ޗާންދަނީ މަގުގައި ހުރި އިމާރާތެއްގެ އޭސީއެއް މަރާމާތުކުރުމުގެ މަސައްކަތް ކުރަން އުޅެނިކޮށް އެ އިމާރާތުގެ މަތިން ވެއްޓުނު މީހާގެ ހާލު ސީރިއަސް ކަމަށް ފުލުުހުން ބުނެފި އެވެ.
ފުލުުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 10:30 ހާއިރު އެވެ.
އެނގިފައިވާ ގޮތުގައި ވައިގޮޅިއަށް ވެއްޓުނު މީހާ ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. އެއީ އިންޑިއާ އަށް ނިސްބަތްވާ 20 އަހަރުގެ ފިރިހެނެކެވެ.
ފުލުުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އޭނާ ވެއްޓުނީ އެ އިމާރާތުގެ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅިިން ބިން މައްޗަށް ކަމަށެވެ.
އޭނާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލާ ހަވާލާދީ ފުލުުން ބުނީ އޭނާގެ ހާލު ސީރިއަސް ކަމަށެވެ.













