ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން ރެފްކޫލުން ބާއްވާ "ރޯދަ ސޭލް" ބޮޑު އިނާމަކަށް އުމްރާ ދަތުރަކާއެކު އަންނަ ނޮވެމްބަރު 7 ވާ ހޮނިހިރު ދުވަހު ފަށަން ނިންމައިފި އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ ފިތުރު އީދުގެ ފަހުން ހަ ދުވަސް ހަމަވަންދެންނެވެ. މި ސޭލް ކުރިއަށްދާނީ މާލެ އާއި ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ ތިން ފިހާރައެއްގަ އެވެ. އެއީ ފަރީދީ މަގުގައި ހުންނަ ރެފްކޫލްގެ އިތުރުން ސޯސަން މަގާއި ހުޅުމާލެ ނިރޮޅުމަގުގައި ހުންނަ ލެޓްސްކޫލްގެ ދެ ފިހާރަ އެވެ. މީގެ އިތުރުން ކުންފުނީގެ ވެބްސައިޓާއި ފޯނު އަދި ވައިބާ މެދުވެރިކޮށް ވެސް އޯޑަރު ދެވޭނެ އެވެ.
ފަރީދީ މަގުގެ ފިހާރައިން ގްރީ ބްރޭންޑްގެ އެއާކޮންޑިޝަނަރާއި އެއާ ޕިއުރިފަޔާތަކަށް ބޮޑެތި ޑިސްކައުންޓްތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން 9،000 އިން ފެށިގެން 24،000 ބީޓީޔޫއާ ހަމައަށް ފާރުގައި ހަރުކުރާ އަދި ސީލިންގް މައުންޓް އޭސީތައް ހިމެނެ އެވެ. އަދި އެ ކުންފުނިން އިންސްޓޯލްކޮށްދޭ އެއާކޮންޑިޝަނަރުތަކަށް ދެ އަހަރުގެ ވޮރަންޓީ ލިބޭނެ އެވެ.
ލެޓްސްކޫލްގެ ދެ ފިހާރައިން ހާއްސަ އިސްކަމެއް ދެނީ އެލްޖީ ބްރޭންޑްގެ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށެވެ. އޭގެ ތެރޭގައި އެލްޖީގެ އޭސީ އާއި ދޮންނަ މެޝިނާއި އައިސްއަލަމާރި އަދި އަވަން ހިމެނެ އެވެ. ނަމަވެސް އެލްޖީ މުދަލަށް ދެ އަހަރުގެ ވޮރަންޓީއެއް ނުލިބޭނެ އެވެ.
މި ސޭލްގައި ކުރާ ކޮންމެ 500ރ. ގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ އެވެ. ސޭލްގެ އެއްވަނަ އިނާމަކަށް އެކަކަށް ދެވޭ އުމްރާ ދަތުރެއް ކަނޑައަޅާފައިވާއިރު، އިތުރު އަގުހުރި އިނާމުތަކެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.
ދެވަނަ އިނާމަކަށް ދެ ނަސީބުވެރިއަކަށް ޖޭވީ ބްރޭންޑްގެ 82 އިންޗީގެ ސްމާޓް އެންޑްރޮއިޑް ޓީވީއަކާއި ދޮންނަ މެޝިނެއް ލިބޭނެ އެވެ. އަދި ތިންވަނަ އިނާމުގެ ގޮތުގައި 10 މީހަކަށް 65 އިންޗީގެ ޓީވީ އާއި ގަލާންޒް ބްރޭންޑްގެ އިލެކްޓްރިކް އަވަން ލިބޭނެ އެވެ. ނަސީބުވެރިން ހޮވުން އޮންނާނީ ސޭލް ނިމުމުން ބާއްވާ ލައިވް ގުރުއަތުލުމެއްގަ އެވެ.



