ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

Oct 16, 2026, 5:45 PM
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ދިއްދޫ އާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ދިވެހި ޕްރިމިއާ ލީގު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ދިއްދޫ އާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ދިވެހި ޕްރިމިއާ ލީގު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ހއ. ދިއްދޫ ފުޓްބޯޅަ ޓީމާ 2-2 އިން އެއްވަރުކޮށް ކްލަބް އީގަލްސް އިން ޕޮއިންޓެއް ހޯދައިފި އެވެ. 

އީގަލްސް އަށް މި މެޗުން މޮޅުވެގެން އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޮތެވެ. އެކަމަކު އެއްވަރުވުމުން އޮތީ ދެ ވަނައިގަ އެވެ. މި މެޗުގެ ކުރިން އީގަލްސް ކުޅުނު ތިން މެޗުން ވެސް މޮޅުވި އެވެ. 

އެއް ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބަށް ހަތަރު މެޗުން ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ލިބިފަ އެވެ. ވިކްޓަރީ އަށް ކުރި ލިބުނީ ލަނޑުގެ ތަފާތުންނެވެ. 

ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ހަތަރު މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް އޮޑި ސްޕޯޓްސް ކްލަބާއި ފަސް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. 

ބިސް ބުރު ސްޕޯޓްސް ކްލަބުން ހަ ވަނައިގައި އޮތީ ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ހަތް ވަނައިގައި އޮތް ދިއްދޫގެ އޮތީ ފަސް މެޗުން ފަސް ޕޮއިންޓެވެ. އަށް ވަަނައިގައި އޮތް ބުރު ސްޕޯޓްސް ކްލަބާއި ނުވަ ވަަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ހަތަރު މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ގދ. ގައްދޫ ފުޓްބޯޅަ ޓީމުން ކުޅުނު ފަސް މެޗުން ވެސް ވަނީ ބަލިވެފަ އެވެ. 

ދިއްދޫ ފުޓްބޯޅަ ޓީމުން މިއަދު ކުޅުނު މެޗު ފަށައިގެން، ރަނގަޅަށް އެޓޭކަށް ޖެހިގެން ކުޅެމުންދިޔަ އެވެ. އަދި، މެޗުގެ ލީޑުނަގަން ރަނުގެ ފުރުސަތެއް އެ ޓީމުން ހޯދި އެވެ. އީގަލްސްގެ މުހައްމަދު އަޖުފާން އަތުގައި އޭރިއާތެރެއިން ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އަކުން، ދިއްދޫގެ އައިވަރީ ކޯސްޓު ފޯވާޑް، ޓެޓޭ ގިޑިއޯން ފޮނުވާލި ޕެނަލްޓީ އީގަލްސްގެ ގޯލުގައި ހުރި ޕާކިސްތާންގެ ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ. 

އީގަލްސް އިން ލީޑުނެގީ މެޗުގެ 44 ވަނަ މިނިޓްގަ އެވެ. މިއީ، އީގަލްސްގެ ފޯވާޑް، މުހައްމަދު ޖައިލަމް (އޮގީ) ޖެހި ގޯލެކެވެ. އީގަލްސްގެ މިސްރު ކުޅުންތެރިޔާ، އަބްދުލް ސަޑެކް ދިން ބޯޅައަކަށް އަރައި، އޮގީ މި ލަނޑު ޖެހީ ދިއްދޫގެ ކީޕަރު މުހައްމަދު ޝިފާން ކައިރިން ނައްޓާފައި ގޮހެވެ. 

ދެ ވަނަ ހާފުގައި ދިއްދޫން އެއްވަރުކުރީ ޕެނަލްޓީ އަކުން، ޗިއާ ފީލިކްސް ޖެހި ގޯލުންނެވެ. އޭގެ ފަހުން، އީގަލްސްގެ އަލީ އިޝްފާގު ހަސަން މަޖީދު (އިސްޕަ) އަށް ވަނީ ރަަތެއް ދައްކައިފަ އެވެ. އީގަލްސްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، ދިއްދޫން ލަނޑު ޖަހައި ލީޑުނެގި އެވެ. މިއީ، މުހައްމަދު ޝަނާއު ނަސީރު އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅައަކަށް އަރައި ޓެޓޭ ޖެހި ގޯލެކެވެ. 

ކުޅުންތެރިއަކު މަދުކޮށް ވެސް ހިތްވަރު ދެއްކި އީގަލްސް އިން ވަނީ މެޗުގެ 89 ވަނަ މިނިޓްގައި ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. މިއީ، ބަދަލަކަށް ކުޅެން އެރި މުހައްމަދު ޝަމްހާން (ޝަމްބެ) ނަގައިދިން ހުރަހަކުން، ލައިބީރިއާގެ ފޯވާޑް، ވެން ޑޭމް ހާމޮން ޖެހި ގޯލެކެެވެ. އޭގެ ފަހުން، އީގަލްސް އަށް ލީޑުނަގައިދޭން ވެން ޑޭމް އަށް ލިބުނު ފުރުސަތުގައި ޖެހި ޝޮޓް އަމާޒުވީ ދިއްދޫގެ ކީޕަރު މުހައްމަދު ޝިފާން އަތަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

މާލެ ޓްރެކް އިވެންޓަކަށް ދިނުމުން ކަންބޮޑުވުން އިންތިހާގައި

ހުޅުމާލެ ޓްރެކް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް، މާލޭ އެކުވެނި ޓްރެކުގައި ސަރުކާރުގެ އިވެންޓެއް ބޭއްވުމަށް ސްޓޭޖް ފަދަ ތަންތަން ހެދުމުން އެތުލީޓުންނާއި އެކަޑަމީތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި. މިކަމުގެ ސަބަބުން ތަމްރީނުތަކަށް ހުރަސްއެޅި، ޓްރެކަށް ގެއްލުންވެދާނެތީ ދުވުންތެރިން ދަނީ ނުރުހުން ފާޅުކުރަމުން

ފީފާ ވިންޑޯ ފެށުމާ އެކު ހަމްޒާ ސާފް ޗެމްޕިއަންޝިޕަށް

ފީފާ އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު، އިނގިރޭސި ޝެފީލްޑް ޔުނައިޓެޑަށް ކުޅޭ ހަމްޒާ ޗޯދުރީ އާއި ފަރްހާން އަލީ ވާހިދު ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށް ބަންގްލަދޭޝް ޓީމާ ގުޅިއްޖެ. މިއީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ހަމްޒާ ކުޅޭ ފުރަތަމަ ފަހަރު. ހަމްޒާ ވަނީ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ހަތް މެޗު ކުޅެފައި.

އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލަށް، ބާކީ ގައުުމުތައް ފޮނުވާލާ

ސާފް ޗެމްޕިއަންޝިޕްގައި ރެފްރީންގެ ނިންމުންތައް ހުރިގޮތުން، މުބާރާތް ބާއްވާ ގައުމާއި އިންޑިއާ ފައިނަލަށް ގެންދިއުމަށްފަހު ބާކީ ތިބި ޓީމުތައް ފޮނުވާލުމަށް ލަންކާގެ ކޯޗު އަލް މުތައިރީ ގޮވާލައިފިއޭނާ ތުހުމަތުކުރި ގޮތުގައި ސާފް އިން ކަންކަން ރާވަނީ އިސްތިހާރުގެ ފައިދާއަށްޓަކައި ވަކި ގައުމުތަކެއް ފައިނަލަށް ގެންދިއުމަށް

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. އެތުލެޓިކޯ އިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ބާސެލޯނާ މޮޅުވީ ފާމިން ލޮޕޭޒް ކާމިޔާބުކޮށްދިން ދެ ލަނޑުން

Newsletter

Get the latest news delivered straight to your inbox