ޔޫތު ނިއު ޖެނެރޭޝަން އާއި އަލްމާ އަށް ރަނގަޅު ފެށުމެއް

ޔޫތު ނިއު ޖެނެރޭޝަން އާއި އަލްމާ އަށް ރަނގަޅު ފެށުމެއް

ގައުމީ ވޮޮލީބޯޅަ މުބާރާތުގައި ޔޫތު ނިއު ޖެނެރޭޝަން އާއި އަލްމާ ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ޔޫތު ނިއު ޖެނެރޭޝަނުން ނުކުތީ ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސްއާ ދެކޮޅަށެވެ. އެ މެޗު ނިއު ޖެނެރޭޝަނުން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 23-25, 16-25, 25-20 އަދި 20-25 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅު ނިއު ޖެނެރޭޝަނުން ލީޑުކޮށްގެން ކުޅުނު ނަމަވެސް ސެޓުގެ ވަކި ހިސާބަކުން ވޮލީބޯލް އެކަޑަމީން ވަނީ ރަނގަޅު ފައިޓެއްދީ ނިއު ޖެނެރޭޝަނަށް ޕްރެޝަރުކޮށްފަ އެވެ. އެކަމަކު ޝަހާ ޝާމިންގެ މޮޅު ކުޅުމާއެކު ޔޫތު ނިއު ޖެނެރޭޝަނުން މި ސެޓު ކާމިޔާބުކުރީ 25-23 އިންނެވެ.

މި މެޗުގެ ދެވަނަ ސެޓުގައި ވޮލީބޯލް އެކަޑަމީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނުއިރު, އޭގެ ފައިދާ ނަގާ ޔޫތު ނިއު ޖެނެރޭޝަނުން މި ސެޓު ކާމިޔާބުކުރީ ފަސޭހަކަމާއެކު 25-16 އިންނެވެ.

މެޗުގެ ތިންވަނަ ސެޓު ފަށައިގެން ވޮލީބޯލް އެކަޑަމީން ވަނީ ލީޑުކޮށް ކުޅެފައެވެ. އަދި މި ސެޓުގައި ޔޫތު ނިއު ޖެނެރޭޝަން ކުޅުންތެރިންގެ ފަރާތުން އާދައިގެ ގޯސްތަކެއް ފެނިގެންދިޔައިރު, މި ސެޓު ވޮލީބޯލް އެކަޑަމީން ކާމިޔާބުކުރީ 20-25 އިންނެވެ. އަދި ހަތަރުވަނަ ސެޓުގައި ޔޫތު ނިއުޖެނެރޭޝަނުން ވަނީ ތިންވަނަ ސެޓުގައި ހެދުނު ގޯސްތައް ބަދަލުކޮށް 25-20 އިން ސެޓު ކާމިޔާބުކޮށްފަ އެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި އަސްދިގަ ސްޕޯޓްސް ކުލަބްގެ މައްޗަށް އަލްމާ އިން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.

އަލްމާއިން މި މެޗުގެ ހުރިހާ ސެޓެއްގައިވެސް ޖުމްލަ ގޮތެއްގަައި ތަފާތުކޮށް ފެނުނުއިރު, މި މެޗުގެ ސެޓުތައް އަލްމާއިން ގެންދިޔައީ 25-10, 25-14 އަދި 25-13 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox