ރެޑްބުލް ފޯ ޓު ސްކޯގެ ފައިނަލް ބުރު މި މަހު 22 ގައި

ރެޑްބުލް ފޯ ޓު ސްކޯގެ ފައިނަލް ބުރު މި މަހު 22 ގައި

"ރެޑްބުލް ފޯ ޓު ސްކޯ'ގެ ފައިނަލް ބުރުގެ މެޗުތައް މި މަހު 20 ގައި ހުޅުމާލެ ރެޑްބުލް ޓާފް ދަނޑުގައި ފަށާނެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން 16 ޓީމެއް މި މުބާރާރުގެ ފައިނަލް ބުރަށް މިހާރު ކޮލިފަޔަރ ވެފައިވާއިރު, މާލެ ބުރުގެ މެޗުތަކާއެކު އިތުރު ހަތް ޓީމެއް ފައިނަލް ބުރަށް ކޮލިފައިވާނެ އެވެ. މާލެ ބުރުގެ މެޗުތައް ފަށާނީ މި މަހު 20 ގަ އެވެ.

މި މުބާރާތުގެ ފައިނަލް ބުރުގެ ޗެމްޕިއަން ޓީމަށް ޖަރުމަނުގައި އޮންނަ ފޯ ޓު ސްކޯގެ ވޯލްޑް ފައިނަލުގައި ވާދަކުރުމުގެ ފުުރުސަތު ލިބޭނެ އެވެ. އެ މުބާރާތުގައި ދުނިޔޭގެ 25 ގައުމެއްގެ ޗެމްޕިއަނުން ވާދަކުރާނެ އެވެ.

މި މުބާރާތުގެ ފައިނަލް ބުރަށް ކޮލިފައިވެފައިވާ ޓީމުތައް:

ކުޅުދުއްފުށި ސިޓީ - ޓީމް ޒިގްޒެގް

ހދ. ހަނިމާދޫ - ޓީމް އަޅި ބްރޯސް

ތިނަދޫ ސިޓީ - ޓީމް ރެމްޕޭޖް

ލ. ގަން - ޓީމް އިގްބާލް

ބ. އޭދަފުށި - ކައްކަނި ޖޫނިިއާސް

ފުވައްމުލައް ސިޓީ - އެތަން މިތަން

އައްޑޫ ސިޓީ - ކުލަބް ލަތާރި

ކ. މާފުށި - ޓީމް ބިއާންކޯ އެފްސީ

ވަން އެންޑް އޮންލީ ރީތި ރަށް - ކިންގްސް އޮފް ދި ރޯޑް

ރެޑްބުލް އިން ވަނީ މީގެ ކުރިންވެސް މި ކަހަލަ ގިނަ މުބާރާތްތަކެއް ބާއްވާފަ އެވެ. އެގޮތުން ނޭމާ ޖޫނިއާ ފައިވް, މުބާރާތާއި ދި ފައިވް މުބާރާތް މީގެ ކުރިން ބޭއްވި އެވެ. އެ ފަހަރުގެ ޗެމްޕިއަން ޓީމަށް ބްރެޒިލް އަށް ދިޔުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އެ މުބާރާތްތަކުން އެންމެ ކާމިޔާބު ޓީމަކީ ކުލަބް ޓީނޭޖެވެ. ޓީނޭޖް ވަނީ ދެ ފަހަރެއްގެ މަތިން ބްރެޒިލްގައި ރާއްޖެ ތަމްސީލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox