100 އަށް ވުރެ ގިނަ އައުޓްލެޓުން ޑިސްކައުންޓް ލިބޭ ގޮތަށް ދިރާގު 'އެލީޓްކްލަބް+' ތައާރަފުކޮށްފި

Oct 28, 2026, 8:38 PM
ދިރާގުން  "އެލީޓްކްލަބް ޕްލަސް" (EliteClub+) ތައާރަފުކޮށްފި

ދިރާގުން "އެލީޓްކްލަބް ޕްލަސް" (EliteClub+) ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް 100 އަށް ވުރެ ގިނަ ތަނަކުން އަގުހުރި ފައިދާތަކާއި ޑިސްކައުންޓް ލިބޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި އެވެ.

މި ޕްރޮގްރާމް އިފްތިތާހުކުރީ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުމުގައި ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރާގުން ބެހެއްޓި ދޮރުތަކުގެ ހަގީގަތް ހާމަކޮށްފަ އެވެ. އާންމުންގެ ބޮޑު ސަމާލުކަމެއް ލިބުނު މި ދޮރުތަކަކީ އެލީޓްކްލަބް+ މެދުވެރިކޮށް ކަސްޓަމަރުންނަށް ހުޅުވިގެންދިޔަ ފުރުސަތުތައް ރަމްޒުކޮށްދޭ ދޮރުތަކެކެވެ.

Advertisement

ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ކުރިން ވަކި ބަޔަކަށް ދައުވަތު ދީގެން ހިންގި މި ހިދުމަތް މިހާރު ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މީގެ މަގުސަދަކީ ޕާޓްނަރުންނާ ގުޅިގެން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމާއި އުފާވެރިކަން ގެނެސްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޕްރޮގްރާމްގެ ދަށުން ރީލޯޑްކުރުމާއި ބިލަށް ފައިސާ ދެއްކުމުން އަދި އެޑް-އޮން ނެގުމުން ޕޮއިންޓް ލިބޭނެ އެވެ. އަދި ޕޮއިންޓްތަކަށް ބަލައި ބްރޮންޒް، ސިލްވާ، ގޯލްޑް އަދި ޕްލެޓިނަމްގެ މެމްބަޝިޕް ކާޑު ލިބޭއިރު، ޕޮއިންޓް ރިޑީމްކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ހޯދޭނެ އެވެ.

ކުރިން އެލީޓްކްލަބްގައި ތިބި މީހުން އޮޓޮމެޓިކުން މި އައު ޕްރޮގްރާމަށް ބަދަލުވާނެ އެވެ. އެހެން ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ބައިވެރިވެވޭއިރު، އަލަށް ގުޅޭ ކޮންމެ މީހަކަށް މަރުހަބާ ކިޔުމުގެ ގޮތުން 100 ޕޮއިންޓް ލިބޭނެ އެވެ.

މި ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓް https://www.dhiraagu.com.mv/personal/lifestyle/elite-club މެދުވެރިކޮށް ލިބެން ހުންނާނެ އެވެ.

ދިރާގުން ބުނީ ކަސްޓަމަރުންގެ އަގުވަޒަންކުރުމަށް އެ ކުންފުނިން އަބަދުވެސް ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން އެލީޓް ޕާޓްނަރުންނާ ގުޅިގެން ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދީ، ދެމެދުގައި އޮތް ގުޅުން ވަރުގަދަކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

ޓެކްސް އެޕީލްތަކަށް ބަހައްޓަން ޖެހޭ ޑިޕޮސިޓު ބޮޑުކުރަނީ

މީރާއިން ކަނޑައަޅާ ޓެކުހުގެ އަދަދު އިސްތިއުނާފު ކުރުމަށްޓަކައި ބަހައްޓަންޖެހޭ ޑިޕޮސިޓް 25 ޕަސެންޓުން 50 ޕަސެންޓަށް ބޮޑުކުރުމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މި ބިލުގައިވާ ގޮތުން ޓެކްސްއަށް މަކަރު ހެދުން ފަދަ ހާއްސަ ހާލަތްތަކުގައި، މައްސަލަ އިސްތިއުނާފު ކުރެވޭނީ ޓެކުހުގެ 100 ޕަސެންޓު ދެއްކުމަށް ފަހުގަ.

ދިވެހި އިންޝުއަރެންސް އިން އައިފޯން 18 ޕްރޯ މެކްސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރު، ދިވެހި އިންޝުއަރެންސް އިން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި އައިފޯން 18 ޕްރޯ މެކްސްއެއް ލިބޭ ހާއްސަ ލަކީޑްރޯއެއް ހުޅުވާލައިފިއެވެ. މި ލަކީޑްރޯގައި ބައިވެރިވުމަށް އެ ކުންފުނީގެ ހަޓަށް ޒިޔާރަތްކޮށް ރެޖިސްޓްރީ ކުރަންޖެހޭއިރު، އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި އިންޝުއަރެންސް ޕޮލިސީއެއް ބައްލަވައިގަންނަ ފަރާތްތަކަށް ނަސީބުވެރިޔާ ހޮވުމުގައި އިތުރު ފުރުސަތުތައް ލިބިގެންދާނެއެވެ.

ހިކޭ ބޭސް މަގުބޫލުވެ ރީތިވާ ސާމާނުގެ ވިޔަފާރި ބަދަލުވެއްޖެ

ބަރުދަން ލުއިކުރާ ބޭސްތަކުގެ މަގުބޫލުކަން އިތުރުވުމާ ގުޅިގެން، އެ ބޭސްތަކުގެ ސަބަބުން ހަންގަނޑަށް ކުރާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދައިދޭނެ އުފެއްދުންތައް ލޮރިއާލް ކުންފުނިން އަންނަނީ ތައްޔާރުކުރަމުންނެވެ. އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރީތިވާ ސާމާނުގެ ބާޒާރު ކުރިއަރަމުންދާއިރު، އެ ކުންފުނީގެ ވިޔަފާރި ވަނީ އުންމީދުކުރި މިންވަރަށް ވުރެ ބޮޑަށް އިތުރުވެފައެވެ.

އައްޑޫ އެއާޕޯޓު ކުންފުނީގެ ގެއްލުން 817 މިލިއަން ރުފިޔާއަށް

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ އާމްދަނީ އިތުރުވި ނަމަވެސް، ހިންގުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން މިދިޔަ އަހަރު އެކަނިވެސް 68 މިލިއަން ރުފިޔާގެ ގެއްލުންވި. އެ ކުންފުނީގެ ޖުމްލަ ގެއްލުން 817 މިލިއަން ރުފިޔާއަށް އަރާ. އަދި ކުންފުނީގެ މިލްކިއްޔާތަށްވުރެ ދަރަނި ބޮޑުވެ، ކުންފުނީގެ މާލީ ހާލަތު ވަނީ ނެގެޓިވް 58 މިލިއަން ރުފިޔާއަށް ވެއްޓިފަ.

ދިރާގުޕޭން ކުލި ދެއްކިއްޔާ ނަސީބުވެރިންނަށް އެއް މަސް ހިލޭ

ދިރާގުޕޭ މެދުވެރިކޮށް ފަހި ދިރިއުޅުން ފްލެޓްތަކުގެ ކުލި ދައްކާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ނަސީބުވެރިއަކަށް އެއް މަހުގެ ކުލި ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ. 2026 ޑިސެންބަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ޑިޖިޓަލްކޮށް ފައިސާ ދެއްކުމަށް ހިތްވަރު ދިނުމުގެ ގޮތުން ފެށި ހަރަކާތެކެވެ.

Newsletter

Get the latest news delivered straight to your inbox