ހުޅުމާލޭގައި 14 ބުރީގެ ކޯޓު ކޮމްޕްލެކްސްއެއް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުން ބޭނުންކުރާ ހުޅުމާލޭގައި ހުންނަ ކޯޓުގެ އެނެކްސް އިމާރާތް: މި އިމާރާތަކީ ވެސް ކޯޓުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރަން ބޭނުންކުރަން ފެށި ތަނެއް --- ފޮޓޯ: އަދަދު

ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުން ބޭނުންކުރާ ހުޅުމާލޭގައި ހުންނަ ކޯޓުގެ އެނެކްސް އިމާރާތް: މި އިމާރާތަކީ ވެސް ކޯޓުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރަން ބޭނުންކުރަން ފެށި ތަނެއް --- ފޮޓޯ: އަދަދު

މާލޭަގައި ހުރި ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ހުޅުމާލޭގައި 14 ބުރީގެ ކޯޓު ކޮމްޕްލެކްސްއެއް ތަރައްގީކުރަން  މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެކީ ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނި ގޮތުގައި "މާލެ ކޯޓު ކޮމްޕްލެކްސް" ގެ ނަން ދެވިފައިވާ މި ޕްރޮޖެކްޓުގެ ދަށުން މި އެއްބަސްވުމުގެ ދަށުން ތަރައްގީ ކުރެވޭ އިމާރާތް ފަރުމާކޮށްފައި ވަނީ މާލޭގައި ހުންނަ ކޯޓުތަކަށް ބޭނުންވާ ޖާގަތައް ހުންނާނެ ގޮތަށެވެ. އޭގެ ތެރޭގައި ހައި ކޯޓާއި، ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓުގެ އިތުރުން ފެމިލީ ކޯޓާއި، ޑްރަގް ކޯޓާއި، ޖުވެނައިލް ކޯޓު ހިމެނެ އެވެ.

އޭގެ އިތުރުން ކޯޓުތަކުގެ އިދާރީ ކަންކަން ބަލަހައްޓާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުމަށް ބޭނުންވާ ޖާގަ ވެސް ހުންނާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ. 

Advertisement

މި މަޝްރޫއުގެ މަސައްކަތް ކުރާ އެމްޓީސީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތް ތަރައްގީ ކުރަނީ 29،490 އަކަފޫޓުގެ ސަރަހައްދެއްގައި ކަމަށެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ 699.86 މިލިއަން ރުފިޔާއަށް 720 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. 

އެމްޓީސީސީން ބުނީ މި ކޯޓު ކޮމްޕްލެކްސް އިމާރާތްކޮށް ނިމުމާއެކު، ޝަރުއީ ނިޒާމުގެ ތެރެއިން ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެން ދާނެ ކަަމަށެވެ. 

ޝަރުއީ ދާއިރާއަށް ހާއްސަކޮށްގެން އިމާރާތެއް ތަރައްގީކުރާއިރު، ކޯޓުތައް ހުންނަނީ ވަރަށް ދުވަސްވީ، ބާ އިމާރާތްތަކުގަ އެވެ. މި އިމާރާތްތަކުގައި ޖާގައިގެ ދަތިކަން ބޮޑުވެ، ކޯޓުތަކުގެ ޝަރީއަތްތައް ދިގުލައިގެންދާ މައްސަލައަށް ވެސް ވަނީ އިތުރު ލަސްކަމެއް އައިސްފަ އެވެ. 

މިކަމަށް ހައްލެއް ހޯދުމުގެ ހުޅުމާލޭގައި ކުރިން ކޮވިޑު ފެސިލިޓީގެ ގޮތުގައި ބޭނުންކުރި އިމާރާތް ވެސް ވަނީ ބައެއް ބަދަލުތައް ގެނެސް، މަރާމާތު ކުރުމަށް ފަހު  ބޭނުންކުރަން ފަށާފަ އެވެ. މި ތަން ބޭނުންކުރަނީ ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox