ކެރިޔަރު ނިންމާލުމަށް ފަހު ބުފޮން ސްޕޯޓްސް މެނޭޖުމަންޓް ދާއިރާ އަށް

Dec 26, 2023, 12:10 PM
ކެރިޔަރު ނިންމާލުމަށް ފަހު ބުފޮން ސްޕޯޓްސް މެނޭޖުމަންޓް ދާއިރާ އަށް

ޓިއުރިން (ޑިސެމްބަރު 26) - އިޓަލީގެ ލެޖަންޑަރީ ގޯލްކީޕަރު ޖިއަންލުއީޖީ ބުފޮން ފުޓުބޯޅަ ކުޅުން ހުއްޓާލުމަށް ފަހު, ސްޕޯޓްސް ޑިރެކްޓަރުގެ ކޯސް ފުރިހަމަ ކުރަމުން އެބަ އާދެ އެވެ.

އުމުރުން 45 އަހަރުގައި ފުޓުބޯޅަ ކުޅުން ހުއްޓާލި ބުފޮން އަކީ އިޓަލީގައި އުފެދުނު އެންމެ މޮޅު ކީޕަރެވެ. އަދި ދުނިޔޭގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ކީޕަރަކެެވެ. އޭނާ ވަނީ 2006 ވަނަ އަހަރު އިޓަލީއާ އެކު ފީފާ ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

ސްޕޯޓްސް ޑިރެކްޓަ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރާކަން ބުފޮން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އެ ގޮތުން ސްޕޯޓްސް ޑިރެކްޓަރު ދާއިރާއިން ކިޔަވަމުން އަންނަކަން ހާމަކޮށް ބުފޮން ބުނީ މި ދާއިރާ އިން މަތީ ތައުލީމު ހާސިލްކުރަމުން އަންނަތާ ދުވަސްވެފައިވާ ކަމަށެވެ. އަދި ދާދި ފަހުން ކޯހުގެ ފަހު އިމްތިހާނު ފުރިހަމަކޮށްފައިވާ ކަމަށާއި, އިންތިޒާރު ކުރަމުން އަންނަނީ ނަތީޖާއަށް ކަމަށް ބުފޮން ވަނީ ބުނެފަ އެވެ.

Advertisement

ފަހު އިމްތިހާނަށް ފަހު ބުފޮން ވަނީ ތައުލީމު ހާސިލްކުރުމުގައި އެހީތެރިވި އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކޮށްފަ އެވެ.

ޔުވެންޓަސްއާ އެކު، އިޓަލީ ލީގުގެ ޗެމްޕިއަންކަން 10 ފަހަރު ހޯދި ބުފޮން ކުޅުން ހުއްޓާލީ އޭނާ އެންމެ ފުރަތަމަ ކުޅުނު ކްލަބް، ޕާމާގައި ހުރެ އެވެ.

ސަތާރަ އަހަރަށް ފަހު ޔުވެންޓަސް ދޫކޮށް ބުފޮން ވަނީ ފްރާންސްގެ ޕީއެސްޖީ އަށް 2018-2019 ވަނަ ސީޒަނުގައި ކުޅެފަ އެވެ. ޕީއެސްޖީގައި އެއް ސީޒަނަށް ފަހު ބުފޮން އަލުން ވަނީ ޔުވެންޓަސް އަށް ބަދަލުވެފަ އެވެ. ޔުވެންޓަސްއާ އެކު ބުފޮންގެ އެންމެ ބޮޑު އަމާޒަކަށްވީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. އެކަމަކު އެ ޓީމުގައި ހުރެ އެކަން ހާސިލްކުރެވޭ ގޮތެއްނުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox