ރަސްމާލޭގެ މާސްޓާ ޕްލޭނެއް ނެތް, 60 ހެކްޓަރު ދޫކޮށްލާއިރު ބިމުގެ އަގެއް އަދި ނޭނގޭ

ފުށިދިއްގަރުފަޅު; އެތަނުގައި ރަސްމާލެ އެއް ގާއިމުކުރާއިރު, މާސްޓާ ޕްލޭނެއް ނުވަތަ ބިމުގެ އަގެއް ވެސް ނެތް -- ފޮޓޯ: މިރާޝް/ އަދަދު

ފުށިދިއްގަރުފަޅު; އެތަނުގައި ރަސްމާލެ އެއް ގާއިމުކުރާއިރު, މާސްޓާ ޕްލޭނެއް ނުވަތަ ބިމުގެ އަގެއް ވެސް ނެތް -- ފޮޓޯ: މިރާޝް/ އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފެށީ އެތަނުގައި ގާއިމުކުރާ ރަސްމާލޭގެ މާސްޓާ ޕްލޭނެއް ނުވަތަ ބިމުގެ އަގު ވެސް ކަނޑަނާޅާކަމަށް އާބަންކޯ މިއަދު އިން ބުނެފި އެވެ.

އާބަންކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ފާހަގަކުރެއްވި ގޮތުގައި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ކުރިޔަށް ގެންދަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑު ކޮންސްޓަރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް 70 ހެކްޓަރުގެ ބިން 99 އަހަރަށް ދީގެންނެވެ. އެއީ, ހުޅުމާލޭން 10 ހެކްޓަރުގެ ބިމާއި ފުށިދިއްގަރުފަޅުން ހިއްކާ ބިމުން 60 ހެކްޓަރެވެ.

ފަޒުލް ވިދާޅުވި ގޮތުގައި މަޝްރޫއު ފުރަތަމަ ފަށާ އިރު ސީއެމްސީސީން ހަރަދުކުރާނެ ފައިސާ ހޯދާނީ ހުޅުމާލޭން ދޭ 10 ހެކްޓަރުގެ ބިން ވިއްކައިގެންނެވެ.

ފުށިދިއްގަރުފަޅުގެ ޕްރޮޖެކްޓުގެ އަގަކީ ކޮބައިތޯ އޮޅުންފިލުވުމަށް ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރިއިރު ވެސް ފަޒުލު އެ ޖަވާބެއް ނުދެއްވި އެވެ. ވިދާޅުވަމުން ދިޔައީ އެއީ ސަރުކާރުން ހަރަދެއް ކުރާ ޕްރޮޖެކްޓެއް ނޫން ކަމަށާއި 70 ހެކްޓަރު ދޫކޮށްލައިގެން 1093 ހެކްޓަރު ލިބޭ ކަމަށެވެ.

"ހުޅުމާލެއިން ދޫކުރާ 10 ހެކްޓަރު, ރަސްމާލެއިން ދޫކުރާ 60 ހެކްޓަރު. އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް މި ލިބެނީ 1093 ހެކްޓަރު ބިން. އެޗްޑީސީގެ އެސެޓަށް އެޗްޑީސީއަށް ޖަމާވެގެން މި އަންނަނީ," ފަޒުލް ވިދާޅުވި އެވެ.

އަލަށް ހިއްކާ ފުށިދިއްގަރުފަޅުގެ މާސްޓާ ޕްލޭނާ ބެހޭ ފަޒުލް ވިދާޅުވީ މަޝްރޫއެއް ފަށާއިރު އޮންނަން ވާނީ ކޮންސެޕްޓް ޑިޒައިނެއް ކަމަށާއި, މާސްޓާ ޕްލޭނެއް އެކުލަވައިލައި, ތަފްސީލުތަކާއެކި "ފޮނިތޮށްޓާއި ކާފޫރު ތޮޅި އަޅައިގެން" ފުރިހަމަ ކުރާނި ފަހުން ކަމަށެވެ.

"މާސްޓާ ޕްލޭނެއް ނޫން, އާންމުކޮށް ކަމެއްގައި ފެށެނީ ކޮންސްޕެޓް ޑިޒައިނަކުން. ކަމެއްގެ މަސައްކަތެއް ފެށޭނީ ޑިޓެއިލްޑް މާސްޓާ ޕްލޭނަކުން ނޫން. ކަމެއްގެ މަސައްކަތް ފެށޭނީ ކޮންސްޕެޓް ޑިޒައިނަކުން. އަޅުގަނޑުމެން ކުރާ ގޮތަކީ އެއީ" އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއު ފެށުމަށްޓަކައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމަނާފައި އޮތެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އެ ބަޖެޓު އުނިކުރުމާ އެކު އާބަންކޯ މެދުވެރިކޮށް ސަރުކާރުން އެ މަޝްރޫއުގެ މަސައްކަތް ފެށި އެވެ.

ފުށިދިއްގަރުފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އެ ފަޅުން 1153 ހެކްޓަރު ހިއްކާނެ އެވެ. ހިއްކާ ބޮޑުމިނާއި ރަށުގެ އުސްމިން އެނގުނު ނަމަވެސް، މުޅި މަޝްރޫއުގެ ހަރަދެއް ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox