ގޯލްޑަން ފުޓްސަލް ޗެލެންޖު: ށ. އަތޮޅު ފައިނަލަށް ފޭދޫ އާއި ކަނޑިތީމު، އދ. އަތޮޅު ފައިނަލަށް މަހިބަދޫ އާއި މާމިގިލި

ޕެނަލްޓީ ޖަހައިގެން މެޗުން މޮޅުވުމަށް ފަހު މަހިބަދޫ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޕެނަލްޓީ ޖަހައިގެން މެޗުން މޮޅުވުމަށް ފަހު މަހިބަދޫ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މިހާރު ކުރިއަށްދާ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024" ގެ ށ. އަތޮޅު ފައިނަލުން ފޭދޫ އާއި ކަނޑިތީމު ޖާގަ ހޯދިއިރު, އދ. އަތޮޅު ފައިނަލަށް މަހިބަދޫ އާއި މާމިގިލި ދަތުރުކޮށްފި އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ކުޅޭ މި މުބާރާތުގައި ރޭ ވެސް އަށް މެޗު ކުޅުނެވެ. އޭގެ ތެރޭގައި ށ. އަތޮޅުގެ ސެމީ ފައިނަލުގެ މެޗުތަކުގެ އިތުރުން އދ. އަތޮޅު ސެމީ ފައިނަލްގެ މެޗުތަކާއި ލ. އަތޮޅުގެ މެޗުތަކެވެ.

ށ. ކަނޑިތީމުން ފައިނަލުގެ ޖާގަ ކަށަވަރުކުރީ އެ އަތޮޅު ޅައިމަގު 6-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގައި ކަނޑިތީމުގެ މުހައްމަދު ޝާން ދެ ގޯލު ޖެހިއިރު, ރައުލް ނިޔާޒް, އިބްރާހީމް ނަދާދް (ކުޑައްޓޭ), އިސްމާއިލް ނިހާން އަދި އަހުމަދު ޒަމީމް, މިއިން ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖެހި އެވެ.

ޅައިމަގުގެ ގޯލަކީ ކުޑައްޓޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ށ. ކަނޑިތީމާއި އެ އަތޮޅު ޅައިމަގު ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ށ. ކަނޑިތީމާއި އެ އަތޮޅު ޅައިމަގު ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ށ. ކަނޑިތީމާއި އެ އަތޮޅު ޅައިމަގު ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ށ. ފޭދޫން ފައިނަލުގެ ޖާގަ ކަށަވަރު ކުރީ ސެމީ ފައިނަލުގައި ފޯކައިދޫގެ މައްޗަށް 5-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މި މެޗުގައި ފޭދޫގެ މުހައްމަދު ޝިރުފާން ދެ ގޯލު ޖެހިއިރު, އަހުމަދު ފާއިން މުހައްމަދު, މައިލް މުހައްމަދު އަދި މާޒިލް މުހައްމަދު ގޯލެއް ޖެހި އެވެ. ފޯކައިދޫގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހާދިނީ ހުސެއިން ނަބީހު އެވެ.

ށ. ފޯކައިދޫ އާއި ފޭދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ށ. ފޯކައިދޫ އާއި ފޭދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ށ. ފޯކައިދޫ އާއި ފޭދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

އދ. މާމިގިލިން ފައިނަލުގެ ޖާގަ ހޯދީ އެ އަތޮޅު މަންދޫ 1-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގެ ހަމައެކަނި ގޯލު މެޗުގެ ހަތްވަނަ މިނެޓުގައި މާމިގިއްޔަށް ޖަހައިދިނީ އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ.

އދ. މަހިބަދޫ އިން ފައިނަލުގެ ޖަގަ ހޯދީ އެ އަތޮޅު ދަނގެތި ޕެނަލްޓީގައި 6-5 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

މެޗުގެ ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ދަނގެތިންނެވެ. މިއީ ފުރަތަމަ ހާފުގައި ސަމޫހު އަލީ (ސަމުއްޓެ) އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގެ ނަތީޖާ މަހިބަދޫ އިން އެއްވަރުކުރީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. މިއީ ލިބުނު ހިލޭ ޖެހުމަކުން އަބްދުالله މިދުހަތު ފަހުމީ (ބިޗަޑު) ޖަހައިދިން ގޯލެކެވެ.

އދ. މަހިބަދޫ އާއި ދަނގެތި ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
އދ. މަހިބަދޫ އާއި ދަނގެތި ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

އދ. މަހިބަދޫ އާއި ދަނގެތި ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ރޭ ވަނީ ލ. އަތޮޅު މެޗުތައްވެސް ކުޅެފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ލ. ގަން އެ އަތޮޅު މާބައިދޫ ބަލިކުރީ 5-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ގަމުގެ ހުސެއިން ޝަރީފް (އޮންލީ), ޒައިދާން އަބްދުالله, އަބްދުالله ޖުނައިދު (ޖެންނޭ), އަލީ ޝާމިސް (ތޮއްޕެ) އަދި އަހުމަދު ހަލީމް (އައްމަޑޭ) ގޯލު ޖެހި އެވެ. މާބައިދޫގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ މުހައްމަދު ވަހީދު އަދި އަހުސާދް އާދަމް އެވެ.

މީގެ އިތުރުން ލ. ކަލައިދޫގެ މައްޗަށް އެ އަތޮޅު ދަނބިދޫ އިން ކުރިހޯދީ 5-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދަނބިދޫގެ އަލީ އިރުފާދް އަދި އިސްމާއިލް ހަމްދޫން ދެ ގޯލު ޖެހިއިރު, މުހައްމަދު އައުސަފް އިސްމާއިލް ގޯލެއް ޖެހި އެވެ. ކަލައިދޫގެ ލަނޑުތައް އެ ޓީމަށް ޖަހާދިނީ ޖައުފަރު އަހުމަދު އާއި އަހުމަދު ފަރީޝް އެވެ.

ލ. އިސްދޫ އިން ލ. ހިތަދޫގެ މައްޗަށް ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އިސްދޫގެ އަހުސަން ރަޝާދު ދެ ގޯލު ޖެހިއިރު, އަލީ ހުމޭޒު އަދި ހުސެއިން އަފްޚާން ގޯލެއް ޖެހި އެވެ. މި މެޗުގައި އިސްދޫގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ އަލީ ސިސާން އާއި އަހުމަދު އަޔާޒް އެވެ.

ރޭގެ ފަހު މެޗުގައި ލ. މާމެންދޫ އިން އެ އަތޮޅު މުންޑޫ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މާމެންދޫގެ އިބްރާހީމް ރިޝްފާން އާއި އަހުމަދު ލަތީފް ގޯލު ޖެހިއިރު, އަނެއް ގޯލަކީ މުންޑޫގެ މުހައްމަދު އަޒްމީން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މުންޑޫގެ ހަމައެކަނި ގޯލު ޖަހާދިނީ މުހައްމަދު ނިޝާހް އެވެ.

މި މުބާރާތުގައި މިރޭ ހއ. އަތޮޅުގެ ސެމީ ފައިނަލު މެޗުތައް ކުރިއަށްދާނެ އެވެ. މީގެ އިތުރުން ފ. އަތޮޅުގެ މެޗުތަކާއި ދ. އަތޮޅުގެ މެޗުތަކުގެ އިތުރުން ގދ. އަތޮޅުގެ މެޗުތައް ކުރިއަށް ދާނެ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

  1. ހއ. މާރަންދޫ - ހއ. އުތީމު : 20:00 (ގްރައުންޑް 1) - ސެމީ ފައިނަލް
  2. ހއ. ދިއްދޫ - ހއ. ބާރަށް : 20:00 (ގްރައުންޑް 2) - ސެމީ ފައިނަލް
  3. ފ. މަގޫދޫ - ފ. ފީއަލި : 21:00 (ގްރައުންޑް 1)
  4. ފ. ދަރަނބޫދޫ - ފ. ނިލަންދޫ : 21:00 (ގްރައުންޑް 2)
  5. ދ. ބަނޑިދޫ - ދ. ކުޑަހުވަދޫ : 22:00 (ގްރައުންޑް 1)
  6. ގދ. ތިނަދޫ - ގދ. ގައްދޫ : 22:00 (ގްރައުންޑް 2)
  7. ގދ. ހޯނޑެއްދޫ - ގދ. ވާދޫ 23:00 (ގްރައުންޑް 2)

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox