ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

Oct 16, 2026, 11:14 AM
ބަަރޮސް ކޮޅަށް ލަނޑު ޖެހުމަށް ފަހު އޮޅުވެލި ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ބަަރޮސް ކޮޅަށް ލަނޑު ޖެހުމަށް ފަހު އޮޅުވެލި ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރިސޯޓު ލީގުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ސުޕަ ލީގުގައި ބަރޮސް އަތުން ސަން ސިޔާމް އޮޅުވެލިން އެގްރިގޭޓަށް ބަލާއިރު ތަފާތު ބޮޑު މޮޅެއް ހޯދައިފި އެވެ. 

މި ދެ ޓީމުގެ ފުރަތަމަ ލެގުގެ މެޗުން އޮޅުވެލި 2-1 އިން މޮޅުވިއިރު، އިއްޔެ ހަވީރު ކުޅުނު ދެ ވަނަ ލެގުގެ މެޗުން އޮޅުވެލި ކުރިހޯދީ 5-1 އިންނެވެ. އެހެންކަމުން، އޮޅުވެލި އަށް އެގްރިގޭޓަށް ބަލާއިރު ކުރި ލިބުނީ، 7-2 އިންނެވެ. 

އިއްޔެގެ މެޗުގައި އޮޅުވެލީގެ ލަނޑުތައް ޖެހީ، މުހައްމަދު ވިގާމް ދެ ލަނޑާއި، އަބްދުﷲ ސިނާން، އަލީ ޝިއާއު އަދި މުހައްމަދު ޔައިޝް ވަހީދު ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ. މި މެޗުގައި، ބަރޮސްގެ ހަމައެކަނި ލަނޑު ޖެހީ، ހަސަން ސަލީމް އެވެ. މި މެޗުގައި ބަރޮސްގެ މުހައްމަަދު ނާހިލް އަށް ރަތް ކާޑެއް ދެއްކި އެވެ. 

Advertisement

ރިސޯޓް ސުޕަ ލީގުގައި ދެން ވާދަކުރަނީ، ނ. ޒޯނުގެ ޗެމްޕިއަން، ވެލާ ޕްރައިވެޓް އައިލެންޑް، ބ. ޒޯންގެ ޗެމްޕިއަން، ފިނޮޅު މޯލްޑިވްސް، އަރި ޒޯންގެ ޗެމްޕިއަން، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް އަދި  ދ. ޒޯންގެ ޗެމްޕިއަން، ސެއިންޓް ރެޖިސް ވޮއްމުލި އެވެ.

ދެން، ރިސޯޓް ސުޕަ ލީގުގައި އޮތީ، ވެލާ އާއި ފިނޮޅުން ބައްދަލުކުރާ ހޯމް އެންޑް އަވޭ މެޗާއި ކޮންރެޑް އާއި ވޮއްމުލިން ކުޅޭ ހޯމް އެންޑް އަވޭ މެޗެވެ.

ހޯމް އެންޑް އަވޭ މެޗުތައް ނިމުމަށް ފަހު، އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. އަދި، ދެ ވަނަ އަށް އެންމެ ރަނގަޅު އެގްރިގޭޓް ނެރޭ ޓީމަކާއި ތިން ވަނަ އަށް އެންމެ ރަނގަޅު އެގްރިގޭޓް ނަތީޖާ ހޯދާ ޓީމެއްގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅޭނެ އެވެ. 

ސެމީ ފައިނަލް އޮތީ މި މަހު 27 ވަނަ ދުވަހު އެވެ. އަދި، ފައިނަލް އޮތީ މި މަހު 29 ވަނަ ދުވަހު އެވެ. 

މިދިޔަ އަހަރުގެ ރިސޯޓް ސުޕަ ލީގުގެ ފައިނަލުގައި ޖޯލި މޯލްޑިވްސްގެ މައްޗަށް ޕެނަލްޓީ ޖަހައިގެން ކުރިހޯދައި، ކޮންރެޑް މޯލްޑިވްސް ރަންގެލި އައިލެންޑުން މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެވެ. ޖުމެއިރާ އޮޅަހާލި އައިލެންޑްގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، މެޗުގެ ނަތީޖާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އަދި، ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ކޯންރެޑުން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ޖޯލި އަށް ދެ ޕެނަލްޓީ ވައްދާލެވުނުއިރު، ޕެނަލްޓީ ނިމުނީ، 4-2 އިން ކޮންރެޑް މޮޅުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox