ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

Oct 16, 2026, 10:23 AM
ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިންގައި ދިއްދޫ އާއި ގައްދޫ ބައްދަލުކުރި މެޗުގެ ތެރެއިން.

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިންގައި ދިއްދޫ އާއި ގައްދޫ ބައްދަލުކުރި މެޗުގެ ތެރެއިން.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ސީޒަނުގައި ވާދަކުރަމުން އަންނަ، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން، ހއ. ދިއްދޫ ފުޓްބޯޅަ ޓީމާއި ސައުތު ރީޖަން ލީގުގެ ޗެމްޕިއަން، ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ދާއިމީ މެމްބަރުކަން ދޭން ފާސްކޮށްފި އެވެ. 

މިއީ، ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެ އަށް ފުޅާކުރަން އެފްއޭއެމްގެ މިހާރުގެ ލީޑަޝިޕުން ނިންމި ނިންމުމަށް ފަހު، އެ ފޯމެޓްގައި ކުރިއަށް އައިސް، އަތޮޅު ތެރޭގެ ޓީމުތައް ޕްރިމިއާ ލީގުގައި ކުޅެން ފުރުސަތު ލިބުމާ އެކު، އެފްއޭއެމް އިން މެމްބަރުކަން ދިން ފުރަތަމަ ފަހަރެވެ. 

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް މެމްބަރުކަން ދޭން ފާސްކުރީ ރޭ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. 

"މިއީ، ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް، އަތޮޅުތަކުގެ ޓީމުތަކަށް އެސޯސިއޭޝަންގެ ނިންމުންތަކުގައްޔާއި ވާދަވެރި މުބާރާތްތަކުގައި ފުރިހަމަ ބައިވެރިވުން ކަށަވަރުކޮށްދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ،" އެފްއޭއެމް އިން ރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ. 

އެފްއޭއެމް އިން ބުނީ، ފުޓްބޯޅައިގެ ފޯރި ގަދަ ދެ ރަށުގެ ގޮތުގައި އޮތް ގައްދޫ އާއި ދިއްދޫ އަށް ފުރިހަމަ މެމްބަރުކަން ލިބިގެންދިއުމާ އެކު، އެފްއޭއެމްގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގާއި އެފްއޭއެމް އިން ރާވާ ހިންގާ ރަސްމީ މުބާރާތްތަކާއި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާދާއިރާއެއްގައި މި ދެ ރަށަށް ލިބޭނެ ކަމަށެވެ. 

އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ފުޓްބޯޅަ ތަރައްގީކޮށް، ގައުމީ ފެންވަރުގައި ވާދަކުރުމުގެ ހަމަހަމަ ފުރުސަތު ހުރިހާ ކަންކޮޅަކަށް ވެސް ފަހިކޮށްދިނުން ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ. އަދި، އަތޮޅު ތެރެއިން އައިސް ރާއްޖޭގެ މައި ފުޓްބޯޅަ ލީގަށް ވަންނަ ޓީމުތަކަށް، އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަކީ، ފުޓްބޯޅަ އަށް އިތުރު ކުރިއެރުމެއް ކަމަށް ވެސް އެފްއޭއެމް އިން ދެކެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox