ޑީޖޭއޭގެ ސްޓޭންޑް ބަދަލުކޮށްފި، ރޯދަ މަހު ފަހު ދިހައެއްގެ މަންފާ ޖުޑިޝަރީ ސްޓާފުންނަށް ލިބޭނެ!

ސުޕްރީމް ކޯޓުގެ އިމާރާތް: ރަސްމީ ބަންދު ދުވަސްތައް ގޮތުގައި ކަނޑައަޅާފައިވާ ރޯދަ މަހު ފަހު ދިހައެއްގެ މަންފާ ޖުޑިޝަރީ ސްޓާފުންނަށް ލިބޭނެ ކަމަށް ބުނެފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ސުޕްރީމް ކޯޓުގެ އިމާރާތް: ރަސްމީ ބަންދު ދުވަސްތައް ގޮތުގައި ކަނޑައަޅާފައިވާ ރޯދަ މަހު ފަހު ދިހައެއްގެ މަންފާ ޖުޑިޝަރީ ސްޓާފުންނަށް ލިބޭނެ ކަމަށް ބުނެފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރޯދަ މަހުގެ ފަހު ދިހައެއް ބަންދުކުރުމަށް ނިންމާފައި ވާތީ، އެ ދުވަސްތަކުގައި މަސައްކަތް ކުރާ ޖުޑިޝަރީގެ މުވައްޒަފުންނަށް ލިބޭނީ ރަސްމީ ބަންދު ދުވަހަކު ނުވަތަ ރަސްމީ ވަގުތުން ބޭރުގައި މަސައްކަތްކުރާއިރު ލިބިދޭ އުޖޫރަ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.

ރޯދަ މަހުގެ ފަހު ދިހައެއް، ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ނަމަވެސް ޑީޖޭއޭއިން ކޯޓުތަކަށް ފޮނުވި ލިޔުމެއްގައި ބުނެފައިވަނީ އެ ދުވަސްތަކަކީ ގެއިން އޮންލައިންކޮށް މަސައްކަތް ކުރެވޭ ދުވަސްތަކެއް ގޮތުގައި ހަމަޖައްސައި، އަދި އެ ދުވަސްތަކަކީ މޯލްޑިވްސް އީކޯޓް މެނޭޖުމަންޓު ސިސްޓަމް (މެމްސް) ގެ ތެރެއިން ބަންދު ނޫން ދުވަސްތަކެއް ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

"ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ވޯކް ފްރޮމް ހޯމްގެ ދުވަސްތަކެއްގެ ގޮތުގައި މި ޑިޕާޓްމަންޓުގައި ހަމަޖެއްސިފައިވާ ވާހަކަ ދެންނެވިން، އަދި މި ދުވަސްތަކަކީ މެމްސްގެ ތެރެއިން ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސިފައި ނުވާނެ ވާހަކަ ދެންނެވީމެ," އެ ލިޔުމުގައިވެ އެވެ.

އެހެންވިޔަސް ޑީޖޭއޭއިން މިއަދު ހެނދުނު އިރާކޮޅު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ އެއް ގޮތަށް އެ ފުރުސަތު ޖުޑީޝަރީގެ މުވައްޒަފުންނަށް ވެސް ދިނުމުގެ ގޮތުން އާންމު އުސޫލުން އޮފީހަށް ހާޒިރުވާން ނުޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ރައްޔިތުންނަށް ޖުޑިޝަރީން ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް، އެ މަސައްކަތަށް ވީހާވެސް މަދު މުވައްޒަފުން މަސައްކަތަށް ނުކުންނަ ގޮތަށް އިސްކަންދީ، އެ ދުވަސްތަކުގައި މަސައްކަތަށް ހާޒިރުވާ މުވައްޒަފުުންނަށް ރަސްމީ ބަންދު ދުވަސްތަކުގައި ދޭ ނިސްބަތަށް އިތުރު ގަޑީގެ ފައިސާ ވެސް ލިބޭނެ ކަމަށް ޑީޖޭއޭއިން ބުންޏެވެ.

ޑީޖޭއޭ އިން ވަނީ ޖުޑިޝަރީ އިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން ކުށާއި ދަރަނީގެ ރެކޯޑު ސާފުކޮށްދިނުމުގެ ހިދުމަތާއި ކޯޓުތަކުގެ ހުކުމްތަކާ ގުޅިގެން ކޯޓުތަކަށް ދައްކާ ފައިސާ އޭގެ ހައްގުވެރިންނަށް ރައްދު ކުރުމުގެ ހިދުމަތް އާންމު ދުވަސްތަކެކޭ އެއް ގޮތަށް ފަހު ދިހައެއްގައި ވެސް ފޯރުކޮށްދިނުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox