އަށް ޓީމާ އެކު އެޗްވައިއެމް ފުޓްސަލް ޗެލެންޖު ފަށައިފި

އަށް ޓީމާ އެކު އެޗްވައިއެމް ފުޓްސަލް ޗެލެންޖު ފަށައިފި

ކޮންމެ ރޯދަމަހަކާ ދިމާކޮށް ހުޅުމާލެ ޔޫތް މޫވްމަންޓް (އެޗްވައިއެމް) އިން ކުރިއަށް ގެންދާ "އެޗްވައިއެމް ރަމަލާން ޔުނިޓީ ފުޓްސަލް ޗެލެންޖު" އަށް ޓީމާއެކު ރޭ ފަށައިފި އެވެ.

ހުޅުމާލެ ރެހެންދި އެއް ނަމްބަރު ފުޓްސަލް ދަނޑުގައި ކުޅޭ މި މުބާރާތުގައި ރޭ ވޮލްފް ގޭންގް އާއި ޓްރީ ޓޮޕް ހޮސްޕިޓަލް ބައްދަލުކުރި މެޗު 3-3 ގެ ނަތީޖާއަކުން ވަނީ އެއްވަރު ވެފަ އެވެ. މި މެޗުގައި ފުރަތަމަ ތިން ލަނޑު ޖަހާ ލީޑު ނެގީ ޓްރީ ޓޮޕުންނެވެ. އެ ޓީމުގެ އަބްދުالله ވިސާމް ދެ ގޯލު ޖެހިއިރު, އިބްރާހީމް ހައިޝަމް ވަނީ ގޯލެއް ޖަހާފަ އެވެ.

ވޮލްފް ގޭންގްގެ ގޯލުތައް ޖަހާދިނީ ހުސެއިން ޒާހިރު, އަހުމަދު ރަނީން އަދި އަބްދުالله އަރީފް އެވެ.

ދެވަަނަ މެޗުގައި ހުޅުމާލެ ހޮސްޕިޓަލުން ވަނީ ފެނޯމެނަލްސްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދާފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ހުޅުމާލެ ހޮސްޕިޓަލަށް ލީޑު ނަގާދިނީ އަލީ ޝާޒް ހިލްމީ ޖެހި ގޯލުންނެވެ. އެކަމަކު ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ފެނޯމެނަލްސްގެ ހުސެއިން ޝިފާޒް ގޯލު ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ހުޅުމާލެ ހޮސްޕިޓަލުގެ އަބްދުالله ނާސިފް ގޯލު ޖަހާ އަލުން އެ ޓީމަށް ލީޑު ނަގާދިނެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ޓްރީޓޮޕް ހޮސްޕިޓަލް, ވޮލްފް ގޭންގް, ޓީމް އެފްއެފް, އެޗްވައިއެމް ވެޓެރެންސް އެވެ. ގްރޫޕް ބީގެ ޓީމު ތަކަކީ, ހުޅުމާލެ ހޮސްޕިޓަލް, ފެނޯމިނަލްސް, ބްލެކް ފްލޭޝް އަދި ބުލް ޝާކް އެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހު 21 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox