ކާވާގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް ލަތީފް އިންތިހާބު ކޮށްފި

ރާއްޖޭގައި ކާވާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެެރެއިން ލަތީފް ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރާއްޖޭގައި ކާވާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެެރެއިން ލަތީފް ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް ކުރިން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުހައްމަދު ލަތީފް އިންތިހާބު ކޮށްފި އެވެ.

ކާވާގެ އަހަރީ އާންމު ޖަލްސާގައި ރައީސް ކަމަށް ލަތީފް އިންތިހާބުކުރީ ސެންޓްރަލް އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ އިއްތިފާގުންނެވެ.

ޖުމްލަ 14 ގައުމު ހިމެނޭ ކާވާގެ އަހަރީ އާންމު ޖަލްސާ މި މަހު ތައިލެންޑްގެ ބެންކޮކްގައި ކުރިއަށް ދިޔައިރު, އަހަރީ އާންމު ޖަލްސާގައި 13 ގައުމުން ބައިވެރިވި އެވެ. މި ޖަލްސާގައި އިންޑިއާ ބައިވެރިނުވީ އެ ގައުމު މިވަގުތު ވޮލީބޯޅައިގެ މައި ޖަމިއްޔާ އެފްއައިވީބީގެ ސަސްޕެންޝަނެއްގައި އޮތުމުންނެވެ.

ކާވާގެ އަހަރީ އާންމު ޖަލްސާގައި އެފްއައިވީބީގެ އިސްވެރިންގެ އިތުރުން, އޭޝިއާ ވޮލީބޯލް ފެޑަރޭޝަން (އޭވީސީ) ގެ ރައީސް ޑރ. ރީތާ ޝުބޯވޯ ގެ އިތުރުން އޭވީސީގެ ޖެނެރަލް ސެކެޓްރީ ބައިވެރިވެވަޑައިގަތެވެ.

ރައީސްގެ އިތުރުން ކާވާއިން ވަނީ އެ ޖަމިއްޔާގެ އިތުރު މަގާމުތަކަށް ވެސް މެމްބަރުން އައްޔަނު ކޮށްފަ އެވެ. އެގޮތުން ފަސްޓް ވައިސް ޕްރެޒިޑެންޓުގެ މަގާމަށް އިރާނުގެ ވޮލީބޯޅަ ފެޑެރޭޝަންގެ ސީނިއާ އެޑްވައިޒަރ ޑރ. ޑަވަރުޒާން އިންތިހާބުކުރިއިރު, ވައިސް ޕްރެޒިޑެންޓް ސެންޓްރަލް އޭޝިއާގެ މަގާމަށް އުޒްބަކިސްތާންގެ ވޮލީ އެސޯސިއޭޝަނުގެ ސެކްރެޓަރީ ޖެނެރަލް ފަރުހޫދް އަލިމޯވް އިންތިހާބުކުރި އެވެ.

އަދި ވައިސް ޕްރެޒިޑެންޓް ސައުތު އޭޝިއާގެ މަގާމަށް ނޭޕާލް ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް ޖީތެންދުރާ ވަނީ އިންތިހާބުކޮށްފަ އެވެ.

މީގެ އިތުރުން ބޯޑު މެންބަރުގެ ގޮތުގައި ކުޝާލް މަލިކު ޒައި އާއި، ބަންގްލަދޭޝް ވޮލީ އެސޯސިއޭޝަނުގެ ރައީސް އާތިކް އިސްލާމާއި، ބޫޓާނުގެ ކިންޒޭންގ އާއި، އިންޑިއާގެ ވޮލީބޯޅަ ފެޑެރޭޝަންގެ ފަރާތުން ރޯހިތު ރާޖްޕާލް އާއި، އިރާން ވޮލީބޯޅަ ފެޑަރޭޝަނުން ލަވަރު ޒާން އާއި، ވޮލީބޯޅަ ފެޑަރޭޝަން އޮފް ކަޒަކިސްތާންގެ ސެކްރެޓަރީ ޖެނެރަލް ޔަރުމިކާއި، ކިރްގިސްތާން ވޮލީބޯޅަ ފެޑަރޭޝަންގެ ސެކްރެޓަރީ ޖެނެރަލް ކްލިޗާއި، ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ހަޒާންދާރު މުޙައްމަދު ރާމިޒާއި، ކަޒަކިސްތާން ވޮލީބޯޅަ ފެޑެރޭޝަންގެ ސެކްރެޓަރީ ޖެނަރަލް ލަޓިޕޯވް ހިމެނެ އެވެ.

އަދި ނޭޕާލް ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް ޖިތެންދުރާއި، ޕާކިސްތާން ވޮލީބޯޅަ ފެޑަރޭޝަންގެ ޗެއާމަން ޗައުދަރީ މުޙައްމަދު ޔައުގޫބާއި، ސްރީ ލަންކާ ވޮލީބޯޅަ ފެޑަރޭޝަންގެ ޖެނަރަލް ސެކްރެޓަރީ ނާލަކަ އާއި، ވޮލީބޯޅަ ފެޑަރޭޝަން އޮފް ތުރުކުމެނިސްތާނުގެ ސެކްރެޓަރީ ޖެނަރަލް އަޓަގެލްޑީ ހަނޯވް އާއި، އުޒުބަކިސްތާން ވޮލީބޯޅަ ފެޑަރޭޝަންގެ ސެކްރެޓަރީ ޖެނަރަލް ފަރުހޫދު އަލިމޯވް ވަނީ އިންތިހާބު ކޮށްފަ އެވެ.

ކާވާގެ މި ދައުރުގެ ސެކެޓްރީ ޖެނެރަލަކަށް ލަތީފް ހަމަޖެއްސެވީ ނާލަކަ އެވެ. އަދި އެގްޒެކެޓިވް ޑިރެކްޓަރުގެ ގޮތުގައި ހަމަޖެއްސީ ކްލިޗް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox