ޖޭއެސްސީއަށް ފެނިއްޖެނަމަ ވަކި ސަބަބެއް ނެތި އިސްފަނޑިޔާރުން މަގާމުން ދުރުކުރެވޭ ގަވާއިދެއް ހަދައިފި

ޖޭއެސްސީ އިން ބުނީ އެކިއެކި ސަބަބުތަކަށްޓަކައި މައުލޫމާތު ހިއްސާކުރެވެން ނެތްކަމަށް---- ފޮޓޯ: އަބްދުﷲ އިޔާން

ޖޭއެސްސީ އިން ބުނީ އެކިއެކި ސަބަބުތަކަށްޓަކައި މައުލޫމާތު ހިއްސާކުރެވެން ނެތްކަމަށް---- ފޮޓޯ: އަބްދުﷲ އިޔާން

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފެނިއްޖެނަމަ ވަކި ސަބަބެއް ބަޔާންނުކޮށް ކޯޓުތަކުގެ އިސްފަނޑިޔާރުން މަގާމުން ދުރުކުރެވޭ ގަވާއިދެއް ހަދައި އަމަލުކުރަން ފަށައިފި އެވެ. 

ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނުކުރުމާއި ދުރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު މިއަދު މެންދުރު ވަނީ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. އެ ގަވާއިދުގައި އިސްފަނޑިޔާރުން އައްޔަނުކުރުމުގައި އަމަލުކުރާނެ ގިނަ އިޖުރާއަތްތަކެއް ހިމަނާފައިވީ ނަމަވެސް ވަކިކުރުމުގައި އިހުތިޔާރު އޮތީ ޖޭއެސްސީއަށް ދޫކޮށްލާފަ އެވެ. 

"ކޯޓުތަކަށް އައްޔަނުކުރާ އިސް ފަނޑިޔާރުން، ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެ މަގާމުން ދުރުކުރަން ޖެހޭ ކަމަށް، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ފެނިއްޖެނަމަ، އެ މަގާމުން ފަނޑިޔާރަކު ދުރުކުރުމުގެ ބާރު، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ލިބިގެންވެ،" ގަވާއިދުގެ އަށްވަނަ މާއްްދާގައި ބުނެފައިވެ އެވެ. 

އިސްފަނޑިޔާރުން އައްޔަނުކުރުމުގައި ގާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރަށާއި، މުޖުތަމައުގައި ދިމާވާ ކަންތައްތަކާ މެދު ގެންގުޅޭ ނަޒަރިއްޔާތާއި، މުއާމަލާތް ކުރުމުގެ ހުނަރާއި، އަމިއްލަ ނަފްސަށް އިތުބާރު ކުރާ މިންވަރާއި، މަސައްކަތުގެ އަހުލާގު އަދި ހިންގުމުގެ ހުނަރާއި، މައްސަލަތައް ހައްލުކުރުމުގެ ވިސްނުން ހުރި މިންވަރަށް ބަލާނެ އެވެ.

ސުޕީރިއާ ކޯޓެއްގެ އިސްފަނޑިޔާރުގެ މަގާމަށް ކުރިމަތިލެވޭނީ އެ ކޯޓެއްގައި މަސައްކަތް ކުރާ ފަނޑިޔާރުންނަށެވެ. އަދި ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓުގެ މަގާމަށް ކުރިމަތިލެވޭނީ އެ ދާއިރާއެއްގެ ކޯޓުތަކުގައި މަސައްކަތްކުރާ މެޖިސްޓްރޭޓުންނަށެވެ. 

ޖޭއެސްސީ އިން އެފަދަ ގަވާއިދެއް ހެދިއިރު، އެ ކޮމިޝަން އެކުލެވިގެންވާ ގޮތުން ސަރުކާރަށް އޮތީ ކޮންޓްރޯލް ލިބިފަ އެވެ. ސަރުކާރުން ބޭނުންވި ގޮތަށް، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ވަކި ކުރުމުގައި ވެސް ޖޭއެސްސީ އިން ބޮޑު ރޯލެއް ކުޅުނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox