ބަންޑާރަ ކަޕުގެ ޗެމްޕިއަންކަން ޑްރަގް ކޯޓު އަދި ސީއާރުސީ އަށް

ބަންޑާރަ ކަޕުގެ ޗެމްޕިއަންކަން ޑްރަގް ކޯޓު އަދި ސީއާރުސީ އަށް

ބަންޑާރަ ކުލަބުން ބޭއްވި ބަންޑާރަ ކަޕް 2024 ގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޑްރަގް ކޯޓުން ހޯދިއިރު, އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކްރިމިނަލް ކޯޓު ރެކްރިއޭޝަން ކުލަބުން ހޯދައިފި އެވެ.

މި މަހުގެ 15 ގައި ފެށި މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 13 ޓީމުން ބައިވެރިވިއިރު, އަންހެން ޑިވިޝަނުގައި ބައިވެރިވީ 11 ޓީމުންނެވެ.

ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޑްރަގް ކޯޓުން ހޯދީ ސީއާރުސީ 5-3 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގައި ޑްރަގް ކޯޓުގެ އަންސަރު އިބްރާހީމް (އަންކޮ) ހަތަރު ގޯލު ޖެހި އެވެ.

ފިރިހެން ޑިވިޝަނުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ އަންކޮ އެވެ. އޭނާ ވަނީ ފައިނަލް މެޗުގައި ޖެހި ހަތަރު ގޯލާއެކު މުޅި ޖުމްލަ 20 ގޯލު ޖަހައިފަ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އަންކޮ އެވެ.

ބަންޑާރަ ކަޕް ތައްޓާއެކު އަންހެން އަދި ފިރިހެން ޑިވިޝަނުގެ ޗެމްޕިއަން ޓީމުން އުފާފާޅުކުރަނީ...
ބަންޑާރަ ކަޕް ތައްޓާއެކު އަންހެން އަދި ފިރިހެން ޑިވިޝަނުގެ ޗެމްޕިއަން ޓީމުން އުފާފާޅުކުރަނީ...

ބަންޑާރަ ކަޕް ތައްޓާއެކު އަންހެން އަދި ފިރިހެން ޑިވިޝަނުގެ ޗެމްޕިއަން ޓީމުން އުފާފާޅުކުރަނީ...

މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސީއާރުސީ އިން ހޯދީ ފައިނަލުގައި އޮޑިޓާ ޖެނެރަލް ރެކްރިއޭޝަން ކުލަބްގެ މައްޗަށް 5-0 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ސީއާރުސީގެ ޒުލައިހާ ހަބީބް ހޮވުނުއިރު, އަންހެން ޑިވިޝަނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ސީއާރުސީގެ އައިޝަތު ފަޒީލާ އެވެ. އޭނާ ވަނީ މި މުބާރާތުގައި ޖުމްލަ 12 ގޯލު ޖަހާފަ އެވެ.

ޝަރުއީ އަދި ގާނޫނީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތައް މެދުގައި 2022 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ބަންޑާރަ ކަޕަކީ މި ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ގިނަ ފަރާތްތަކެއްގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ މުބާރާތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox