ޑައިމަންޑް ޖުބިލީ މުބާާރާތުގެ ޓިކެޓް އަގުހެޔޮކޮށްފި

Jun 3, 2026, 9:34 AM
ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގެ ތެރެއިން ރާއްޖެ އާއި އަފްގާނިސްތާން ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގެ ތެރެއިން ރާއްޖެ އާއި އަފްގާނިސްތާން ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ ގޮތުން ކުޅޭ ޑައިމަންޑް ޖޫބިލީ އިންޓަނޭޝަނަލް މުބާރާތުގެ މެޗުތަކުގެ ޓިކެޓްގެ އަގުހެޔޮކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ. 

ރާއްޖޭގައި މިހާރު ކުރިއަށްދާ މުބާރާތުގެ ފުރަތަމަ ދެ މެޗަށް ޓިކެޓް ވިއްކާފައިވަނީ، ސިޑިބަރިން 100 ރުފިޔާ އަށާއި ގޮނޑިބަރިން 200 ރުފިޔާ އަށެވެ. އެކަމަކު، ފުރަތަމަ މެޗުތަކަށް ފަހު ޓިކެޓް ވަނީ އަގުހެޔޮކޮށްފަ އެވެ.

އެ ގޮތުން، އެފްއޭއެމް އިން މިއަދު އިއުލާނުކުރި ޓިކެޓްގެ އަގުތަކަކީ، ސިޑިބަރިން 50 ރުފިޔާ އަށް އަދި ގޮނޑިބަރިން 100 ރުފިޔާ އަށެވެ. 

Advertisement

ހަތަރު ގައުމުގެ މެދުގައި ކުޅޭ ޑައިމަންޑް ޖުބިލީ މުބާރާތް ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. ރާއްޖެ ކުޅުނު މެޗުގައި އެރޭ އަފްގާނިސްތާނާ ބައްދަލުކޮށް 1-0 އިން ބަލިވިއިރު، އެ މެޗަށް ވަދެފައިވަނީ، 1028 ސަޕޯޓަރުންނެވެ. އަދި، އެ ދުވަހު، ހަވީރު ބަންގްލަދޭޝްގެ ޒުވާން ޓީމާއި ޕާކިސްތާން ބައްދަލުކުރި މެޗަށް ވަދެފައިވަނީ، 1200 ސަޕޯޓަރުންނެވެ.

މިއީ، ނިސްބަތުން ބަލާއިރު، މިދިޔަ މާޗް މަހު ރާއްޖޭގައި ބޭއްވި ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ މެޗުތަކަށް ސަޕޯޓަރުން ވަން އަދަދަށް ވުރެން ދަށް އަދަދެކެވެ. 

އެ ގޮތުން، ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭން ސްރީ ލަންކާއާ ކުޅުނު މެޗަށް 1664 ސަޕޯޓަރުން ދަނޑަށް ވަނެވެ. އަދި، ބޫޓާނާ ކުޅުނު މެޗަށް 1470 ސަޕޯޓަރުން ވަންއިރު، ނޭޕާލާ ވާދަކުރި މެޗަށް 3863 ސަޕޯޓަރުން ވަނީ ވަދެފަ އެވެ. ބަންގްލަދޭޝް އާއި ޕާކިސްތާން ކުޅުނު މެޗަށް 2550 ސަޕޯޓަރުން ވަންއިރު، ބަންގްލަދޭޝް އާއި އިންޑިއާ ކުޅުނު މެޗަށް 3932 ސަޕޯޓަރުން ދަނޑަށް ވަނެވެ. އަދި، އެ މުބާރާތުގެ ފައިނަލް މެޗުގައި އިންޑިއާ އާއި ބަންގްލަދޭޝް ބައްދަލުުކުރި މެޗަށް 4100 ސަޕޯޓަރުން ދަނޑަށް ވަނެވެ. 

މާޗް 31، ވަނަ ދުވަހު، އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ވަނީ ގަލޮޅު ދަނޑުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗު ބަލަން، ދަނޑަށް ވަދެފައިވަނީ، 500 ސަޕޯޓަރުންނެވެ. 

ޑައިމަންޑް ޖުބިލީ މުބާރާތުގެ މެޗުތައް ދެން އެންމެ އަވަހަށް އޮތީ މާދަމާ އެވެ. އެ ގޮތުން، މާދަމާ ހަވީރު ރާއްޖޭން ޕާކިސްތާނާ ދެކޮޅަށް ކުޅޭއިރު، މާދަމާރޭ އަފްގާނިސްތާނުން ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox