މެންޗެސްޓާ ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

Oct 16, 2026, 11:08 AM
މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު، ލިސަންޑްރޯ މާޓިނޭޒް.

މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު، ލިސަންޑްރޯ މާޓިނޭޒް.

މެންޗެސްޓާ (އޮކްޓޫބަރު 16) - އާޖެންޓީނާގެ ޑިފެންޑަރު، ލިސަންޑްރޯ މާޓިނޭޒް، އެ ކްލަބްގެ ސީނިއާ މެނޭޖްމަންޓަށް ފާޑުކިޔައި ދިން އިންޓަވިއުއެއްގެ މައްސަލަ ހޫނުވެއްޖެ އެވެ. 

އަންގާރަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ މެޑްރިޑް އަތުން 2-0 އިން ޔުނައިޓެޑް ބަލިވި މެޗަށް ފަހު ދިން އިންޓަވިއުއެއްގައި މާޓިނޭޒް ވަނީ ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔައިފަ އެވެ. އެ ގޮތުން، މާޓިނޭޒް ބުނެފައިވަނީ، ތަކުރާރުކޮށް ކްލަބްގެ ކޯޗުން ބަދަލުކުރުމަކީ ކްލަބްގެ ހުރި މައްސަލަތައް ހައްލުވާނެ ކަމެއް ނޫން ކަމަށެވެ. އަދި، ޔުނައިޓެޑްގައި މި ވަގުތު އޮތީ ޗެމްޕިއަންސް ލީގުގައި ވާދަކުރެވޭނެ ވަރުގެ ސްކޮޑެއް ނޫން ކަމަށާއި ކްލަބްގެ ހުރި މައްސަލަތަކުގައި ޒިންމާނަގަން ޖެހޭ މީހުން އެކަން ކަން ރަނގަޅަށް ބަަލައި ކުރަން ޖެހޭ ކަންކަން ކުރުމުން ނޫނީ ކުރިއަށް ނުދާނެ ކަމަށް ބުނެ، މާޓިނޭޒް ވަނީ ފާޑުކިޔައިފަ އެވެ. 

ރިޕޯޓްތައް ބުނާގޮތުން، ޔުނައިޓެޑްގެ މެނޭޖްމަންޓުން ވަނީ މާޓިނޭޒާ ބައްދަލުކޮށްފަ އެވެ. އަދި، އޭނާ އަށް ޖޫރިމަނާއެއް އަންނާނެ ކަމަށް ބެލެވޭއިރު، އެ ބައްދަލުވުމާ ގުޅޭގޮތުން، މާޓިނޭޒް ވަނީ ސޯޝަލް މީޑިއާގައި ބަޔާނެއް ނެރެފަ އެވެ. 

އެ ބަޔާނުގައި މާޓިނޭޒް، 28، ބުނެފައިވަނީ، ކްލަބްގެ މެނޭޖްމަންޓާ އެކު ބޭއްވީ ވަރަށް ޕޮޒިޓިވް ބައްދަލުވުމެއް ކަމަށާއި ކުރިން އިންޓަވިއުގައި ދެކެވުނު ވާހަކަތަކަކީ، ކްލަބްގެ ހައްގުގައި އެ ވަގުތު ޖަޒުބާތުގައި ޖެހިގެން ކުރެވުނު ކަމެއް ކަމަށެވެ. އަދި، އެ ވަގުތު ވާހަަކަތައް ގެންދެވުނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އެކަމާ މައާފަށް އެދޭ ކަމަށް ވެސް މާޓިނޭޒް ވަނީ ބުނެފަ އެވެ. 

އަޔަކްސް އަށް ކުރިން ކުޅުނު މާޓިނޭޒް، ޔުނައިޓެޑާ އެކު ކޮންޓްރެކްޓް އޮތީ މި ސީޒަނުގެ ނިޔަލަށެވެ. ޔުނައިޓެޑުން ބޭނުންނަމަ، އެއްބަސްވުން އިތުރު އެއް އަހަރަށް އާ ކުރުމުގެ އިހުތިޔާރު އެބައޮތެވެ. އެކަމަކު، މި އިންޓަވިއު މައްސަލައިގައި ޔުނައިޓެޑުން މިހާރު ވިސްނަނީ، މާޓިނޭޒް މި ސީޒަނަށް ފަހު ދޫކޮށްލުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

މި އިންޓަވިއުއާ ގުޅިގެން، ޔުނައިޓެޑްގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ވޭން ރޫނީ އާއި ރޯއީ ކީންގެ ފާޑުކިޔުން މާޓިނޭޒް އަށް ވަނީ އަަމާޒުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox