10،000 ޑޮލަރުގެ މައްސަލައެއްގައި އެފްއޭއެމްގެ ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

Jan 31, 2024, 11:55 AM
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް: ފުލުހުންނާއި ޕީޖީ އޮފީހުން އަންނަނީ ބައްސާމް ހިމެނޭ ގޮތަށް އެފްއޭއެމް ލީޑަޝިޕްގެ ހިޔާނާތުގެ މައްސަލައެއް ތަހުގީގުކުރަމުން.--- ފޮޓޯ: އަދަދު

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް: ފުލުހުންނާއި ޕީޖީ އޮފީހުން އަންނަނީ ބައްސާމް ހިމެނޭ ގޮތަށް އެފްއޭއެމް ލީޑަޝިޕްގެ ހިޔާނާތުގެ މައްސަލައެއް ތަހުގީގުކުރަމުން.--- ފޮޓޯ: އަދަދު

ފީފާ އާއި އޭއެފްސީ އަދި ބައިނަލްއަގުވާމީ އެކި ގައުމުތަކުގެ އެސޯސިއޭޝަންތަކުން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދޭ ފައިސާ އަށް ހިޔާނަތްތެރިވެފައިވާ މައްސަލައިގެ ތެރޭގައި ހިމެނޭ 10،000 ޑޮލަރުގެ މައްސަލައެއްގައި އެފްއޭއެމްގެ ދެ ފަރާތެއްގެ މައްޗަށް ދައުވާކުރަން ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން މި ގޮތަށް ހާމަކޮށްފައިވަނީ މިއަދު އެ އިދާރާއިން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. މި 10،000 ޑޮލަރުގެ މައްސަލައިގެ އިތުރުން ދެން ފުލުހުން ބަލަމުން އަންނަ އެފްއޭއެމްގެ އެހެން މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެފްއޭއެމަށް ފީފާ އިން ދިން 1.9 މިލިއަން ޑޮލަރުގެ އިންޓަރެސްޓް ފްރީ ލޯނަށް ހިޔާނާތްތެރިވެފައިވާ މައްސަލަ އެކެވެ.

މިއަދު ބޭއްވި ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ހެޑް އޮފް ފައިނޭންޝިއަލް ކްރައިމް އިންވެސްޓިގޭޝަން ޔުނިޓް، ޗީފް އިންސްޕެކްޓަރު، ޔޫސުފް ލޫތު ވިދާޅުވީ އެފްއޭއެމް މައްސަލައާ ގުޅުން ހުރި ބައެއް ތަންތަން ބަލާ ފާސްކޮށް، ޑޮކިއުމެންޓަރީ ހެއްކާއި އިލެކްޓްރޯނިކް ބައެއް ޑިވައިސްތައް ހެކީގެ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މި ފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ގިނަ ވަގުތުތަކެއް ނަގާއިރު ހުންނަ ގޮންޖެހުންތައް ވެސް ގިނަ ކަމަށެވެ.

"މި މައްސަލައިގެ ވަކި ވަކި ޓްރާންސެކްޝަންތަކުގެ މައްސަލަ ވެސް އަޅުގަނޑުމެން މި ދަނީ ތަހުގީގުކުރަމުން. އެ ގޮތުން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވަނީ ފީފާ އިން އެފްއޭއެމަށް ޖަމާކޮށްފައިވާ 10،000 ޑޮލަރު، އެފްއޭއެމްގެ އިސްވެރިއެއްގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ އެ ފަރާތުން އަމިއްލަ އަށް ބޭނުންކޮށް އޭގެއިން މަންފާ ހޯދައިވާ ކަމަށް ތުހުމަތު ކުރެވޭ އެކަށީގެންވާ ހެކި ލިބިފައިވާތީވެ އެ ބައި ތަހުގީގު ފުރިހަމަ ކުރުމަށް ފަހު މިހާރު ވާނީ ތަހުގީގު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވިފަ،" ލޫތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ލޯނުގެ ތަހުގީގު މައްސަލައިގެ ވެސް ބޮޑުބައި ނިމިފައިވާ ކަމަށެވެ.

އެފްއޭއެމް މައްސަލައިގައި ދައުވާ ކުރަން ފޮނުވި ފަރާތްތަކުގެ ތެރޭގައި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް ހިމެނޭތޯ ސުވާލުކުރުމުން، ލޫތު ވިދާޅުވީ، ތަހުގީގު ކުރިއަށްދާ ގޮތުން މި ވަގުތު އެ ދެ ފަރާތުގެ ނަން ހާމަކުރެވެން ނެތް ކަމަށެވެ.

"މި ވަގުތު އެއީ ކޮން ފަރާތެއްކަން ހާމަކޮށްލަން އަދި ދަތި، މި ވަގުތު ހާމައެއް ނުއެއްކުރާނަން، އެހެން ނަމަވެސް ދެ ފަރާތެއްގެ މައްޗަށް، ދެ ދިވެހިންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ވާނީ ފޮނުވިފަ،" ލޫތު ވިދާޅުވި އެވެ.

ފުލުހުންނާއި ޕީޖީ އޮފީހުން ކުރިއަށްގެންދާ އެފްއޭއެމްގެ މި ތަހުގީގުގައި ފާހަަގަކުރެވުނު ކަންތައްތަކަށް ބަަލައި، އެފްއޭއެެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓް ވަނީ މިދިޔަ ޑިސެމްބަރު މަހު ކުރީކޮޅުގައި އޮތީ ހިފަހައްޓައިފަ އެވެ.

އެހެންކަމުން، ފުލުހުން ދައުވާ ކުރަން މި ހުށަހެޅި ދެ މީހުންގެ ތެރޭގައި ބައްސާމް ހިމެނުމުގެ ފުރުސަތު އެބައޮތެވެ.

އެފްއޭއެމަށް ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭންކުރާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެފްއޭމްގެ ރައީސް ބައްސާމް އާއި އެ ޖަމިއްޔާގެ އެހެން ވެރިންނަށް ވަރަށް އަވަހަށް ދައުވާކުރެވޭ ވަރަށް ހެކި ލިބޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވެސް ވަނީ ނޮވެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފަ އެވެ.

ޝަމީމް، އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގެ ޕްރައިމް ސަސްޕެކްޓަކީ ބައްސާމް ކަމަށެވެ.

ފުލުހުންނާއި ޕީޖީން އެފްއޭއެމްގެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް، ފީފާގެ އޮޑިޓަރުންގެ ޓީމެއް ވަނީ ރާއްޖެ އަށް އައިސްފަ އެވެ. އެނގިފައިވާ ގޮތުގައި ފުލުހުންނާއި ފީފާގެ ޓީމުން ވަނީ ބައްދަލުވެސް ކޮށްފަ އެވެ. ފީފާ އިން ވެސް އަންނަނީ ރާއްޖެ އަށް ދިން، 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ލޯންގެ ހަރަދުތައް ކުރި ގޮތުގެ ލިޔެކިޔުންތައް ލިބިފައިނުވާތީ އެ ކަން ބަލަމުންނެވެ.

އެފްއޭއެމް އިން އެ އެސޯސިއޭޝަންގެ މުވައްޒަފުންނަށް މުސާރަ ނުދީ އެތައް މަހެއް ވެފައިވަނިކޮށް، ފީފާ އިން ވަނީ މުވައްޒަފުންގެ މުސާރަ ދޭން ޝަރުތުކޮށް، އެފްއޭއެމަށް އެއް ލައްކަ ޑޮލަރު ވެސް ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox