ކޯޓުތަކުގެ ނިންމުންތައް އެއް ތަނަކުން ބެލޭ "ސަރިޔަތް" ވެބްސައިޓު ލޯންޗުކޮށްފި

Aug 18, 2026, 12:35 PM
ސަރިޔަތް ވެބްސައިޓު: މި ވެބްސައިޓު ބޭނުންކޮށްގެން ކޯޓުތަކުގެ ނިންމުންތަކާއި ގާނޫނީ ލިޔެކިޔުންތައް ދިރާސާކުރެވޭ --- ފޮޓޯ: އަދަދު

ސަރިޔަތް ވެބްސައިޓު: މި ވެބްސައިޓު ބޭނުންކޮށްގެން ކޯޓުތަކުގެ ނިންމުންތަކާއި ގާނޫނީ ލިޔެކިޔުންތައް ދިރާސާކުރެވޭ --- ފޮޓޯ: އަދަދު

ކޯޓުތަކުގެ ނިންމުންތައް އެއް ތަނަކުން ބެލޭ، އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ސާޗުކުރުން ފަދަ ފަންކްޝަންތައް އެކުލެވޭ "ސަރިޔަތް" ވެބްސައިޓު ލޯންޗުކޮށްފި އެވެ. 

ހައި ކޯޓުގެ ފަނޑިޔާރު އަބްދުލްމާނިއު ހުސެއިންގެ ސަރިޔަތް ވެބްސައިޓަކީ އެއް ޕްލެޓްފޯމެއްގެ ދަށުން ހުރިހާ ކޯޓުތަކުގެ ނިންމުންތައް ބެލޭ ގޮތަށް، ފަރުމާކޮށްފައިވާ ފުރަތަމަ ވެބްސައިޓެވެ.  ކޯޓުތަކުގެ ނިންމުންތަކުގެ އިތުރުން ގާނޫނީ ދާއިރާގެ ފޮތްތަކާއި ދިރާސީ ކަރުދާސްތަކާއި އެހެނިހެން ލިޔެކިޔުންތައް ވެސް މި ވެބްސައިޓުގައި ހިމެނެ އެވެ.

ސަރިޔަތް ގެ އެންމެ ހާއްސަ އެއް ފީޗާއަކީ އޭއައި ސާޗް ފަންކްޝަން އެވެ. މި ސާޗު ފަންކްޝަން ބޭނުންކުރާއިރު، މައުލޫމާތު ބޭނުންވާ ހާދިސާއެއް ލިޔުމަށް ފަހު ސާޗު ކުރުމުން، އެކަމާ ގުޅޭ ނިންމުންތަކާއި އެހެނިހެން ލިޔެކިޔުންތައް ހޯދައިދީ، ދިރާސާކޮށްދޭނެ އެވެ. 

Advertisement

ހިލޭ ރަޖިސްޓްރީކޮށްގެން ބޭނުންކުރެވޭ މި ވެބްސައިޓުގެ ގިނަ ފީޗާތައް ވަނީ  މި ވެބްސައިޓުގެ އޮތޮރައިޒްޑް ޔޫސާޒްއަށް ލީގަލް ބްރީފިން ތައްޔާރުކޮށްދީ ގާނޫނީ ލިޔެކިޔުންތައް އިތުރަށް ދިރާސާ ވެސް ކުރެވެ އެވެ. 

މި ވެބްސައިޓު ލޯންޗުކުރިއިރު ޝާއިއުކޮށްފައި ވަނީ ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ނިންމުންތަކެވެ. ކައިރި މުސްތަގުބަލެއްގައި ދަށު ކޯޓުތަކުގެ ނިންމުންތަކާއި ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ކުރީގެ ނިންމުންތައް ވެސް ޝާއިއުކުރަން ދަނީ މަސައްކަތް ކުރަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox