނަ ފާހަގަކުރެއްވި އެވެ.

"އެހެންވީމަ ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ މިކޮޅުގައި އޮތް ޑްރެޖަރު ބޭނުން ކުރުމުގެ ވިސްނުން ގެންގުޅުއްވަނީ. އެއީ މިވަގުތަށް ވެލި އެޅުމުގެ މަސައްކަތް ކުރިއަށް ނުދާ މައިގަނޑު ސަބަބަކީ،" މުއްތަލިބު ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއު ފެށުމަށްޓަކައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމަނާފައި އޮތެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އެ ބަޖެޓު އުނިކުރުމާ އެކު އާބަންކޯ މެދުވެރިކޮށް ސަރުކާރުން އެ މަޝްރޫއުގެ މަސައްކަތް ފެށި އެވެ.

މާލޭގެ ދެކުނުގައި އޮންނަ 1280 ހެކްޓަރުގެ ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން އަށް މަސްދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފައި މަސައްކަތް ފެށީ މުޅި އެ ފަޅުގެ އެންވަރަމަންޓް އިމެޕެކްޓު އެސެސްމެންޓު (އީއައިއޭ) ވެސް ނުހަދަ އެވެ. އީއައިއޭ ހަދާފައި ވަނީ ހަމައެކަނި 29 ހެކްޓަރުގެ ސައިޓު ޖޭ އަށް އެކަންޏެވެ.

އަށް މަސް ދުވަހުން ރަސްމާލެ ހިއްކައި ނިންމާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، މަޝްރޫއުގެ އަގުގެ ގޮތުގައި ނަގުދު ފައިސާ ދިނުމުގެ ބަދަލުގައި، އަގު އަދާކުރަނީ އެ ބިން ހިއްކަން ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑު ކޮންސްޓަރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް 70 ހެކްޓަރުގެ ބިން ދޫކޮށްލައިގެންނެވެ. އެއީ ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން ހިއްކާ 60 ހެކްޓަރު ބިމެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox