ރައީސް ވިދާޅުވަނީ ޗައިނާއިން އަހަރަކު ޓޫރިސްޓުން އަންނަ އަދަދު ދެ އަހަރު ތެރޭ ބައި މިލިޔަނަށް ހެދޭނެކަމަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ސަރަހައްދު: މިދިޔަ އަހަރު ޗައިނާއިން 187،118 ޓޫރިސްޓުން އައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ސަރަހައްދު: މިދިޔަ އަހަރު ޗައިނާއިން 187،118 ޓޫރިސްޓުން އައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެންމެ ގިނައިން ޓޫރިސްޓުން ގެންނަ މާކެޓަކަށް ޗައިނާ ގެންނަން ކުރަމުންދާ މަސައްކަތާ އެކީ ޗައިނާއިން އަންނަ ޓޫރިސްޓުންގެ އަދަދު ކޮވިޑު ކުރިން އައި ވަރަށް ވުރެ ދެ ގުނަ އިތުރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރު ނިންމަވާލެއްވުމަށް ރާއްޖެ ވަޑައިގެން އެ ދަތުރުގައި ހާސިލުކުރެވުނު ކަންކަން ކިޔައިދެއްވަމުންނެވެ. އެގޮތުން ރައީސް ވަނީ، ޓޫރިޒަމާ ގުޅޭ ކަންކަން ފާހަގަކުރައްވަމުން، އެ ދަތުރުގައި އެންމެ ފުރަތަމަ ވަޑައިގެން ފޫޖިއާން ޕްރޮވިންސުގެ ޝިއާމެން އެއާލައިންސް އިން އަންނަ މާޗުން ފެށިގެން މާލެއަށް ސީދާ ދަތުރުތައް ފަށާނެ ކަން ރައީސް އިއުލާންކުރައްވާފަ އެވެ.

"ޗައިނާއިން ޓޫރިސްޓުން އިތުރުކުރުމަށްޓަކައި ވަރަށް ގިނަ މަޝްވަރާތައް ކުރެވި ވަރަށް ގިނަ ކާމިޔާބީތައް ލިބިގެން ދިޔަ. ޑައިރެކްޓް ފްލައިޓުތައް އިތުރުކުރުމަށް ޓަކައި ވަރަށް ގިނަ މަޝްވަރާތައް އެންމެ މަތީ ލެވަލްގައި ކުރެވިގެން ދިޔަ. މި ދަތުރުގައި ޝިއަމެން އެއާއިން ރާއްޖެއަށް ޑައިރެކްޓް ފްލައިޓުތައް މި ސްޕްރިންގުގައި ފެށުމަށްޓަކައި އެ ފަރާތުން ވަނީ ކަނޑައަޅާފައި،" އެމަނިކުފާނު ވިދާޅުވި އެވެ.

ޝިއާމެން އެއާލައިންގެ ފުރަތަމަ ދަތުރުތައް އެ އެއާލައިން ނިސްބަތްވާ ޝިއާމެންއިން މާލެއަށް ފެށުމަށް ފަހު، ޗައިނާގެ އެ ނޫން ޑެސްޓިނޭޝަންތަކަށް ދަތުރުތައް ފުޅާކުރެވިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މިގޮތަށް ޑައިރެކްޓް ފްލައިޓުތައް އިތުރުކޮށް، މާކެޓިން އިތުރުކުރުމުން ގިނަވެގެން ދެ އަހަރުގެ ތެރޭގައި ޗައިނާއިން އަންނަ ޓޫރިސްޓުންގެ އަދަދު ކޮވިޑު ކުރިން ހުރި އަދަދުގެ ދެ ގުނައަށް އިތުރުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"[ޑައިރެކްޓް ފްލައިޓުތަކުގެ] ސަބަބުން އަދި އޭގެ އިތުރަށް މާކެޓިން ފުޅާކުރެވިގެން ދާނެ ޗައިނާގެ ޓޫރިސްޓުންނަށް ކޮވިޑުގެ ކުރިން ރާއްޖެއަށް، ރާއްޖޭގެ ނަމްބާ ވަން، އެންމެ ގިނަ ޓޫރިސްޓުން އައި ގައުމަކީ ޗައިނާ ކަމަށްވާއިރުގައި އެ އަދަދުގެ ކޮވިޑުގެ ކުރިން ހުރި އަދަދުގެ ދެ ގުނައަށް، ޗައިނާއިން ޓޫރިސްޓުން ދެ އަހަރު ތެރޭގައި، ގިނަވެގެން ދެ އަހަރުގެ ތެރޭގައި އިތުރުކުރުމަށްޓަކައި މަސައްކަތްތައް ތަރުތީބުވެގެން ދިޔަ،" ރައީސް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑުގެ ކުރީ އަހަރު، 2019 ގައި ޗައިނާއިން ރާއްޖެއަށް 284,000 ޓޫރިސްޓުން އައެވެ. އޭގެ ކުރީ ދިހަ އަހަރުގައި އެވަރެޖުކޮށް 250،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައެވެ.

މި އަދަދުތަކުގެ މައްޗަށް ހިސާބުކުރާއިރު ރައީސް ސީދާ ވިދާޅުވި ގޮތަށް ކޮވިޑުގެ ކުރިން ހުރި އަދަދުގެ ދެ ގުނައަށް ޗައިނާއިން ޓޫރިސްޓުން ގެންނަންޏާމުން، އެ ގައުމުން މަދުވެގެން ފަސް ލައްކަ ޓޫރިސްޓުން އަންނަން ޖެހެ އެވެ. މީގެ ކުރިން ޗައިނާއިން އެންމެ ގިނަ ޓޫރިސްޓުން އައި 2014 ގައި ރާއްޖެ އައީ 363،626 ޓޫރިސްޓުންނެވެ. މިދިޔަ އަހަރު އެ ގައުމުން ރާއްޖެ އައީ 187،118 ޓޫރިސްޓުންނެވެ.

ޗައިނާ ރާއްޖޭގެ އެއް ނަމްބަރު މާކެޓަށް ގެންނަން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބިލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ ޗައިނާ ވިޔަފާރިތަކާ ގުޅިގެން މަސައްކަތް ފަށައި، އެ ގައުމުގެ ބޮޑެތި ސިޓީތަކުގައި ބިޔަ މާކެޓިން ކެމްޕެއިނެއް ފަށަން ރާވާފަ އެވެ.

ދެ ސަރުކާރު ގުޅިގެން މަސައްކަތް ކުރިޔަސް، ޗައިނާއިން އަންނަ ޓޫރިސްޓުންގެ އަދަދަށް ކުއްލި އިތުރުވުމެއް ނާންނާނެ ކަމަށް އެ ގައުމުގެ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox